top of page
Featured Posts

ރާއްޖޭގެ ޖާސޫސީ ބައިގަނޑު *މުހިއްމު*



ތަރައްޤީއާއި ތަހުޒީބު ދުނިޔޭގެ ހަތަރު ބިތުގައި ފެތުރި، މިދިވެހިރާއްޖެއަށްވެސް އޭގެ އަސަރު ކުރީ ނުހަނު އަވަހަށައެވެ. އަދި ހަމަ އެއާއި އެކު ތަހުޒީބުގެ ވައިރޯޅި ޖެހެމުން އައި އިރު އޭގެ ތެރޭގައި ޝައިޠާނާ ފޮރުވިގެން އޭނާގެ ޙީލަތްތެރި ރޭވުން ރާވަމުން ދިޔައެވެ. އޭނާ ހެމުން ދިޔައެވެ. ކީއްވެހެއްޔެވެ؟ އެއީ އޭނާ އަށް މީހުން މަގުފުރައްދަން އެތަކެއް ޒަމާނީ ވަޞީލަތްތަކެއް ލިބުނީމައެވެ. އެތަކެއް ތަރައްޤީގެ ވަޞީލަތްތަކާއި އުކުޅުތަކެއް ފެނި ހާމަ ވީމައެވެ. ދެންފަހެ ޝައިޠާނާގެ ބަހަށް ހެއްލި ދުނިޔާއި ހެދި ގެއްލިފައިތިބި މީހުންގެ ލަޝްކަރަށް މީނާ ފައިބައެވެ. އެދި އެމީހުންގެ ބޮލަށް އެރިގެން މުސްލިމުންގެ ތެރޭގައި ތިބި މީހެއް ވިއްޔާ އެމީހެއްގެ ދުވަސް ދުއްވާލުމަށް އޭނާގެ ހަލުވި މިޝަންތައް ޖައްސުވައެވެ. އޭގެ ތެރޭގައި އޭނާ އެންމެ ބިރުގަންނަނީ އޭނާއާއި ހަނގުރާމަ ކުރަން ތައްޔާރުވާ، ﷲ މަގުގައި ނިކުންނަން ތައްޔާރުވާ ﷲ ގެ އަޅާ ހުއްޓުވާ ނިކަމެތި ކޮށްލުމަށެއެވެ. އެކަމަށްޓަކައި ކިތަންމެ ޚަރަދެއް ވަގުތެއް ދިޔަޔަސް ފަރުވާލެއް ނެތިއެވެ.


އާނއެކެވެ. މިދިވެހިރާއްޖޭގައިވެސް އެ ޝައިޠާނުންނާއި ޔަހޫދީންނާއި އެމެރިކާނުންނަށް ޖަސޫސްކޮށް މުސްލިމުންގެ ސަފުތައް ބައިބައިކޮށްލުމަށް މަސައްކަތް ކުރާމީހުން ޖާސޫސުން ތިބީ މަދެއްކޮށެއްނޫނެއެވެ. އޭގެ ތެރޭގައި ސިފައިންގޭގެ، ނުވަތަ ޕޮލިހުންގެ ތެރެއިން ފުރާނާލެވޭ ބަޔަކުމީހުން ވާކަމަށް މަޢުލޫމާތު ލިބެއެވެ. އަޅުގަނޑަކަށް މިދެބައިމީހުންގެ މާ ބޮޑު ތަފާތެއް ނުފެނެއެވެ. އެއް އަމުރުތަކަށް ތަބަޢަވާ މީހުންކަމުންނެއެވެ. މި ބައި މީހުންގެ ތެރެއިން ވަކި ގްރޫޕެއް ވެއެވެ. އެއީ ސީ.އައި.ޑީ އޭ ކިޔާ ވަކި ގޮތްޕެކެވެ. މިބައިގަނޑުގެ މަޤްޞަދަކީ ޖާސޫސް ކުރުމެއެވެ. އެއީ ސިއްރު މަޢުލޫމާތު ހޯދާ ސިއްރު ފުލުހުންނޭވެސް ކިޔަތެއެވެ. އިޖްތިމާޢީ ބަލިމަޑުކަމުގައި ޖެހިފައި ތިބި ޕާޓޭންނަށް މަދުންނަމަވެސް ޖާސޫސް ނުކުރާ ވާހަކައެއް ނޫނެއެވެ. އެހެންނަމަވެސް މި ބައިގަނޑު އަޞްލު ބިނާވެފައި އޮންނަނީ ސުންނަތަށް ލޯބިކުރާ އަޚުންނާއި އުޚްތުންނަށް ޖާސޫސް ކުރުމުގައެވެ. އެމީހުން ވަކިން ޖަމާޢަތް ހަދާއިގެން ނަމާދުކުރޭތޯއެވެ؟ އެމީހުން ވަކިވަކިން ދަރުސްދޭތޯއެވެ؟ އެމީހުން ދައްކަނީ ކޮންވާހަކަ އެއްތޯއެވެ؟ އެމީހުން ރައްޓެހީންނާއި އެހެންމީހުންނާއި ފޯނުން ދައްކަނީ ކޮންވާހަކަ އެއްތޯއެވެ؟ އެމީހުންގެ ފިކުރަކީ ޤަބޫލުކުރާ އުޞޫލުތަކަކީ ކޮބައިތޯ ބަލާނެއެވެ. އެބައިގަނޑަށް ފާހަގަވި އަޚުންގެ ލިސްޓެއް ތައްޔާރުކުރެވި ފައިލްކުރެވި ފޯމް ތައްޔާރުކުރެވި އޭގައި ފޮޓޯވެސް ޖަހައެވެ.


