top of page
Featured Posts

ޝެއިޚް އުސާމާ ބިން ލާދިން (ރަޙިމަހުﷲ)އަށް 9 އަހަރުގައި ފެނުނު ހުވަފެންފުޅު



އަހަރެންނަށް މި ހާދިސާ ކިޔައިދިނީ 20 އަހަރަށްވުރެ ގިނަ ދުވަހު ޢިލްމުވެރިންގެ އަރިހުން ޢިލްމު ހޯދަމުން ދިޔަ ޢިލްމުގެ ދަރިވަރެކެވެ. އޭނާ އަހަރެންނަށް ޝައިޚް އުސާމާ ބިން ލާދިން (رحمه الله) އަށް އެންމެ 9 އަހަރުގައި ފެނުނު ހުވަފެނެއްގެ ވާހަކަ ކިޔައިދިނެވެ. މި ހުވަފެނުންވެސް އަންގައިދެނީ ﷲ سبحانه وتعالى އުސާމާ ބިން ލާދިން އެންމެ ކުޑަ އުމުރުން ފެށިގެންވެސް ، މުސްލިމުންގެ ބިންތަކަށް އަރައިގަނެގެން އުޅޭ ކާފަރުންނާއި ދެކޮޅަށް ކުރާ ހަނގުރާމަތަކަށް ތައްޔާރު ކުރުވަމުން ދިޔަކަމެވެ.


އޭނާ އަހަރެންނަށް ކިޔައިދިނެވެ. އެއްދުވަހަކު އޭނާގެ އަޚަކާއި ބައްދަލުވެ މުސްލިމުންގެ ނިކަމެތި ޙާލާއިމެދު ވިސްނާ އެކަމާ މަޝްވަރާ ކުރަމުން ދިޔައެވެ. އަހަރެމެން ބުނަމެވެ. މި އުއްމަތަށް ދިމާވާ ހުރިހާ ކަމެއްވެސް ދިމާވަނީ ﷲ سبحانه وتعالىގެ ޤަދަރުގައި ލިޔެވިފައިވާ ގޮތަށްކަމެވެ. ހަމަ ޔަޤީނުންވެސް އެއިލާހުގެ ދީނަށް ނަޞްރު ލިބޭނެއެވެ. ހަމަ ޔަޤީނުންވެސް އަހަރެމެންނަށް މަގުދައްކާނޭ އިމާމެއް އަހަރެމެންގެ ތެރެއިން އެއިލާހު ފޮނުއްވާނެއެވެ. އަދި މިނިކަމެތި ވެފައިވާ އުއްމަތް ކޮޅަށްނަގައި އަލުން މި އުއްމަތް ދިރުއްވާ އަދި ހައްޤު މަގު ދައްކާނޭ ފަރާތެއް ފޮނުއްވާނެއެވެ.


ދެން އަހަރެމެން ވިސްނަން ފެށީމެވެ. އެފަދަ މީހަކަށް ވާނީ ކާކުބާއެވެ. ކުއްލިއަކަށް އަހަރެމެންގެ ހަނދާނަށް އައީ ޝައިޚް އުސާމާ ބިން ލާދިން (رحمه الله) ގެ ނަންފުޅެވެ. އެހެނީ ޝައިޚް ވަނީ މި އުއްމަތަށްޓަކައި އަދަދު ނުކުރެވޭހާ އެތައްބައިވަރު މަތިވެރި ޤުރުބާނީ ތަކެއް ވެފައެވެ. އެހިނދު އަހަރެންގެ އަޚް ހިނިތުންވެލިއެވެ. އަދި ބުނެލިއެވެ. "އަހަރެން މިއަދު ޝައިޚް އުސާމާ ބިން ލާދިން (رحمه الله) އަށް ފެނިލެއްވި ހުވަފެނެއްގެ ވާހަކަ ކިޔައިދޭނަމެވެ. އެވާހަކަ އަޑުއެހުމަށް ކަލޭ ޝައުގުވެރިވާނެއެވެ. އަދި ކަލޭގެ ހިތުގައި މުޖާހިދުންނަށްވާ ލޯބި އިތުރުވެގެންދާނެއެވެ. "


