ނުބައިނުލަފާ ވެރިޔެއް
ބުޚާރާ ކިޔާ ހިސާބެއްގައި އެއްޒަމާނެއްގައި ވަރަށް ނުބައިނުލަފާ ވެރިޔަކު ވެރިކަން ކުރިއެވެ. އެއްދުވަހެއްގައި މީނާ އަހެއްގައި ދަތުރު ކުރަމުން ދަނިކޮށް ބަލާލަން ހުތުރު އަޅާލާނެ މީހަކު ނެތް ކުއްތާއެއް ފެނުނެވެ. އެ ކުއްތާ ފިނިވުމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔައެވެ. މި މަންޒަރު ފެނި އޭނާގެ ހިތަށް ރަޙުމް ވަނެވެ. އަދި ފެންކަޅިވެގެންދިޔައެވެ. މިހިސާބުން މިވެރިޔާ އޭނާގެ އަޅުންނަށް، މި ކުއްތާ އޭނާގެ ގެ ގެއަށް ގެންގޮސް އޭނާ އެނބުރިއަންނަށް ދެން ރައްކާތެރިކޮށް ބެލެހެއްޓުމަށް އެނގިއެވެ. އަޅުމީހުން ގާތު މިހެން ބުނެ އޭނާ ދިޔަ ދަތުރު ނިންމާލާފައި ހަވީރު ގެއަށް އެނބުރިއައެވެ. ގެއަށް އެނބުރި އައުމާ އެކު އެ ކުއްތާ ކޮބައިތޯ ސުވާލު ކުރިއެވެ. ތިމަންނަގެ ގޭގެ ކަނެއްގައި އެސޮރަށް އޮވެވޭނެ ގޮތް ހަދައިދީފިންތޯ އަދި އެސޮރަށް ރަގަޅު ކާނާ އާއި ބޯތަކެތި ދީފިންތޯ އަޅުމީހުންގެ ކިބައިން ސުވާލު ކުރިއެވެ. އަދި އޭތީގެ ގައިގައި ތެޔޮލާ މަސާޖު ކުރުމަށްފަހު ރަޖާގަނޑަކަށް ލާ ނިވާކޮށް އެއަށް ފިނިނުވާނެ ފަދައިން ބޭއްވުމަށް ބުންޏެވެ. އަދި އެ ކުއްތާ އަށް ފިނިވިޔަ ނުދީ ހޫނުކަމުގައި ބާއްވައި ދިނުމަށްޓަކައި އަލިފާންގަނޑެއް ރޯކޮށްދިނެވެ.
އޭގެ ދެދުވަސް ފަހުން މި ވެރިޔާ މަރުވެއްޖެއެވެ. މިވެރިޔާ ކުރިން އުޅެމުން އައި ނުބައި ގޮތްތައް ވަރަށް ރަގަޅަށް ދަންނަ ހެޔޮލަފާ މީހަކަށް މީނާ ހުވަފެނެއްގައި ފެނުނެވެ. އަދި ވެރިޔާ ގާތު އެހިއެވެ.” ތިބާއަށް ކުރެވުނު ހިސާބުގައި ތިބާއަށް ނަޖާލިބުނީ ކިހިނަކުން ހެއްޔެވެ؟“ ވެރިޔާ ޖަވާބުގައި ބުންޏެވެ. ”އަހަރެން ﷲ ތަޢާލާގެ ހަޟްރަތައް ހާޟިރު ކުރެވުނެވެ. އަދި އަހަންނަށް ވަޙީކުރެއްވުނެވެ.’ ތިބާވީ (ނުބައި، ރަޙުމްކުޑަ އިންސާނިއްޔަތުކަމެއް ނެތް)، ކުއްތާއެއް ފަދަ މީހެއް ކަމުގައެވެ. އަދި ތިބާ ކުއްތާއަކަށް ރަޙުމްކޮށް އެއަށް އޯގާތެރި ވީކަމަށްޓަކައި ތިމަން އިލާހު ތިބާއަށް ފާފަފުއްސަވާ ދެއްވައިފީމެވެ.‘ ދެން ﷲ ތަޢާލާ އެއިލާހުގެ ގުނާ ޢަދަދު ނުކުރެވޭފަދަ ރަޙްމަތް އަހަރެންގެ މައްޗަށް ލައްވަވާ، އަހަރެން އެހެންމީހުންގެ މައްޗަށް ކޮށްފައިވާ ނުބައި ކަންތައްތައް، އަހަރެންގެ ކިބައިން ނެންގެވިއެވެ.“
