top of page
Featured Posts
ކްލިކް4އިސްލާމް

މިއްލަތު އިބްރާހީމްގައި އެޅިފައިވާ ހުރަސްތައް (2)



ަދި މިމަގުގައި ހިނގާފައިވާ ރަސޫލުންނާއި ނަބީބޭކަލުންނަށް ޖެހިވަޑައިގަތް ހާލަތު ބައްލަވާށެވެ. ”أُفٍّ لَكُمْ وَلِمَا تَعْبُدُونَ مِنْ دُونِ اللَّهِ أَفَلا تَعْقِلُونَ (*) قَالُوا حَرِّقُوهُ وَانْصُرُوا آلِهَتَكُمْ إِنْ كُنْتُمْ فَاعِلِينََ“ ”ތިޔަބައިމީހުންގެ ހުރި ނުބައިކަމެއްގެ ބޮޑުކަމާއިއެވެ! އަދި ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ފަރާތްތަކުގެވެސް ހުރި ނުބައިކަމާއެވެ! ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދާލާށެވެ. އަދި ތިޔަބައިމީހުންގެ އިލާހުންތަކަށް ނަޞްރުދޭށެވެ.“َ


”قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ َ“

”އެބައިމީހުން ބުންޏެވެ. އެކަލޭގެފާނަށްޓަކައި، ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮއްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެއަށް އެކަލޭގެފާނު އެއްލާށެވެ.“َ

”فَمَا كَانَ جَوَابَ قَوْمِهِ إِلا أَنْ قَالُوا اقْتُلُوهُ أَوْ حَرِّقُوهُ“

”ފަހެ އެކަލޭގެފާނުގެ (އެބަހީ އިބްރާހީމްގެފާނުގެ) ޤައުމުގެ މީހުންގެ ޖަވާބު ކަމުގައިވާ އެބައިމީހުންގެ މިބުނުން ނޫނީ ނުވެއެވެ. ތިޔަބައިމީހުން އެކަލޭގެފާނު ޤަތުލް ކޮއްލާށެވެ! ނުވަތަ އަންދާލާށެވެ!“


މިކަންތައްތައް އައިސްފައިވަނީ ހަމައެކަނި ޙަނީފިއްޔާ އަށް ތަބަޢުވުމުގެ ސަބަބުންނެވެ. ޝެއިޚް މުޙައްމަދު ބިން ޢަބްދިލްލަޠީފް އިބްނު ޢަބްދުއްރަޙްމާން (رحمه الله) ވިދާޅުވެލައްވާފައިވެއެވެ. ”ހަމައެކަނި ނަމާދުކޮށް، ޤުރުއާން ކިޔަވާ، ސުންނަތްތައް އަދާކުރާނަމަ، އެއީ ދީން ފާޅުކުރުމޭ ބުނާ ޖާހިލުމީހާއާއި އިދިކޮޅަށް ދީން ފާޅުކުރެއްވުމުގެ (އިޟްހާރުއްދީން) ގެ މާނާއަކީ މިއީއެވެ. އަދި އެޖާހިލުންގެ ބުނުންވަނީ ވަރަށް ވެސް ނުބައިވެގެންވާ ބުނުމެއްގެ ގޮތުގައެވެ. އެހެނީ މުޝްރިކުންނަށް ރުޅިވެރިކަމާއި، އެމީހުންގެ ކިބައިން ބަރީއަވާކަން ފާޅުކޮށްފިމީހަކު، އެކާފަރުންގަނޑުގެ ތެރޭގައި އެމީހަކު އުޅުމަކަށް އެބައިމީހުން ހުއްދައެއް ނުދޭނެއެވެ. އެބައިމީހުން ބަލާނީ އެމީހަކު ނެރެލެވޭތޯއެވެ. ނޫނީ ޤަތުލްކޮށްލެވޭތޯއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.“


”وَقَالَ الَّذِينَ كَفَرُوا لِرُسُلِهِمْ لَنُخْرِجَنَّكُمْ مِنْ أَرْضِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا

ކާފަރުވިމީހުން އެބައިމީހުންގެ ރަސޫލުންނަށް ބުންޏެވެ. ހަމަކަށަވަރުން، ތިމަންމެންގެ ބިމުން، ތިޔަބޭކަލުން ނެރެލާހުށީމެވެ. ނޫންނަމަ ތިޔަބޭކަލޫން ތިމަންމެންގެ ދީނަށް އެނބުރި އަންނާށެވެ.“


