top of page
Featured Posts
ކްލިކް4އިސްލާމް

މިއްލަތު އިބްރާހީމްގައި އެޅިފައިވާ ހުރަސްތައް (3)



ަދި ޝެއިޚް ޙަމަދް ބިން ޢަތީޤް (رحمه الله) ވިދާޅުވެލައްވާފައިވެއެވެ. ”ޝަހާދަތުގެ ދެކަލިމަ ކިޔާ، މިސްކިތުން ނުފައިބާ ނަމާދު ކުރާމީހާ މުޝްރިކުންގެ ތެރޭގައި އުޅުނަސް، ނުވަތަ މުރުތައްދުންގެ ބިންތަކުގައި އުޅުނަސް އެމީހަކީ އޭނާގެ ދީން ފުރިހަމައަށް ފާޅުކޮށްފައިވާ ޘާބިތުވެފައިވާ މީހެއްކަމުގައި ބައެއްމީހުން ހީކޮށްފާނެއެވެ. އެހެންނަމަވެސް މިއީ ވަރަށްވެސް ބޮޑުވެގެންވާ ކުށެކެވެ.


ދަންނާށެވެ، ކުފުރުގެ އެތައް ވައްތަރެއް އެތައް ބަޔަކަށް އެޅި، ކާފަރުވާން ދިމާވާ އެތައް ކަންތައްތައްތަކެއް ވެއެވެ. އަދި ކުފުރުގެ ޖަމާޢަތްތަކުގެ ތެރެއިން ކޮންމެ ޖަމާޢަތަކީވެސް މިތަނުން ކޮންމެވެސް އެއްކަމަކަށް މަޝްހޫރުވެގެންވާ ބަޔެކެވެ. އަދި މުސްލިމު މީހާ އެބައިމީހުންގެ ޖަމާޢަތާއި އެބައިމީހުން މަޝްހޫރުވެފައިވާ ޝިރުކުން ބަރީއަވެ، އިދިކޮޅު ހަދައިފުމަށް ދާންދެން އެބައިމީހުން މުސްލިމު ވީކަމަކަށް ނުބެލެވޭނެއެވެ.


ވީމާ، މީހެއްގެ ކުފުރަކީ ޝިރުކުގެ ތެރެއިންވާ ކަމެއްނަމަ، އެމީހެއްގެ ކުރިމަތީގައި ދީން ފާޅުކުރުމަށްޓަކައި ވަރަށްވެސް ޘާބިތު ތަވްޙީދަކާއި، ޝިރުކު މަނާކުރުމަކާއި، އެއަށް އިންޒާރުކުރުމެއް ހުންނަންޖެހޭނެއެވެ. އަދި މީހެއްގެ ކުފުރަކީ ރަސޫލާ (صلى الله عليه وسلم) އަށް އިންކާރުކުރުމުގެ ގޮތުގައިވާނަމަ، އެމީހެއްގެ ކުރިމަތީގައި ދީން ފާޅުކުރުމަށްޓަކައި މުޙައްމަދު (صلى الله عليه وسلم) އަކީ ﷲތަޢާލާގެ ރަސޫލާކަމަށް އެންގުމުގައްޔާއި، އެހެންމީހުންނަށް ކަނުކޮށް ތަބަޢުނުވުމަށް ގޮވުމުގައި ވަރަށްވެސް ޘާބިތުވާންޖެހޭނެއެވެ. އަދި މީހެއްގެ ކުފުރަކީ ނަމާދު އެޅުމުގެ ގޮތުން ވެފައިވާ ކުފުރެއްނަމަ، އެމީހެއްގެ ކުރިމަތީގައި ދީން ފާޅުކުރުމަކީ ފަރުޟު ފަސްނަމާދުކުރާ ޙާލު އޭނާއަށް ނަމާދުކުރަން އެންގުމެވެ. އަދި ވަފާތެރިވުމާއި އެކުވެރިކަމުގެ މަތީގައި އެމީހެއްގެ ކުފުރު ބިނާވެފައިވާމީހާގެ ކުރިމަތީގައި ދީން ފާޅުކުރުމަކީ އެބައިމީހުންނަށް ޢަދާވާތްތެރިކަން ދައްކާ، ރުޅިއައިސް، މުޝްރިކުންގެ ކިބައިން ބަރީއަވެގަތުމެވެ.“