ﷲ ތަޢާލާގެ ރަޙްމަތަކީ އަހަރެމެންނަށް ގުނާ ޢަދަދު ނުކުރެވޭނޭ ފަދަ ރަޙްމަތެކެވެ. އެއިލާހަކީ އެންމެ ދީލަތި މީހުންގެ މައްޗަށް ވެސް އެންމެ މަތިވެރިވެވޮޑިގެންވާ އެމީހުންގެ ރައްބުވަންތަ އިލާހެވެ. އެއިލާހުގެ އޯގަވަންތަކަމާއި ދީލަތިވަންތަކަމުގެ ޢިލްމު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. މީހަކު ކުރާ ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއްގެ ސަބަބުން ވެސް އެއިލާހު އިރާދަ ކުރައްވައިފިނަމަ އެއިލާހުގެ މަތިވެރިވެގެންވާ ރައްކާތެރިކަން އެމީހަކަށް މިންވަރު ކޮށްދެއްވަފާނެއެވެ. މިހެން ކަމުން ކޮންމެ މީހަކު ވެސް އެއިލާހުގެ ރުހިވޮޑިގަތުމަށް އަބަދާއި އަބަދު އެދެން ޖެހޭނެއެވެ. ތިބާއަށް ކުރެވޭ ހެޔޮކަންތައް ކިތަންމެ ކުޑަވެފައި މަދުނަމަވެސް މެއެވެ. އެހެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނީ އޭނާގެ ޢަމަލު ތަކުގެ ތެރެއިން ކޮން ޢަމަލަކާ މެދު ކަމެއް އެއްވެސް މީހަކަށް އެގިގެނެއް ނުވެއެވެ.
އެއްވެސް ހެޔޮ ޢަމަލަކީ ކުޑަ ޢަމަލެއް ނޫނެވެ. އެޢަމަލަކީ މީހަކަށް އޭނާގެ ދާއިމީ ރައްކާތެރިކަމާއި ހިޔާވަހިކަން ލިބިދޭ ސަބަބެއް ކަމުގައި ވެދާނެއެވެ.
އަބޫ ހުރައިރާ (رضي الله عنه) ރިވާ ކުރެއްވިއެވެ. ރަސޫލާ (صلى الله عليه وسلم) ހަދީޘްކުރެއްވިއެވެ.”ހަށިވިއްކާ އަންހެނަކު ފެންވަޅެއް ކައިރީގައި އޮތް ކުއްތާއެއްގެ ކައިރިންލާފައި ދިޔައެވެ. އަދި އެ ކުއްތާ ވަނީ ކަރުހިއްކައިގަނެގެން ގޮސް މަރުވާން ކައިރި ވެފައިކަން ފެނުނެވެ. ދެން އޭނާ އޭނާގެ ޚުއްފު (ލެދަރުން ހަދާފައިވާ ސްޓާކީން ނުވަތަ ބޫޓު) ނަގާ އޭނާގެ ބޮލުގައި އަޅާފައިވާ ފޮތިގަނޑުން އޭގައި އެއްސިއެވެ. އަދި ކުއްތާއަށް ބޯން ދިނުމަށްޓަކައި ވަޅުން އޭގެން ފެން ނެގިއެވެ. އެހެންކަމުން އެކަމަށްޓަކައި ﷲ އޭނާގެ ފާފަތައް ފުއްސަވާދެއްވިއެވެ.“ (ބުޚާރީ)
މަޞްދަރު: (Virtues of Sadaqaat (English Translation Page 665
www.click4islam.com
28 ޖުލައި 2010 -