ރަސޫލާ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާއި (މުޝްރިކުން) ދެމެދު ރުޅިވެރިކަން އިތުރުވެގެންދިޔައީ ހަމައެކަނި، މުސްލިމުން، ކާފަރުންގެ އިލާހުންތައްކަމުގައި ބުނާ ފަރާތްތަކަށް އެއްޗެހި ގޮވާ، އެބައިމީހުންގެ ދީނަށް ހަޖޫ ޖަހާ، އެބައިމީހުންގެ ފިކުރަށް ފުރައްސާރަކުރުމުންނެވެ. ('އައްދުރަރުއްސަނިއްޔާ' 8/207 ގެ ޖިހާދާއި ބެހޭބައި ބައްލަވާ)


އަދި މިއްލަތު އިބްރާހީމަށް ތަބަޢުވީ މީހުންގެ ތެރެއިން ހޮހޮޅައިގެ އަހުލުވެރިން، އެކަކު އަނެކަކަށް ވިދާޅުވެލެވެއްވި ފަދައިންނެވެ.

”إِنَّهُمْ إِنْ يَظْهَرُوا عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِي مِلَّتِهِمْ وَلَنْ تُفْلِحُوا إِذًا أَبَدًا“

”ހަމަކަށަވަރުން، އެބައިމީހުންނަށް ތިޔަބައިމީހުންގެ ޚަބަރު އެނގިއްޖެނަމަ، ގަލުން ތަޅައި، ރަޖަމްކޮށްފާނެއެވެ. ނުވަތަ އެބައިމީހުންގެ ދީނަށް ތިޔަބައިމީހުންވައްދައިފާނެއެވެ. އެހެންވެއްޖެނަމަ، ތިޔަބައިމީހުންވާހުށީ ދުވަހަކުވެސް ފަލާޙާއި ކާމިޔާބު ނުލިބޭނެ މީހުންގެ ތެރޭގައެވެ.“


އަދި ކާފަރުންތައް ޝުޢައިބު (عليه السلام) އަށް ބުނެ އިންޒާރުކޮށްފައިވެއެވެ.

”لَنُخْرِجَنَّكَ يَا شُعَيْبُ وَالَّذِينَ آمَنُوا مَعَكَ مِنْ قَرْيَتِنَا أَوْ لَتَعُودُنَّ فِي مِلَّتِنَا قَالَ أَوَلَوْ كُنَّا كَارِهِينَ“

”އޭ ޝުޢައިބް އެވެ! ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނަށް އީމާންވެގެންތިބި މީހުން، ތިމަންމެންގެ ރަށުން ބޭރުކޮށްލައިފާހުށީމެވެ. ނުވަތަ ތިމަންމެންގެ ދީނަށް ކަލޭގެފާނު އެނބުރި އަންނާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން (އެކަމަށް) ނުރުހޭ ޙާލުގައި ވީނަމަވެސް (ތިޔަބައިމީހުންގެ ދީނަށް) ހެއްޔެވެ؟“


އެކަލޭގެފާނަށް އިންޒާރުދެމުންދިޔަ އެކާފަރުންތަކަށް، އެކަލޭގެފާނު ޖަވާބު ދެއްވެވި ގޮތް ނިކަން ބައްލަވާށެވެ. އެދި މިކަމުން އަޅުގަނޑުމެންގެ ހަނދާން އައު ވެގެންދަނީ ބިލާލު (رضي الله عنه) އަށް ޖެހިވަޑައިގަތް ހާލުކޮޅެވެ. ކުއްފާރުން އެކަލޭގެފާނަށް ތަފާތު އެކިގޮތްގޮތުން އަނިޔާތައް ދެމުން ގެންދިޔައެވެ. އެގޮތުން އެކަލޭގެފާނު ގެންގޮސް ޞަޙަރާގެ ގަދަ ހޫނުގައި ބާއްވާފައި އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑު ހިލަގަނޑެއް ކާފަރުންތައް އެރުވުމުންވެސް އެކަލޭގެފާނު ދިޔައީ ”އެކެއް. އެކެއް“ މިހެން ވިދާޅުވަމުންނެވެ. އަދި ކުއްފާރުން އެގޮތުގައި އަނިޔާދިނުމުގައި ދެމިތިއްބެވެ. ނަމަވެސް ބިލާލު (رضي الله عنه) ގެ ޖަވާބެއް ކަމުގައިވީ ހަމަ ޝުޢައިބު (عليه السلام) ވެސް ޖަވާބުފުޅެވެ. ”ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިބަހަށް ވުރެން ވެސް ކަލޭ ރުޅި އަންނާނޭ ބަހެއް ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވާނެ ނަމަ، މިވަގުތު ކިޔަމުން ގެންދާނީ އެބަހެކެވެ.“