އަދި ޢަބްދު ﷲ ބިން ހުޒާފާ (رحمه الله) އާއި ބިލާލް (رحمه الله) ފަދަ ބޭބޭކަލުންނަށް ކޮށްފައިވާ އަނިޔާތައް ބަޔާންކޮށްދެއްވުމަށްފަހު އިމާމް ޢަބްދުއްރަޙްމާން ބިން ޙަސަން (رحمه الله) ވިދާޅުވެލައްވާފައިވެއެވެ. ”މިއީ މުޝްރިކުންގެ އަތްދަށުވެ ޞަޙާބީންނަށާއި ރަސޫލު ބޭބޭކަލުންނަށް ވެސް އެފަދަ ބޮޑެތި އަނިޔާތައް ލިބެމުން ދިޔައިރުގެ ޙާލަތެވެ. ވީމާ ފިތުނައިގައި ޖެހުމުން ބާޠިލަށް އަވަސްވެގަނެ، ބާޠިލުގެ ތެރެއަށް ވަދެގަނެ، ބާޠިލަށް ބޮސްދީ، ޙައްޤަށް ފުރަގަސްދީ، ކާފަރުންނަށް ރުހި، އެބައިމީހުން ބޮޑުކޮށް، އެބައިމީހުންނަށް ތަޢުރީފުކުރާ މީހާއާއި އަޅާކިޔާއިރު، ޞަޙާބީންވަނީ ކޮންފަދައަކުންތޯއެވެ؟ އެބައިމީހުންވަނީ ﷲތަޢާލާ ވަޙީކުރެއްވާފައިވާ ފަދައިންނެވެ.


”وَلَوْ دُخِلَتْ عَلَيْهِمْ مِنْ أَقْطَارِهَا ثُمَّ سُئِلُوا الْفِتْنَةَ لآتَوْهَا وَمَا تَلَبَّثُوا بِهَا إِلا يَسِيرًا “

”އެބައިމީހުންގެ ގާތަށް އެރަށުގެ ހުރިހާ ފަރާތަކުން ޢަދުއްވުން އަރައި، ދެން އެބައިމީހުންގެ ކިބައިން ފިތުނަވެރިކަމަށް (މުރުތައްދުވުމަށް) އެދުނުނަމަ، އެކަން އެބައިމީހުން ގެނެސްގަތީހެވެ. އަދި އެބައިމީހުން އެރަށުގައި ކުޑަހިނދުކޮޅަކަށް މެނުވީ ލަސްވެ ނުތިބީހެވެ.“


ވީމާ އަޅުގަނޑުމެން ﷲ ތަޢާލާގެ ހަޟްރަތުން އެދެނީ އަޅުގަނޑުމެން އިސްލާމްދީނުގައި ޘާބިތުކޮށްދެއްވާ، ފިތުނައިގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކުންނާއި ފޮރުވިފައިވާ މަގުފުރެދުންތަކުން ސަލާމަތްކޮށްދެއްވުމަށެވެ. އަދި މުސްލިމުވެ، ރަސޫލު ﷲ (صلى الله عليه وسلم) އަށް ތަބަޢުވާ މީހުންނަށް ޝިރުކާއި މުޝްރިކުންގެ ކިބައިން ބަރީއަވެ، އެބައިމީހުންގެ ދީނާއި އިލާހުންތަކާއި ދިމާއަށް ފުރައްސާރަ ނުކުރެއްވި ނަމަ އެކަންތައްތައް އެބައިމީހުންނާއި ކުރިމަތިނުވީސްކަން އެއީ އެންމެންނަށް ވެސް އެނގޭނޭ ކަމެކެވެ.“