އަދި މިވަރަކުން ނިމުނީއެއް ނޫނެއެވެ. މިސްކިތްތަކުގައިވެސް މި ރަތްލާޖެހި ޖާސޫސުން ނުލާހިކު ގިނައިން އުޅެއެވެ. އަދި އޭގެ ތެރޭގައިވެސް އަރާތިބި މީހުނެވެ. ވަކި އެމީހުން ކުރާނީވެސް ކީއްހެއްޔެވެ؟ އެމީހުންގެ ބަހުރުވައިންނަމަ އަނބި ދަރީންނަށް ކާންދިނުމަށް އެއަށް ވުރެ ރީތި ވަޒީފާއެއް ނެތެވެ. ޝައިޠާނާގެ އަވައިގައި ބަޔަކު ޖެހި އަވަދިވެއްޖެއްޔާ އޭނާއަކަށް ހުދެއް ކަޅެއް ވަކިކުރަންވެސް ނޭނގެނެޔޭ ބުނަނީ އެހެންވީމަތާއެވެ. އެހެންކަމުން އޭނާގެ ރައްޓެހިންނަށް ޖާސޫސް ކުރުމާ، އެއަޚުން ސައިބޯންދާ ހޮޓާހޮޓަލަށް ވަދެ ފިލާ ބޮނދާ ތިބެގެން އެކިއެކި އިލެކްޓިރިކް ޑިވައިސް (ސައުންޑް ރެކޯޑް ކުރާ) އެއްޗެހި ބޭނުންކޮށްގެން މި ކަންތައް ކުރެއެވެ. މިއީ ކީއްކުރަންތޯއެވެ؟ އެއްކަލަ އެމެރިކާނުންނާއި އިނދިކޮޅަށް ގާބުރިއެއްވެސް އެއްލަފާނެ ހިތްވަރު ހުރި އަޚެއް އެތާނގައި ހުރެފާނެތީ ބިރުންނެވެ. މިހާވެސް އުރައްޕެއް ނެތް ބިރުގަންނަ ބަޔަކެއެވެ. އެހާވެސް ފިނޑި ރަނޑާލި އަންހެން ދުޅާ ބައިގަނޑެކެއެވެ. ﷲ ގެ ލަޝްކަރާ ހަނގުރާމަ ކުރުމަކަށް ތިހާ ފިނޑި ބަޔަކަށް ކުޅަދާނަ ނުވާނެކަން އަމިއްލައަށްވެސް ޤަބޫލުކުރަނީތާއެވެ. ބޮޑު ތެލި ދަށުގަ ފިލާ އޮންނަ އުޞޫލުން ކަންތައް ކުރަންޏާ އެއީ ފިރިހެންވެރިންގެ ފިރިހެންވަންތަ ކަމަށްވެސް ބޮޑު ލަދަކާއި ހުތުރެއްކަން ގައިމެއެވެ. މިފަދަ ބައިގަނޑުގެ އެއްވެސް ހަރުދަނާ ކަމެއް ނުހުންނަ ކަމުން އެމީހުންގެ މިޝަންތަކުގެ ޙަޤީޤަތް ﷲ ތަޢާލާ ފަޅާ އަރުވާލައެވެ. އެމީހުންގެ އަމިއްލަ އަނގައިންނެވެ. އެއިން ޖާސޫސަކު އަޚުންގެ އަތުގައިޖެހި ކުޑަކޮށް ބިރުދައްކާލާ އިރަށް ބިރުން ގަޔައް ހީސްލެވޭ ވަރު އެމީހުންނަށް ވެއެވެ. އަދި ބިރުން ހުންނަ ކުޑަކުއްޖެއްހެން ހުރެ ހުރިހާ އެއްޗެއް ތަފްޞީލާއި އެކު ކިޔާދެއެވެ.


