މިއްލަތު އިބްރާހީމްގައި އެޅިފައިވާ ހުރަސްތައް (1)
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ބައެއް ފަހަރު ތިޔަބައިމީހުން ކަމަކަށް ނުވަތަ އެއްޗަކަށް ނުރުހުންތެރި ވެދާނެއެވެ. އަދި އެކަމެއް ނުވަތަ އެއްޗެއްގައި ﷲ ތަޢާލާ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެއެވެ.[...؟]
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ.
أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لا يُفْتَنُونَ (*)وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ
މީސްތަކުން ތިމަންމެން އީމާން ވެއްޖައީމޭ ބުނުމުން، އެބައިމީހުން އިމްތިހާނު ނުކުރައްވާ ދޫކޮށްލައްވާނޭކަމަށް ހީކުރަނީހެއްޔެވެ؟ އަދި ހަމަކަށަވަރުން، އެބައިމީހުންގެ ކުރީގެ މީހުން، ތިމަންއިލާހު އިމްތިހާނު ކުރެއްވީމެވެ. ފަހެ އީމާންކަމުގައި ތެދުވެރިވީމީހުންނާއި ދޮގުވެރީން ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެއެވެ. [...؟]
ޝެއިޚް އަބޫ މޫޙައްމަދު އަލްމަޤްދިސީ (حفظه الله) ވިދާޅުވެލައްވާފައިވެއެވެ.
'ދަންނާށެވެ! ﷲ ތަޢާލާ އަޅުގަނޑުމެންނާއި ތިޔަބައިމީހުން އެއިލާހުގެ ތެދުމަގުގެ މަތީގައި ޡާބިތުކޮށްދެއްވާށިއެވެ. އެއިލާހަށްޓަކައި ބަރީއަވުމާއި އެއިލާހަށްޓަކައި ވަފާތެރިވެ އެހީތެރިކަން ބޭއްވުމާއި، ކާފަރުންނާއި އެބައިމީހުންގެ އިލާހުންތައް ކަމުގައި ބުނާ ފަރާތްކުގެ ކިބައިން ބަރީއަވާން ޖެހޭކަން އަންގާ އެންގުމާއި، އިޢުލާންތަކުގެ މަތީގައި، 'މިއްލަތު އިބްރާހީމު' ގެމަތީގައި ޡާބިތުވުމަށްޓަކައި އެތައް ބުރަތަކާއި ދަތިތަކެއް އުފުލަންޖެހެއެވެ.."
ވީމާ މިމަގަކީ މާމަލުންނާއި ރީތިކަމަމުން ޗާލުކުރެވިފައިވާ މަގެއްކަމުގައި ދެކިގެން ނުވާނެއެވެ. އަދި މިމަގަކީ އެމަގެއް ވަށައިގެން ހަމަޖެހުމާއި އަމާންކަން ވާ މަގެއްކަމުގައިވެސް ދެކިގެން ނުވާނެއެވެ. އެހެނަސް، ﷲ ތަޢާލާ ގަންދީ ބުނަމެވެ. މިމަގަކީ އެމަގު ވަށައިގެން ނުރައްކަލާއި ފިތުނަތައްވާ(އިމްތިހާނުތައް) މަގެކެވެ. ނަމަވެސް ނިމުންވަނީ ގޮމަކަސްތޫރީގައެވެ. ހެޔޮވެގެންވާ ނިޢްމަތެއްގައެވެ. މީރުވަސްދުވާ ބަގީޗަ ތަކުގައެވެ. އަދި ކޯފާވުމެއްނުވާ ރައްބެއްގެ ހަޟްރަތަށެވެ.
އަދި އެއްވެސް ހާލެއްގައި އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް އިމްތިހާނުތަކުގެ ތެރެއަށް އެއްލާލާކަށް ބޭނުމެއް ނޫނެވެ. އެހެނަސް އިމްތިހާނުކުރެއްވުމަކީ ﷲ ތަޢާލާގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އެކަމުގެ ސަބަބުން ރަނގަޅާއި ނުބައި އެއިލާހު ވަކިކުރައްވައެވެ. އަދި އެމަގަކީ ވެރީންނާއި އަމިއްލަ އެދުމުގެ އަހުލުވެރީން، އެމަގަކަށް ނުރުހޭނެ މަގެވެ. އެހެނީ އެމަގަކީ އެބައިމީހުން އެތިބަ ހާލަތްތަކާއި ސީދާ ނުބައްދަލު މަގެކެވެ. އަދި އެމަގަކީ ޝިރުކާއި ޝިރުކުގެ އަހުލުވެރީންގެ ކިބައިން ސާފުކޮށް ބަރީއަވުމަށް ގޮވާލާ މަގެކެވެ. އަދި މިމަގާއި ޚިލާފުވެގެންވާ މީހުންތައް