ތަވްޙީދުގެ މަތީގައި ޘާބިތުވެ، ބާޠިލާއި ހަނގުރާމަކޮށް، މަރާއި އަނިޔާގެ އިންޒާރުތަކުން އެބައިމީހުންނަށް އިންޒާރުދެވިފައިވާ، އަދި އެބައިމީހުންނަށް ހިޖުރަކުރުމަށް ދާނެ ތަނެއް ނެތިފައިތިބި މީހުންނަށް ހޮހޮޅައިގެ އަހުލުވެރީންގެ ގާތުގައި ވަރަށްވެސް ފުރިހަމަވެގެންވާ ނަމޫނާއެއްވެއެވެ. އެބައިމީހުން ޢާއިލާތައް ދޫކޮށް، ފަރުބަދައެއްގެ ހޮހޮޅައަކަށް ބަދަލުވިއެވެ. އަދި އުޚްދޫދުގެ އަހުލުވެރީންގެ ކިބައިގައިވެސް އެބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެބައިމީހުންވަނީ އެބައިމީހުންގެ ޢަޤީދާއާއި ތަވްޙީދަށްޓަކައި ދިރިހުއްޓާ އަންދާލެވިފައެވެ. އެހެނަސް އެބައިމީހުން ފަހަތަށްޖެހި ނުވަތަ ޢަދުއްވުންނާއި މަޝްވަރާއެއް ނުކުރެއެވެ. އަދި ރަސޫލު ﷲ (صلى الله عليه وسلم) ގެ ޞަޙާބީންގެ ކިބައިގައިވެސް ވަނީ ކޮންފަދަ ރިވެތިވެގެންވާ ނަމޫނާއެއްތޯއެވެ؟ އެބައިމީހުން ހިޖުރަކޮށް، ޖިހާދުކުރިއެވެ. އަދި ޤަތުލުކޮށް، އެބައިމީހުންގެ ތެރެއިންވެސް ޤަތުލުވެގެންދިޔައެވެ.


وَكَفَى بِرَبِّكَ هَادِيًا وَنَصِيرًا “

”އަދި ތެދުމަގުދައްކަވާ އަދި ނަޞްރުދެއްވާ އިލާހަކު ކަމުގައި ކަލޭގެފާނުގެ ވެރިރައްބު ފުދިވޮޑިގެންވެއެވެ.“

”لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ“

”ހަމަކަށަވަރުން އެބޭބޭކަލުންގެ ކިބައިގައި ތިޔަބައިމީހުންނަށް ލިބޭހުށީ ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހުންނަށްޓަކައިވާ ރިވެތިވެގެންވާ ނަމޫނާއެކެވެ.“


އަދި މިމަގުގެ ނިމުމުގައި ބޮޑުވެގެންވާ ކާމިޔާބީއެވެ. (ފައުޒުލް ކަބީރް)

”وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُمْ مِنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا فَأَوْحَى إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظَّالِمِينَ (*)وَلَنُسْكِنَنَّكُمُ الأرْضَ مِنْ بَعْدِهِمْ ذَلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ “

”ދެން ކާފަރުވިމީހުން އެބައިމީހުންގެ ގާތުގައިވާ ރަސޫލުންނަށް ބުންޏެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އަހަރެމެންގެ ރަށުންނެރެ ބޭރުކޮށްލާހުށީމެވެ. ނޫންނަމަ ތިޔަބައިމީހުންނަށް ޖެހޭނީ އެނބުރި އަހަރެމެންގެ ދީނަށް ވަންނާށެވެ. ދެން އެބައިމީހުންގެ ވެރިއިލާހު އެރަސޫލުންނަށް ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންއިލާހު އެއަނިޔާވެރި ކާފަރުންތައް ހަލާކުކޮށްލައްވާ ނެތިކޮށްލައްވާހުށީމެވެ. އަދި އެބައިމީހުން ހަލާކުވެ ދިޔުމަށްފަހު ތިޔަބައިމީހުން އެބިމުގައި ގަރާރުކުރައްވާ ހުށީމެވެ. މިފަދައިން މިކަންވަނީ ތިމަންއިލާހުގެ ހަޟްރަތުގައި ކޮޅަށް ހުންނަންޖެހޭނެކަމަށް ބިރުގަންނަ އަދި ތިމަންއިލާހުގެ ވަޢީދަށް ބިރުވެތިވާ މީހުންނަށެވެ.“

”قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ (*)فَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الأسْفَلِينَ (*)وَقَالَ إِنِّي ذَاهِبٌ إِلَى رَبِّي سَيَهْدِينِ“