އެއްފަހަރަކު ރާއްޖޭގައި ހިނގި ޙާދިޘާއެކެވެ. މިފަދަ ޖާސޫސީ ކުޑަ ބައިގަނޑެއް އަޚުންތަކަކަށް ޖާސޫސް ކުރަމުން ދިޔައެވެ. އަޚުންތައް ސައިބޯންވެގެން އެއްހޮޓަލަށް ޢާންމުކޮށް ދާތަން އެ ޖާސޫސުން ތިބީ ޝައިޠާނާގެ އެހީތެރިކަމާއިއެކު ވަރަށް ބޮޑަށް ފާރަލާ ބަލައިގެންނެވެ. ކޮންމެއަކަސް މި ޖާސޫސުން ގެންގުޅޭ ވަރަށް ދުރުން އަޑު ރިކޯޑްކުރާ ޑިވައިސް އެއް މިޑިވައިސް އެހޮޓަލުގެ މޭޒެއްގެ ދަށުގައި އެމީހުން ހަރު ކުރިއެވެ. އެ އަޚުންތައް އެހޮޓަލަށް ދާން އުޅޭކަން ޖާސޫސުންނަށް އެނގެއެވެ. ފޯނުން ދައްކާ ވާހަކަ ފިލާތިބެ އަޑު އަހާ ބަޔަކަށް އެއީ ކޮން އުނދަގުލެއް ހެއްޔެވެ؟ ދެން ކޮންމެ އަކަސް އެއަޚުންތައް ހޮޓަލަށް ވަދެ އިށީންދެވުނީ ހަމަ އެމޭޒުގައެވެ. ﷲ ރޭވުންތެރިކަން ގައިމުވެސް މާ ފުރިހަމައެވެ. ވަގުތުތަކަކަށްފަހު ﷲ ރަޙްމަތުން އެޖާސޫސީ ބައިގަނޑުގެ ސިއްރުތައް ފަޅާއެރީއެވެ. އެއިން އަޚެއްގެ އަތުގައި އެ ޑިވައިސް ޖެހިއްޖެއެވެ. ހަމަ އެއާއި އެކު ވަގުތުންވެސް އެއަޚުންނަން އެއީ ކޮންބޭނުމެއްގެ ކޮންބަޔަކު ހަރުކޮށްފައިވާ އެއްޗެއްކަން ދުވާލު އިރުފެންނަހެން އެނގި ހާމަވެއްޖެއެވެ. ﷲ އަކްބަރ ﷲ އަކްބަރ .... އަދި އެޑިވައިސް ރަނގަޅަށް ޗެކްކޮށްލިއިރު އޭގައި ވަރަށް ގިނަ އެފަދަ އެތަކެއް ވަގަށްކޮށްފައިވާ ޝައިޠާނީ ޖާސޫސީ މަސައްކަތްތަކެއް ވެއެވެ. ގިނައީ ސުންނަތައް އުޅޭ އަޚުންތަކަށް ފާރަލާ ކޮށްފައިވާ މަސައްކަތްތަކެއެވެ. މިއީ މިބުނާ ޝައިޠާނާގެ އަމުރަށް ކިޔަމަންވާ ރަނޑާލި ޖާސޫސުންނެވެ. މިއީ އެމެރިކާގެ ޑްރޯންތަކުން މުޖާހިދުންނަށް ޖާސޫސް ކުރުންފަދަ ކަމެއް ނޫންތޯއެވެ؟ މިބައިގަނޑުގެ ބޭނުމަކީ އެއް ބޭނުމެއެވެ. އެއީ މުޖާހިދުންގެ ސަފުތަކާއި ހަމައަށް ވާޞިލުވުމަށް ބޭނުންވާ މީހަކު ހުރީވިއްޔާ އެމީހަކު ފާހަގަކޮށް ނައްތާލުމެއެވެ. އެމީހަކު އެއްފިޔަވަޅުވެސް ކުރިއަށް އެޅުމުގެ ކުރިން ހައްޔަރު ކުރުމެއެވެ. މިއީ އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކާ އެ ޖާސޫސުން ކުރާ ކަމެއްތޯއެވެ. ނޫނީ ބިރުން އުޅޭ އެމެރިކާނުންނަށް ޖާސޫސް ކުރުންތޯއެވެ؟ ޖަވާބު ވަރަށް ސާފެއެވެ. އާނއެކެވެ. އެއީ މުޖާހިދުންގެ ސަފުތަކާއި ހަމަޔަށް އިތުރު އެއްވެސް މީހަކު ގުޅިދާނެތީ ބިރުން އުޅޭ އެމެރިކާނުންނަށް އެހީތެރިވެ ދިނުންކަން ކަށަވަރެއެވެ. އެމީހުންގެ ރުހުމާ ލޯބި ހޯދާ ޢިއްޒަތް ހޯދުމުގެ ބޭނުމުގައެވެ.