އޭނާ ކިޔައިދިނެވެ. އަހަރެން އިނީ މަދީނަތުލް މުނައްވަރާގައި އުޅުއްވާ ޝައިޚެއްގެ ގޭގައެވެ. އެޝައިޚަކީ ރަސޫލާ( صلى الله عليه وسلم )ގެ މިސްކިތް ކޮޅުގައި ދަރުސް ދެއްވަމުން ގެންދަވާ ޝައިޚެކެވެ. އަހަރެމެން އެގެއަށް ދިޔަތާ އިރުކޮޅެއްފަހުން އެގޭގެ ދޮރުގައި މީހަކު ޓަކިދިނެވެ. ޝައިޚް ތެދުވެ ދޮރުހުޅުވާލެއްވުމުން އެތެރެއަށް ވެންނެވީ ވަރަށް މޫނު އަލި، މާތް ބޭކަލެކެވެ. ގާތްގަނޑަކަށް ވާނީ 80 ވަރަކަށް އަހަރުފުޅެވެ. ޝައިޚް އެބޭފުޅާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔުއްވުމަށްފަހު، ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަ ކިޔައިދެއްވުމަށް އެދިލެއްވިއެވެ. އަހަރެމެން ވަރަށް ޝައުގުވެރިކަމާއި މަޑުމޮޅިކަމާއި އެކު ޝައިޚުގެ މެހެމާނާގެ ކިޔެވުން އަޑުއަހަން ތިބީމެވެ. އާޔަތްތައް ކިޔާނިމިލެއްވުމުން އޭގެ ތަފްސީރުވެސް ކިޔައިދެއްވިއެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެންވެސް ވަރަށް ގިނަ ތަފްސީރުތައް ކިޔަވައިފީމެވެ. އެހެނަސް މި ޝައިޚްއަކީ ޢިލްމުގެ ކަނޑެކެވެ. މި ޝައިޚުގެ ފިލާވަޅު ނިންމައިލެއްވުމުން ކެއުމަށް އިންސާފު ކޮށްލެއްވުމަށް އެދި ދައުވަތު ދެއްވިއެވެ. އެހެނަސް ވަރަށް އަދަބުވެރިކަމައި އެކު އިންކާރު ކުރެއްވުމުން ޝައިޚް އެހުންނެވީ ރޯދަ ހިއްޕަވައިގެންކަން އަހަރެމެންނަށް އެނގުނެވެ. ހުރިހާ ކަމެއް ނިމުމުން އެ ޝައިޚް ދިއުމުގެ ހުއްދައަށް އެދިލެއްވިއެވެ. ނަމަވެސް "ޝައިޚް އުސާމާ ބިން ލާދިންގެ ހުވަފެންފުޅު) އަދި އެއްފަހަރު ކިޔައިދެއްވުމުން މެނުވީ ހުއްދަ ނުދެއްވާނެކަމަށް ޝައިޚްއަށް ދައުވަތު ދިން ފަރާތުން އެދިލެއްވިއެވެ. ޝައިޚް ހީލުމަށްފަހު ވިދާޅުވިއެވެ. އެއީ ޝައިޚް އުސާމާ (رحمه الله) 9 އަހަރުގައި ފެނިލެއްވި ހުވަފެން ތޯއެވެ؟


ތިރީގައި މި ބަޔާން ކޮށްލަނީ ޝައިޚް މި ހާދިސާ ކިޔައިދެއްވި ގޮތެވެ.