”އެބައިމީހުން ބުންޏެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! އަދި (އެތަން ދަރުއަޅާ ފުރާލައި ރޯކުރުމަށްފަހު) އެގަދަ އަލިފާންގަނޑުގެ ތެރެއަށް އެކަލޭގެފާނު އެއްލާލާށެވެ! އެބައިމީހުން އުޅުނީ އެކަލޭގެފާނަށް މަކަރާއި ޙީލަތް ހަދާށެވެ. އެހެނަސް ދެރަވެ ބަލިވިބަޔަކީ އެބައިމީހުންކަމުގައި ތިމަންއިލާހު އެބައިމީހުން ލެއްވެވީމެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދާނީ ތިމަންކަލޭގެފާނުގެ ވެރިރައްބު އަމުރުކުރެއްވި ތަނަށެވެ. އެއިލާހު ތިމަންކަލޭގެފާނަށް ދައްކަވާނެއެވެ.“

”أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَى نَصْرُ اللَّهِ أَلا إِنَّ نَصْرَ اللَّهِ قَرِيبٌ “

”ނަމަވެސް ތިޔަބައިމީހުންގެ ކުރީގައި އުޅެގޮސްފައިވާ މީހުންނަށް ޖެހިފައިވާ ޙާލަތުތައް، ތިޔަބައިމީހުންނަށް އަދި ނުފެނިތިއްބާ، ސުވަރުގެވަދެވިދާނެކަމަށް ތިޔަބައިމީހުން ފަހެ ހީކުރަނީ ހެއްޔެވެ؟ ކުރީގައި އުޅެގޮސްފައިވާ މުއުމިނުތަކުންނަށް ނުހަނު ބޮޑު ދަތިތަކާއި އުނދަގޫތައް އުފުލާން ޖެހުނެވެ. އަދި މިގޮތުގައި އެބައިމީހުން ގުޑައިގެންދިޔަ މިންވަރަކީ، ރަސޫލާ އާއި އެކަލޭގެފާނާއި އެކުގައި ތިއްބެވި އީމާންވެއްޖެ މީސްތަކުންނަށް ބުނެވިއްޖެއުމަށް ދާންދެނެވެ. ﷲ ގެ ހަޟްރަތުން ނަޞްރުލިބޭނީ ދެން ކޮންއިރަކުންބާއެވެ؟ ދަންނާށެވެ! ﷲ ގެ ހަޟްރަތުން ނަޞްރުލިބުންވަނީ ދާދި ގާތުގައެވެ.“


މިއީ ޠާޣޫތުންގެ މައްޗަށް ތަވްޙީދުގެ ދިދަ ހިއްޕަވައިގެން ތިއްބެވި އަޅުގަނޑުމެންގެ ޝެއިޚުންގެ ކިބައިން މިއަދު ފެނިގެންދާ މަންޒަރެވެ. އަދި އެބައިމީހުންވަނީ ޔޫސުފް (عليه السلام) ގެ ބަސްފުޅު ތެދުކުރައްވާ ދަލީލް ދައްކަވާފައެވެ.

”رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ “

”ތިމަން ކަލޭގެފާނުގެ ވެރިރަށްބެވެ! އެބައިމީހުން ތިމަންކަލޭގެފާނަށް ދަޢުވަތުދޭ ކަންތަކަށްވުރެން ތިމަންކަލޭގެފާނަށް ޖަލުވަނީ ލޮބުވެތިކަން ބޮޑުވެގެންނެވެ.“


ހަމަކަށަވަރުންވެސް ޖަލާއި، އަނިޔާތަކާއި، ޝަހީދުވުންވަނީ، މިކިޔާ "މިނިވަންކަމާއި"، "ޤައުމިއްޔަތާއި"، އަމިއްލައަށް ހަދައިގެން މިއުޅޭ ޤާނޫންތަކާއި، ކާފަރުންނަށް ވަފާތެރިވެ އެކުވެރީންކަމުގައި ވުމަށްވުރެން މުވައްޙިދުންނަށް ލޯބިވެގެންނެވެ.


