މުއުމިނު މީހާ ހަމަޖެހޭގޮތް
ޝެއިޚުލް މުޖާހިދީން ޝަހީދު ޑރ. ޢަބްދު ﷲ ޢައްޒާމް (رحمه الله)
”.... އެމީހެއްގެ ވެރި އިލާހާއި އެމީހަކާއި ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވީ މިންވަރަކުން އޭނާ ހަމަޖެހޭނެއެވެ. އިބްނު އަލްމުބާރަކް (رحمه الله) އާއި މުޚާޠަބުކޮށް މިފަދައިން ބުނެވުނީ މިހެންވެގެންނެވެ: ”ރަސްކަލުންނަކީ ކޮންބައެއް ހެއްޔެވެ؟“ އެހެންކަމުން، އިބްނުލް މުބާރަކް ވިދާޅުވިއެވެ. ”ދުނިޔެވީ އެދުންތަކުން ދުރުވާ މީހުންނެވެ.“ އެމީހުން ސުވާލުކުރިއެވެ. ”މީސްތަކުންގެ ތެރެއިން އެންމެ ދަށު ދަރަޖައިގެ މީހުންނަކީ ކޮބައިހެއްޔެވެ؟“ އެކަލޭގެފާނު ޖަވާބުދެއްވެވިއެވެ. ”އެބައިމީހުންގެ ދީނުން ކާ މީހުންނެވެ.“ މާނައަކީ އެބައިމީހުން މީސްތަކުންނާއި އެކުގައި އުޅެނީ މުނާފިޤުން ފަދައިންނެވެ. އެހެންކަމުން، އެބައިމީހުން މިކަން ކުރަނީ ކާއެތިކޮޅަކަށްޓަކައެވެ. އަދި ޤަދަރުވެރިކަމުގެ ބެޖަކަށެވެ. ނުވަތަ ދުނިޔެވީ އެދުމަކަށެވެ. އެމީހުން ސުވާލުކުރިއެވެ. ”އެންމެ ދަށުދަރަޖައިގެ މީހުންނަކީ ކޮބައިހެއްޔެވެ؟“ އެކަލޭގެފާނު ޖަވާބުދެއްވެވިއެވެ. ”އެހެން މީހުންނަށް ދުނިޔެވީ ފައިދާތައް ލިއްބައިދިނުމަށްޓަކައި އެބައެއްގެ ދީން ހަލާކުކޮށްލާ މީހުންނެވެ.“
ސުވާލުތައް ކުރި މީހުންގެ ތެރެއިން އެކަކު އޭނަގެ އަމިއްލަ ނަފްސު ބަޔާންކުރަމުން ބުނެއެވެ. ”އަހަރެމެންވީ އުފަލުގެ ޙާލަތަކީ، އެކަމުގެ ޙަޤީޤަތް ރަސްކަލުންނާއި އެމީހުންގެ ދަރިންނަށް އެނގުމުން އެ އުފާތައް ލިބުމަށް އެމީހުން އަހަރެމެންނާއި ކަނޑިން ހަނގުރާމަ ކުރާ ވަރުގެ ޙާލަތެއްގައެވެ.“ އެހެންކަމުން، އަހަރެމެންގެ އުފަލަކީ ރަސްކަލުންގެ އުފަލަށްވުރެ ބޮޑު އުފަލެކެވެ! އަދި އަހަރެމެންގެ މި އުފާވެރިކަން އެމީހުންނަށް އެނގޭނަމަ، ހަތިޔާރު ބޭނުންކޮށްގެން އެމީހުން އެކަމާއި އަހަރެމެންނާއި ހަނގުރާމަކުރާނެ އެވެ!
އިބްނި ތައިމިއްޔާ (رحمه الله) އާއި ވެރިޔާއާއި ދެމެދުގައި ހަމަނުޖެހުމެއް ކުރިމަތިވެއްޖެ ނަމަ، ވެރިޔާ އެކަލޭގެފާނަށް ބުނާނެ އެވެ. ”ކަލޭގެފާނުގެ ވަށައިގެން މީސްތަކުން އެއްވާ ތަން ކަލޭގެފާނަށް ފެނިވަޑައިގަންނަވާކަން އަހަންނަށް އެނގެއެވެ. އަދި މިކަމުގެ ސަބަބުން ކަލޭގެފާނު އަހަރެންގެ ވެރިކަމަށް ދަހިވެތިކުރުވީ އެވެ.“ އެހެންކަމުން، އިބްނި ތައިމިއްޔާ (رحمه الله) ޖަވާބުދެއްވެވި އެވެ. ”އަޑުއަހާށެވެ! ﷲ ގަންދީ ބުނަމެވެ. ކަލޭގެ ރަސްކަމަށްޓަކައި އަހުރެން އެންމެ ދިރުހަމެއް ވެސް ހޭދަ ނުކުރާނަމެވެ!“ އެންމެ ދިރުހަމެއް ވެސް މެއެވެ! އެކަމަކު، މި ކަށްޓާއިހެދި ވެރިޔާ ބިރުގަތެވެ. އަދި އިބްނި ތައިމިއްޔާ އޭނާ ހަމަޖައްސަނީ ދުވަހަކު ވެސް އޭނާގެ ރަސްކަން އެކަލޭގެފާނު ނުގަންނާނެކަމަށް ވިދާޅުވުމުންނެވެ....
މިއީ މުޅިންވެސް އެބައިމީހުންގެ ކިބައިގައި އަށަގެންފައިވާ އުފާވެރިކަމާއި ޢިއްޒަތުގެ ނަތީޖާއެވެ. ހަމަޔަޤީނުން ވެސް ދުނިޔެވީ މީހުންނަށް މިއިން އެއްވެސް ކަމެއް ނުވިސްނޭނެ އެވެ. އެމީހުންނަށް ކަންތައްތައް ދަސްވަނީ އެމީހުން ދިރިއުޅެމުންދާ ދުނިޔޭގެ އަލީގައެވެ. އެމީހުން ދުއްވާ ކާރުންނެވެ. ނުވަތަ އެމީހުންގެ އަތުގައި ހުންނަ ފައިސާއިންނެވެ... އަދި މިނޫންވެސް މިފަދަ ކަންތައްތަކުންނެވެ.
ދެން، އެފަދަ މީހެއްގެ ކިބައިގައިވާ އުފާވެރިކަމުގެ އިތުރުން، މީހާ ހަމަޖެހެނީ ކީއްވެހެއްޔެވެ؟ މީހާ ހަމަޖެހެނީ އަޅުކަމުގެ ސަބަބުންނެވެ. އެހެނީ މިކަމުގެ ސަބަބުން އެތެރޭގައިވާ ހުސްކަން ފުރާލައެވެ. އަޅުކަމަށްޓަކައި ޚާއްޞަކުރެވިފައިވާ އެޖާގަ އަޅުކަމުން ފުރެއެވެ. އެހެންކަމުން، އަޅުކަމުން އޭނާ އެތަން ފުރުމުން އޭނާ ހަމަޖެހެއެވެ. ސައިކަލަކަށް ތެޔޮ އަޅާ ފުރާލައި ފަދައިންނެވެ.“
(އައްތަރްބިއްޔާ އަލް-ޖިހާދިއްޔާ ވަލްބިނާ 27-26/5)
މަޞްދަރު: iskandrani
21 ޖުލައި 2010
www.click4islam.com