ހަމަކަށަވަރުން، ހުރިހާ ޙުނަފާއިންގެ ވެސް މަގަކީ، މިމަގެވެ. (މިއްލަތު އިބްރާހީމް)


ޝެއިޚް މުޙައްމަދު ބިން އަޙްމަދު އަލްހަފާޒީ (رحمه الله) ވިދާޅުވެލައްވާފައިވެއެވެ. ”ރަސޫލުންކަން ލިބިވަޑައިގެންނެވުމާއި ހިޖުރައާއި ދެމެދު ރަސޫލާ އާއި ޞަޙާބީންތައް ތިއްބެވި ގޮތާއި، އެބޭކަލުންގެ ގޮވާލެއްވުމާއި، އެބޭކަލުން މަނާކުރެއްވި ކަންތައްތަކާއި މެދު ވިސްނާލައްވާށެވެ. ދިހަ އަހަރު ވަންދެން ޤުރުއާން ބާއްވާއްލެއްވެމުން ދިޔައެވެ. އަދި މީސްތަކުންގެ ތެރޭގައި ވަނީ އެއާޔަތްތައް ޤަބޫލުކުރި މީހުންނާއި ނުކުރާ މީހުންނެވެ. އަދި އެއަށްފަހުގައި ވަފާތެރިވެ އެއްބައިވަންތަވުމާއި، ބަރީއަވުން ބިނާވެގެންވަނީ އީމާންވުމާއި، އީމާންނުވުމުގެ މައްޗަށެވެ. އެބޭކަލުން މިފަދައިން ދިހަ އަހަރުވަންދެން އުޅުއްވިއެވެ. ރަސޫލު ﷲ (صلى الله عليه وسلم) އަށް ތަބަޢުވި ކޮންމެ މީހަކީ ކާމިޔާބު ލިބިގެންވާ މުވައްޙިދެކެވެ. އަދި އެކަލޭގެފާނަށް އިންކާރުކުރި ކޮންމެ މީހަކީ މަގުފުރެދި ހަލާކުވެފައިވާ މުޝްރިކެކެވެ. މިދިހަ އަހަރު ތެރޭގައި ނަމާދެއް އަދި ރޯދައެއް އަދި އެހެންވެސް އެފަދަ އަޅުކަމެއް ވާޖިބެއް ނުކުރައްވައެވެ. އަދި ޙައްދު ޤާއިމްކުރަންޖެހޭ ބޮޑެތި ފާފަތަކެއް ވެސް މަނާކުރައްވާފައެއް ވެސް ނުވެއެވެ. އެހެންނަމަވެސް ދެބައިމީހުންގެ (ތައުޙީދުގެ އަހުލުވެރިންނާއި ޝިރުކުގެ އަހުލުވެރިންގެ) ތެރެއިންވެސް، އެތައް ބައެއް މަރުވެގެންދިޔައެވެ. އެއްބަޔަކު ސުވަރުގެ ޙާޞިލު ކުރެއްވިއިރު، އަނެއްބައިމީހުންނަށް ވަނީ ނަރަކަ ޙައްޤުވެފައެވެ. ވީމާ، މިކަންތައްތަކާއި މެދު ރަނގަޅަށް ވިސްނައިލައިފި ނަމަ، ތިޔަ އަޅުންނަށް މިކަމުގައިވާ ބަޔާންވަނިވި ފައިދާ ފެނިގެންދާނެއެވެ.“


**** ނުނިމޭ ****

އަޞްލު: އައްދަލާއިލް ފީ ޙުކުމް މުވާލާތު އަލް-އަހްލުލް އިޝްރާކް ގެ ދިވެހި ތަރުޖަމާއިން ނެގި އިޞްލާހު ކުރެވިފައި.

17 ޖެނުއަރީ 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page