އަދި މިމަގުގައި ހިނގާމީހުން ފެނިގެންދާނީ:

”وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ (*)تَدْعُونَنِي لأكْفُرَ بِاللَّهِ وَأُشْرِكَ بِهِ مَا لَيْسَ لِي بِهِ عِلْمٌ وَأَنَا أَدْعُوكُمْ إِلَى الْعَزِيزِ الْغَفَّارِ (*)لا جَرَمَ أَنَّمَا تَدْعُونَنِي إِلَيْهِ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلا فِي الآخِرَةِ وَأَنَّ مَرَدَّنَا إِلَى اللَّهِ وَأَنَّ الْمُسْرِفِينَ هُمْ أَصْحَابُ النَّارِ (*)فَسَتَذْكُرُونَ مَا أَقُولُ لَكُمْ وَأُفَوِّضُ أَمْرِي إِلَى اللَّهِ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ “

”އޭތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް މިގޮވަނީ ސަލާމަތާއި ބާއްޖަވެރިކަން ލިބިގަތުމަށެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔަގޮވަނީ ނަރަކައިގެ އަލިފާނުގެ ތެރެއަށް ވަނުމަށެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔަގޮވަނީ ﷲ އަށް ކާފަރުވުމަށާއި އެއިލާހުގެ ހަޟްރަތަށް އެންމެހާ ޖާހިލުގޮތުގައިހުރެ ޝަރީކުކުރުމަށެވެ. ނަމަވެސް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް މިގޮވާލަނީ ގަދަކީރިތިވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހުގެ ހަޟްރަތަށް އީމާންވުމަށެވެ، ޝައްކެއްނެތެވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތިޔަގޮވަނީ މިދުނިޔޭގައި، ނުވަތަ އާޚިރަތުގައި ވިޔަސް އެއެއްޗަކަށް ގޮވުމަށް އެއްވެސް ޙައްޤެއް ނުވަތަ ސަބަބެއް ލިބިގެންނުވާ އެއްޗަކަށް އަޅުކަންކުރުމަށެވެ. އަދި އަހަރެމެން އެނބުރިދިޔުންވަނީ ﷲގެ ހަޟްރަތަށެވެ. އަދި އިސްރާފުވެރި، ޖައްބާރުންނަކީ ނަރަކައިގެ އަލިފާނުގެ އަހުލުވެރީންނެވެ. ވީއިރު ތިމަންކަލޭގެފާނު މިބުނާ އެއްޗެއް ތިޔަބައިމީހުން ނިކަން ރަނގަޅަށް ހަނދުމަކުރާ ހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ މަސައްކަތްވަނީ ﷲ އަށްޓަކައެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން ދެކިވޮޑިގެންވެއެވެ. ދެންފަހެ ﷲ، އެބައިމީހުންގެ ނުބައި ރޭވުންތަކުން އެކަލޭގެފާނު ސަލާމަތްކުރައްވާ ރައްކައުތެރިކުރެއްވިއެވެ. އަދި ފިރްޢައުނުގެ މީހުން ވަށައިލެވިގެންވަނީ އެންމެ ނުބައިވެގެންވާ އަޛާބުންނެވެ.“

”وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ“

”ހުނަފާއިންގެ ގޮތުގައިތިބެ، ﷲ ގެ ހަޟްރަތަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމްކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރު ވެވިގެނެއް ނުވެއެވެ.“


އަދި ޙުނަފާއިންނަށްވުމަށް އެދޭ މީހުންނަށް ﷲ ތަޢާލާވަނީ އެގޮތަށް ބަޔާންކޮށްދެއްވާފައެވެ.


”قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ

”ހަމަކަށަވަރުން ވެސް އިބްރާހީމް (عليه السلام) އާއި އެކަލޭގެފާނުގެ އަރިހުގައިވީ މީހުންގެ ކިބައިގައި ތިޔަބައިމީހުންނަށްޓަކައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. އެއީ އެބައިމީހުންގެ ޤައުމުގެ މީހުންނާ މުޚާތަބުކޮށް މިހެން ދެންނެވި ހިނދުގައެވެ. ތިމަންމެންވަނީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ﷲ ފިޔަވައި އަޅުކަންކުރަން ގެންގުޅޭ ފަރާތްތަކުން ބަރީއަވެގެންނެވެ. އަދި ތިމަންމެން ތިޔަބައިމީހުންނަށް ކާފަރުވެސް ވަމެވެ. އަދި ތިމަންމެންނާއި ތިޔަބައިމީހުންނާއި ދެމެދުގައި އަބަދުގެ އަބަދަށް ޢަދާވާތްތެރިކަމާއި ރުޅިވެރިކަންވެސްވަނީ އުފެދިފައެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އެކަނި އަޅުކަން ކޮށްފުމަށް ދާންދެނެވެ.“


މޫސާ (عليه السلام) ގެ ގާތުގައިވީ މުވައްޙިދުންނަށް ޠާޣޫތުން ހެދިގޮތް ހިތަށް އަރުވާލާށެވެ.


”فَلأقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلافٍ وَلأصَلِّبَنَّكُمْ فِي جُذُوعِ النَّخْلِ وَلَتَعْلَمُنَّ أَيُّنَا أَشَدُّ عَذَابًا وَأَبْقَى“

”ތިމަން ތިޔަބައިމީހުންގެ އަތްތަކާއި، ފައިތަށް ޚިލާފުވާ ގޮތުގެމަތީން ބުރިކޮށް އަދި ތިޔަބައިމީހުންގެ އެންމެން ކަދުރު ރުކުގައި ޞަލީބަށް އަރުވާނަމެވެ. ތިމަންމެން ތެރެއިން ގަދަފަދަ، އަދި ދެމިހުރުންބޮޑު ޢަޛާބެއް ދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުއްޓެވެ.“


ﷲ ތަޢާލާގެ އަޅުތަކުންނޭވެ! އަދި ތިޔަބައިމީހުންގެ ކުރީން ދިޔަ ސަލަފުއް ޞާލިޙުން އެޠާގޫތުންނަށް ޖަވާބުދެއްވި ފަދައިން ޖަވާބު ދެއްވާށެވެ.


”لا ضَيْرَ إِنَّا إِلَى رَبِّنَا مُنْقَلِبُونَ “

”ގެއްލުމެއް ނެތެވެ. އަހަރެމެން ދާނީ އަހަރެމެން ހައްދަވާ ބޮޑުކުރެއްވި އިލާހުގެ ހަޟްރަތަށެވެ.“


އަދި ތިޔަބައިމީހުންނަށް ވަނީ ތިޔަބައިމީހުންގެ ކުރީންދިޔަ ސަލަފުއްޞާލިޙުން ޖަވާބުދެއްވި ފަދައިން ޖަވާބުދިނުމަށް ތައްޔާރުވެގެން ތިބުމެވެ.

”قَالُوا لَنْ نُؤْثِرَكَ عَلَى مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا فَاقْضِ مَا أَنْتَ قَاضٍ إِنَّمَا تَقْضِي هَذِهِ الْحَيَاةَ الدُّنْيَا (*) إِنَّا آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا “

”އެބައިމީހުން (އީމާންވި ސިހުރުވެރީން) ބުންޏެވެ. ބަޔާންވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި އިލާހަށްވުރެ މައްޗަކަށް ތިމަންމެން ތިބާއަކަށް އިސްކަމެއް ނުދޭނަމެވެ. ފަހެ ކަލޭ ކަނޑައަޅާނެގޮތަކަށް ޙުކުމް ތިމަންމެންނާއި މެދު ކަނޑައަޅާށެވެ. އެކަމަކު ކަލެޔަށް ޙުކުމްކޮށް ކަނޑައެޅޭނީ މިދުނިޔޭގައި އެކަންޏެވެ. ހަމަކަށަވަރުން ތިމަންމެން ހެއްދެވި އިލާހުގެ ހަޟްރަތަށް އީމާންވެއްޖައީމެވެ. އެއީ އެއިލާހުގެ ހަޟްރަތުން ތިމަންމެންގެ ކުށްތަކާއި މެދު ތިމަންމެންނަށް ފާފަފުއްސެވުމަށްޓަކައެވެ.“


އަދި ތަޢުޙީދުގެ އަހުލުވެރީންނާއި، ޠާޣޫތުންގެ އަހުލުވެރިންނާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.


