top of page
Featured Posts

ހުޅުވިގެންވާ ޖަންނަތުގެ ދޮރުކޮޅުތައް


🔰އިމާމު އަޙުމަދު އެކަލޭގެފާނުގެ މުސްނަދުގައި ގެންނަވާފައިވެއެވެ.

ޢަބްދުއްރަޙުމާނު ބިން ޢައުފު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ :


"އަންހެނާ ފަރުޟު ފަސްނަމާދު އަދާކޮށް ، އަދި ރަމަޟާންމަހުގެ ރޯދަ ހިފައި ، އަދި އެކަނބުލޭގެ ފަރްޖަށް ރައްކާތެރިވެ ، އަދި އެކަނބުލޭގެ ފިރިމީހާއަށް ކިޔަމަންތެރިވެއްޖެނަމަ ، އެކަނބުލޭގެއަށް ބުނެވޭ ހުއްޓެވެ. ޖަންނަތުގެ ދޮރުކޮޅުތަކުގެ ތެރެއިން ކަނބުލޭގެ އެދޭ ދޮރަކުން ޖަންނަތަށް ވަންނާށެވެ. " [ޞަޙީޙް އަށްތަރުޣީބު 1932 / އިމާމް އަލްބާނީ ޞައްޙަކުރައްވާފައި]


📌 އޭ އިސްލާމީ އުއްމަތުގެ އަންހެން ކަނބަލުންނޭވެ. ފަހެ ތިޔަކަނބަލުންނަށްޓަކައި ޖަންނަތުގެ އެންމެހައި ދޮރުކޮޅެއް އެވަނީ ހުޅުވިގެންނެވެ. އެ ދޮރުކޮޅުތަކުން ވަނުމަށް އަވަސްވެގަންނާށެވެ.

⏺️ ތިޔަ ކަނބަލުންގެ މައްޗަށްވާ ﷲ ގެ ޙައްޤުތައް އަދާކުރާށެވެ.

⏺️ ތިޔަކަނބަލުންގެ ފިރީންނަށް ކިޔަމަންތެރިވެ އޯގާތެރިވާށެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page