" އަހަރެންނަކީ ޝެއިޚް އުސާމާ ބިން ލާދިން( رحمه الله) ގެ ބައްޕަ މުޙައްމަދު ބިން ޢަބްދުﷲ ގެ ވަރަށް ގާތް ރަޙުމަތްތެރިއެކެވެ. ވަރަށް ގިނައިން އަހަރެން އޭނާ އާއި ބައްދަލުވެއެވެ. އަދި ވަރަށް ގިނައިން އަހަރެން ކޮންސްޓްރަކްޝަން މަސައްކަތާ ބެހޭ ކަންތައްތަކާއި މަޝްވަރާ ކުރުމަށް އެގެއަށް ގޮސް ހަދަމެވެ. އަހަރެމެންގެ ވާހަކަތަކަށް އޭނާގެ ދަރިންގެ ކުޅުމުގެ އަޑުން އުނދަގޫ ފޯރައެވެ. އެހިނދު އެކުދިން ބޭރަށް ގޮސް ކުޅުމަށް އޭނާ ބުނާނެއެވެ. އެހެނަސް އަހަރެން އެއްކަމަކާ ހައިރާން ވެފައި އިންނަމެވެ. އެއީ ކޮންމެފަހަރަކުވެސް އޭނާގެ ވަކި ހާއްސަ ދަރިއަކު އޭނާ ކައިރީ އަބަދުވެސް ބައިންދާތީއެވެ. އަހަރެން އަހާލީމެވެ. "ކީއްވެތަ މިކުއްޖާ އެހެން ކުދިންނާއެކު ކުޅެން ނުފޮނުވަނީ؟ އޭނަ ބަލީތަ؟"


މުހައްމަދު ބިން ލާދިން ހީލުމަށްފަހު ބުނެލިއެވެ. "ނޫނެވެ. އަހަރެންގެ މިކުއްޖާގެ ވަރަށް ހާއްސަކަމެއްވެއެވެ." އަހަރެން އެކުއްޖާގެ ނަން އަހާލުމުން ބުނެލިއެވެ. އޭނާގެ ނަމަކީ އުސާމާއެވެ. އަދި އޭނާގެ އުމުރަކީ 9 އަހަރެވެ. އަހަރެން މީގެ ކުޑަދުވަސް ކޮޅެއް ކުރިން ދިމާވި ވަރަށް އާދަޔާ ޚިލާފުކަމެއްގެ ވާހަކަ ކިޔައިދޭނަމަވެ. އަހަރެންގެ މިދަރިފުޅު ފަތިސް ނަމާދު ވުމުގެ ކުޑައިރު ކޮޅެއް ކުރިން އަހަރެންނަށް ގޮވިއެވެ. އަދި ބުންޏެވެ. ބައްޕާއެވެ. އަހަރެންނަށް ފެނުނު ހުވަފެނެއް ކިޔައިދޭނަމެވެ. އަހަރެން ހީކުރީ ބިރުވެރި ހުވަފެނެއް ފެނުނީ ކަމަށެވެ. އަހަރެން ވުޟޫކޮއްލައިގެން އަހަރެންނާއިއެކު މިކުއްޖާގޮވައިގެން މިސްކިތަށް ދިޔުމަށް ހިނގައިގަތީމެވެ.


ދިޔަމަގުމަތީ އޭނާކިޔައިދިނެވެ. ހުވަފެނުގަ ފެނުނީ އަހަރެން ވަރަށް ބޮޑު ހަމަބިމެއްގަ އެކަނިހުއްޓައެވެ. ހުދުކުލައިގެ އަސްތަކަކަށް ސަވާރުވެގެން ތިބި ހަނގުރާމަވެރިންތަކެއް އަހަރެން ކައިރިއަށް އަންނަތަން ދެކުނީމެވެ. އެމީހުން ތިބީ ކަޅުކުލައިގެ ފަގުޑިތަކެއްވެސް އަޅައިގެންނެވެ. އޭގެތެރެއިން އެކަކު އަހަރެން ކައިރިއަށް އައެވެ. އޭނާގެ ދެ ލޯ ވަނީ އަލިވެގެންނެވެ. އޭނަ ކައިރިވެލުމަށް ފަހު އަހާލިއެވެ. "ތިއީ އުސާމާ ބިން މުޙައްމަދު ލާދިން ތަ؟" އަހަރެން ޖަވާބުގައި އާނއެކޭ ބުނީމެވެ. ދެން އަނެއްކާވެސް ސުވާލު ތަކުރާރު ކުރިއެވެ. "ތިއީ އުސާމާ ބިން މުޙައްމަހު ލާދިން ތަ؟" އަހަރެން ޖަވާބުގައި އެއީ ހަމަ އަހަރެންނޭ ބުނީމެވެ. ތިންވަނަ ފަހަރަށް ސުވާލު ތަކުރާރު ކުރިއެވެ. "ތިއީ އުސާމާ ބިން މުޙައްމަދު ލާދިން ތަ؟" އަހަރެން ޖަވާބުގައި ބުނީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެންނަކީ އުސާމާ ބިން ލާދިންއެވެ. ދެން އޭނާގެ އަތުގައިވާ ދިދަ އަހަރެންނާއި ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ. މިދިދަ އިމާމް މަހްދީ ބިން ޢަބުދުﷲ އަށް އަލް ޤުދުސް އިން ހަވާލުކޮށްދޭށެވެ. އަހަރެން އެދިދައާއި ހަވާލުވީމެވެ. ދެން އެންމެން އަހަރެންގެ ފަހަތުން ހިގަންފެށިތަން ދުށީމެވެ.