”إِنَّهُ مَنْ يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لا يَمُوتُ فِيهَا وَلا يَحْيَا (*) وَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَئِكَ لَهُمُ الدَّرَجَاتُ الْعُلَى (*) جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الأنْهَارُ خَالِدِينَ فِيهَا وَذَلِكَ جَزَاءُ مَنْ تَزَكَّى“

”އެއިލާހުގެ ހަޟްރަތަށް މުޖުރިމެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ހުރީ ނަރަކައެވެ. އެތަނުގައި އެމީހުން މަރެއްވެސް ނުވާނެއެވެ. ނުވެސް ދިރޭނެއެވެ. އެއިލާހުގެ ހަޟްރަތަށް މުއުމިނެއްގެ ގޮތުގައި ރަނގަޅު ޢަމަލުތައް ކޮށްގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ، އެބައިމީހުންނަށްޓަކައި ސުވަރުގޭގެ މަތިވެރި ދަރަޖަތައްވާ މީހުންނެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރި ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެތާނގައި، އެބައިމީހުން ދެމިތިބޭނެއެވެ. އެއީ ފާފަތަކުން ޠާހިރުވެގަތް މީހުންނަށްހުރި ހެޔޮ ޖަޒާއެވެ.“


އަދި މަތިވެރިވެގެންވާ ދީނާއި އިދިކޮޅަށް އިދިކޮޅު ހަދާމީހުންނަށް އެންގުމަށް، ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ:


”قُلْ لَنْ يُصِيبَنَا إِلا مَا كَتَبَ اللَّهُ لَنَا هُوَ مَوْلانَا وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ (*) قُلْ هَلْ تَرَبَّصُونَ بِنَا إِلا إِحْدَى الْحُسْنَيَيْنِ وَنَحْنُ نَتَرَبَّصُ بِكُمْ أَنْ يُصِيبَكُمُ اللَّهُ بِعَذَابٍ مِنْ عِنْدِهِ أَوْ بِأَيْدِينَا فَتَرَبَّصُوا إِنَّا مَعَكُمْ مُتَرَبِّصُونَ“

”ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮދެގޮތުން އެއްގޮތަށް ނޫނީ، އަހަރެމެންނާއި މެދު ތިޔަބައިމީހުން އިންތިޒާރު ކުރަމުހެއްޔެވެ؟ (އެދެގޮތަކީ ޝަހީދުވުން ނުވަތަ ނަޞްރުލިބުމެވެ.) ތިމަންމެން ތިޔަބައިމީހުންނާއި މެދު އިންތިޒާރުކޮށްކޮށް މިތިބެނީ ތިމަންމެންގެ އަތްމަތީން ނުވަތަ އެއިލާހުގެ ހަޟްރަތުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ޢަޛާބެއް ކުރިމަތި ކުރައްވާ ޖައްސަވައިފާނޭ ކަމަށެވެ. ފަހެ ތިޔަބައިމީހުން އިންތިޒާރުކޮށްގެން ތިބޭށެވެ. ތިމަންމެންނަކީވެސް ތިޔަބައިމީހުންނާއި އެކުގައި އިންތިޒާރުކުރާ ބަޔަކީމެވެ.“


މިއްލަތު އިބްރާހީމްއަކީ މިއެވެ. ވީމާ މިމަގުގައި ތެދުވާނީ ކޮންބައެއްތޯއެވެ؟


އަދި ރަސޫލު ﷲ(صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ. ”ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބައެއްވެއެވެ. އެބައިމީހުން ﷲ ތަޢާލާގެ އަމުރުފުޅަށް ހަނގުރާމަކޮށް، ޢަދުއްވުންތައް ބަލިކުރާނެއެވެ. އަދި ޢަދާވާތްތެރީންގެ ފަރާތުން އެބައިމީހުންނަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި ޤިޔާމަތާއި ހަމައަށް އެބައިމީހުންވާހުށީ އެފަދައިންނެވެ.“

ވީމާ


”سَلامٌ عَلَى إِبْرَاهِيمَ “

”އިބްރާހީމް (عليه السلام) މައްޗަށް ސަލާމް ހުއްޓެވެ.“

**** ނިމުނީ ****

އަޞްލު: އައްދަލާއިލް ފީ ޙުކުމް މުވާލާތު އަލް-އަހްލުލް އިޝްރާކް ގެ ދިވެހި ތަރުޖަމާއިން ނެގި އިޞްލާހު ކުރެވިފައި.

10 ފެބްރުއަރީ 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page