الله تعالى وحى ކުރައްވާފައިވަނީ:


"الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ أَيَبْتَغُونَ عِنْدَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا"

މާނައަކީ: "އެއުރެންނީ، މުއުމިނުން ފިޔަވައި، ކާފިރުން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ ކާފިރުންގެ ގާތުން ޢިއްޒަތް ލިބިގަތުމަށް އެއުރެން އެދެނީ ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި ޢިއްޒަތް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ." سورة النّساء: ١٣٩


މާތް ނަބިއްޔާ މައްކާގައި އަންޞާރުންނާއި އެކު، ބައިއަތު ހިފި އިރު، އެރޭގެ އެވަގުތުގައި ޝައިޠާނާ ބިރުން ހޭރިގަތް ގަދަ ފަދަ އަޑު މުޅި މައްކާގައި ގައިމު ހުއްޓެއެވެ. އަދި ގޮވަމުން ދިޔައެވެ. އޭ ނިދާފަތިބި މީހުންތަކާއެވެ. އޭ ޖެހޭ މުޞީބާތަކަށް ތައްޔާރުނުވެ ތިބި މީހުންތަކާއެވެ. މުޙައްމަދުގެ ފާނު މިހާރު ކަލޭމެން އެންމެން ގަތުލުކުރުމަށް އެހަރަގެން ރާވަނީއޭ... ކިޔާ ގައިމު އޭނާ އެދުވަހުގައިވެސް ހަޅޭއް ލެވިއެވެ. ދެން އޭނާ މިއަދު ވާނީ ކޮންފަދަ އަކުންކަން އަހަރުމެން ވިސްނަމާ ހިނގާށެއެވެ. މިއީ އާކަމެއް ނޫންކަން ތިއަޚުންނާއި އުޚްތުން ދަންނާށެއެވެ.


ވީމާ އަހަރުމެން އެންމެހާ އަޚުންނާއި އުޚްތުން ވިސްނަންވީ ޝައިޠާނާއަށް ޖާސޫސް ކުރުމަށްޓަކައި ފުރުޞަތު ނުދީވޭތޯ ބެލުމަށެއެވެ. ފޯނުން ވާހަކަ ދައްކާއިރުގަވެސް ދައްކަން މިއުޅެނީ ކޮންފަދަ ވާހަކައެއްތޯ ވިސްނުމަށްފަހު ބުނުމެއެވެ. ހަމަ އެގޮތަށް އެސް.އެމް.އެސް އެއް ކުރިއަސް، އެއްޗެއްގެ ޕާސްވޯޑެއް ފޮނުވިޔަސް ފަރުވާތެރި ކަމާއި އެކު ނޫނީ ނުކުރުމެއެވެ. ޝައިޠާނާއަށް ފުރުޞަތު ނުދިނުމަށެއެވެ. އަދި ހަމަ އެހެންމެ ތަންތާގައި ވާހަކަ ދައްކާއިރު އެތާނގައި އަޑު ރިކޯޑްކުރާ ޖާސޫސުން ތިބޭނެކަން ވިސްނައިގެން އުޅުމެއެވެ. ސަބަބަކީ އަހަރުމެންގެ މަޤްޞަދަކީ މުސްލިމުންނަށް ނަޞްރު ދިނުމެއެވެ. އަހަރުމެންގެ ސަފުތައް ބައިބައި ނުވުމެއެވެ. އަހަރުމެންގެ ސިއްރުތައް ހިފެހެއްޓުމެއެވެ. އެހެނީ ބަޔެއްގެ ސިއްރުތައް އެނގިއްޖަނަމަ އެބަޔަކު ބަލިކޮށްލުމަކީ ދާދި ފަސޭހަމެކެވެ. އެމީހުންގެ ކަސްތޮޅުގައި ޖެހުމަކީ ކައިރި ކަމެކެވެ. އެހެންކަމުން އަބަދުވެސް ރައްކާތެރިގޮތް އިޚްތިޔާރުކުރާށެވެ. ދިވެހިން ބުނާ ފަދައިން ރައްކާވެ ތިބިއްޔާ ދަތުރެކޭ ވެސް ބުނަނީ މިހެންވެއެވެ. އިންޝާ ﷲ ޖާސޫސުންގެ ޖާސޫސީ މަކަރުވެރިކަން އިންތިހާއަށް ދިޔަޔަސް ނަޞްރު ލިބޭނީ ޙައްޤައްކަން ގައިމެއެވެ.


މަޞްދަރު: ލިޔުންތެރިޔާ.

މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 13 އޮކްޓޯބަރ 2011

މިލިޔުން ބައްލަވާފައިވަނީ 219 ފަހަރު

www.click4islam.com 13 އޮކްޓޯބަރ 2011 (ބުރާސްފަތި)


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page