މުޙައްމަދު ބިން ލާދިން ކިޔައިދިނެވެ. އަހަރެން އެކަމާ ވަރަށް ހައިރާންވީމެވެ. އެހެނަސް މަސައްކަތުގަ އުޅެންޖެހުމުން އަހަރެން ހުވަފެނުގެ މަތިން ހަދާންނެތުނެވެ. ޖެހިގެން އައިދުވަހުވެސް ފަތިސްނަމާދު ވުމުގެ ކުރިން އޭނާ ގޮވިއެވެ. އަދި ހަމަ އެހުވަފެން ކިޔައިދިނެވެ. ތިންވަނަ ރޭވެސް އެގޮތަށް އެކަންތައް ދިމާވިއެވެ. އެހިސާބުން އަހަރެންގެ ދަރިފުޅާމެދު ކަންތައް ބޮޑުވިއެވެ. އަހެރެންނާއިއެކު އަހަރެންގެ ދަރިފުޅު ހުވަފެން ތަޢުބީރު ކޮއްދެވޭ ވަރުގެ ޢިލްމުހުރި މީހެއްގެ ކައިރިއަށް ގެންދިއުމަށް ގަސްތުކުރީމެވެ.

އެހެންކަމުން އަހަރެން، އުސާމާ އެފަދަ ޢިލްމުހުރި މީހެއް ކައިރިއަށް ގެންގޮސް އެހާދިސާ އެއްކޮށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އޭނާ ވަރަށް ހައިރާންކަމާއިއެކު އަހަރެމެނަށް ބަލަންހުރެ ބުނެލިއެވެ. "މިއީ އެ ހުވަފެން ފެނުނު ކުއްޖާތަ؟" އަހަރެން އާނއެކޭ ބުނުމުން އޭނާ އުސާމާއާއި ދިމާއަށް އިރުކޮޅެއްވަންދެން ބަލަން އިނެވެ. އެކަމާ އަހަރެންގެ ހާސްކަން ދެގުނައަށް އިތުރުވެގެންދިޔައެވެ. އޭނާ އަހަރެން ހަމަޖައްސައިދެމުން ބުނެލިއެވެ. "އަހަރެން ބައެއް ސުވާލުތައް ކޮށްލާނަމެވެ. މިސުވާލުތަކަށް ތެދުވެރިކަމާއެކު ޖަވާބުދޭނެކަމަށް އަހަރެން ޔަޤީންކުރަމަވެ."


އޭނަ އުސާމާކައިރިން އެހިއެވެ. "ދަރިފުޅާއެވެ. އަސްދުއްވަން އިން މީހާ ދިން ދިދައާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހަދާން އެބަހުރިތަ؟" އުސާމާ ޖަވާބުގައި ބުންޏެވެ."އާދެ! ހަނދާން އެބަހުއްޓެވެ." އޭނަ އެދިދަ ހުރިގޮތް ސިފަކޮށްދިނުމަށް އެދުނެވެ.


އުސާމާ ޖަވާބުގައި ކިޔައިދިނެވެ. " އެދިދަ އަކީ ސަޢުދީ އަރަބިއްޔާގެ ދިދައާއި އެއްގޮތް ދިދައެކެވެ. ނަމަވެސް ފެހިކުލައިގެ ބަދަލުގައި އެދިދައިގައި ވަނީ ކަޅުކުލައެވެ. އަދި ހުދުކުލައިން ކޮންމެވެސް އެއްޗެއް ލިޔެފައިވެއެވެ." އޭނަ އިތުރު ސުވާލެއް އުސާމާއާއި ކުރިމަތި ކުރުވިއެވެ. "އެއްވެސް އިރެއްގަ ދެކުނިންތަ ދަރިފުޅު ހަނގުރާމަ ކުރަނިކޮށް؟"


އުސާމާ ޖަވާބުގައި އެފަދަ ހުވަފެން އާންމުކޮށް ފެންނަކަމަށް ބުންޏެވެ. ޢިލްމުވެރިޔާ އުސާމާއަށް ބޭރަށް ދިޔުމަށް އެދުނުވެ. އަދި ޤުރުއާން ކިޔަވަން އިނުމަށް ބުންޏެވެ. ދެން އެޢިލްމުގެ އަހުލުވެރިޔާ އަހަރެންނަށް ކުރިމަތިލުމަށްފަހު އަހާލިއެވެ. "ތިބާއަކީ ކޮންނަސްލެއްގެ މީހެއް؟ " އަހަރެން ޖަވާބުގައި ޔަމަންގެ ހަދަރްމައުތު ކަމަށް ބުނީމެވެ. ދެން އޭނާ އަހަރެންގެ ޤަބީލާއާބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނުމަށް އެދުނެވެ. އަހެރެން ނިސްބަތްވަނީ ޝަންވަހް ޤަބީލާއަށް ކަމަށް ބުނީމެވެ. އެއީ ޔަމަންގެ ގަހްތާނީ ޤަބީލާގެ ބަޔެކެވެ. އެހެންބުނުމާއެކު އޭނާ ރޯންފެށިއެވެ. އަދި ބާރަށް ތަކްބީރު ކިޔަމުން އުސާމާއަށް ގޮވިއެވެ. އޭނާ ރޮމުން އުސާމާއަށް ބޮސްދިނެވެ. އަދި އޭނާ ބުނެލިއެވެ. "ޤިޔާމަތް ވަރަށް ގާތްވެއްޖެއެވެ."


އަދި އަހަރެންނާއި ދިމާއަށް އޭނާ ބުނެލިއެވެ. " އޭ މުޙައްމަދު ބިން ލާދިން އެވެ! ތިބާގެ މިދަރިފުޅު އިމާމް މަޙްދީއަށްޓަކައި އަދި މިދީނުގެ ދިފާޢުގައި ހަނގުރާމަ ކުރާނެ ހަނގުރާމަވެރިންތަކެއް ތައްޔާރު ކޮށްދެއްވާނެއެވެ. އަދި ޚުރާޞާނަށް ހިޖުރަކުރައްވާނެއެވެ. އޭ އުސާމާއެވެ! ތިބާޔާއެކު ޖިހާދުގައި ބައިވެރިވެއްޖެ ކޮންމެ މީހަކީ ބާއްޖަވެރިވެއްޖެމީހެކެވެ. އަދި ތިބާ އެކަނިކޮށްލާ އަދި ތިބާޔާ ދެކޮޅަށް ހަނގުރާމަކުރަން ނުކުމެއްޖެ މީހަކީ އަބާއްޖަވެރިއެކެވެ."


މަޞްދަރު: އަންސާރުﷲ ބުލޮގް.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 17 ޖޫން 2011

މިލިޔުން ބައްލަވާފައިވަނީ 1040 ފަހަރު


16 ޖޫން 2011 (ބުރާސްފަތި)

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page