ފެނިގެންދާނީ އަމިއްލަ އެދުމާއި، އަރާމު ދިރިއުޅުންތަކާއި، މިދުނިޔެ ހޯދުމުގައި ޝާމިލުވެގެން އުޅޭތަނެވެ. އަދި މިއިމްތިހާނުތަކުގެ އެއްވެސް އަޡަރެއް އެބައިމީހުންގެ ކިބައަކުން ނުފެންނާނެއެވެ. އެހެނީ މީސްތަކުން އިމްތިހާން ކުރެއްވެނީ އެބައިމީހުން ދީނުގެ މަތީގައި ޡާބިތުވާ މިންވަރަކުންނެވެ. އެގޮތުން އެންމެ ބޮޑަށް އިމްތިހާނު ކުރެވުނު ބަޔަކީ ރަސޫލުންނާއި ނަބީބޭކަލުންނެވެ. އަދި އެއަށްފަހު އެއާއި ޖެހިވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އަދި އެއަށްފަހު އެއާއި ޖެހިވަޑއިގެން ތިއްބެވި ބޭކަލުންނެވެ. [...؟]
އަދި މިއްލަތު އިބްރާހީމަށް ތަބަޢުވާ މީހުންނަކީ އެންމެ ވަރުގަދައަށް އިމްތިހާނު ކުރެވޭނެ މީހުން ކަމުގައި ވެއެވެ. އެހެނީ އެބައިމީހުންނަކީ ﷲ ތަޢާލާގެ މަގުގައި ދަޢްވަތު ދިނުމުގައި، ނަބިއްޔުން ދެއްކެވި އުޞޫލްތަކަށް ތަބަޢުވާ ބަޔަކަށް ވީތީއެވެ. އެގޮތުން ވަރަޤާ ބިން ނައުފަލު [...؟]ރަސޫލާ (صلى الله عليه وسلم) އަށް ބުންޏެވެ: "ޢަދާވާތްތެރިއެއްގެ ގޮތުގައި އެމީހަކާއި ދޭތެރޭ ނުދެކުނު އެއްވެސް މީހެއް، ކަލޭގެފާނު ތިގެންނެވިފަދަ އެއްޗަކާއި ގެން ދުވަހަކުވެސް ވަޑައިގެންފައެއް ނުވެއެވެ." އެހެންކަމުން ތިޔަބައިމީހުންނަށް މިޒަމާނުގައި، އެމީހަކީ ރަސޫލާ (صلى الله عليه وسلم) ގެ ދަޢްވަތު ކުރިއަށް ގެންދާ މީހެއްކަމަށާއި، އޭނައަކީ ނަބިއްޔުންގެ ޢަޤީދާގައި ހުރިމީހެއް ކަމުގައި ބުނެފި ނަމަވެސް އެމީހަކީ ބާޠިލުގެ އަހުލުވެރީންގެ ގާތުގައި ޢަދާވާތްތެރިއެއް ނޫންނަމަ އަދި ބާޠިލުގެ އަހުލުވެރީންގެ މެދުތެރޭގައި، އެކަމާއި މެދު ހިތްހަމަޖެހިފައިވާ މީހެއް ކަމުގައިވާނަމަ އެމީހަކީ އެމީހެއްގެ ހާލަތު ބަލަންޖެހިފައިވާ މީހެކެވެ. އޭނައަކީ ޙައްޤުމަގުން އެއްކިބާވެގެން ހުރި މީހެއްކަމުގައިވެދާނެއެވެ. އެމީހަކީ ރަސޫލާ (صلى الله عليه وسلم) ވަޑައިގެންފައިވާ ދަޢްވަތާއިގެން އައި މީހެއް ނޫނެވެ.[...؟] ނޫނީ އެމީހަކީ އެމީހާގެ ބަހުގައި ދޮގުހަދާ އެމީހާ ލުމަށްޓަކައި ޙައްޤު ނޫން ހެދުމެއް ލައިގެން ހުރި މީހެކެވެ. އަދި އެމީހަކު އެކަން ކުރަނީ އެމީހެއްގެ އަމިއްލަ އެދުމުގެ މަތީންކަމަށް ވެދާނެއެވެ. ނޫންނަމަ ބަޔަކު ރުއްސުމަށްޓަކައި[...؟] ކަމުގައިވެސް ވެދާނެއެވެ. މިޡާލަކަށް ވެރިޔާ ރުއްސާފައި، ދީނުގެ އަހުލުވެރިންގެ މައްޗަށްވާ ޖާސޫސަކަށްވެ، ބޮޑު މުސާރައެއް ހޯދުން ކަމުގައި ވެދާނެއެވެ.
އާނއެކެވެ. މިއްލަތު އިބްރާހީމަކީ އެމީހަކަށް ވަރަށްވެސް ބޮޑެތި މަސްޢޫލިއްޔަތުތަކެއް އުފުލަންޖެހޭ މަގެކެވެ. އެހެނަސް އެކަންތައްތައް ގުޅިފައިވަނީ ﷲ ތަޢާލާގެ ފަރާތުން ލިވެނިވި ކާމިޔާބާއި، އެއިލާހުގެ ފަރާތުންވާ މަތިވެރި ދަރަޖަތަކާއިއެވެ.(އަލް-ފައުޒު އަލް-ކަބީރް) އަދި އެއާއި އެކު މީސްތަކުން ދެބަޔަކަށް ބެހިގެންދެއެވެ. އެއްބަޔަކީ އީމާނުގެ އަހުލުވެރިންނެވެ. އަނެއްބަޔަކީ ކުފުރާއި ނުކިޔަމަންތެރިކަމާއި ފިސްޤުގެ އަހުލުވެރީންނެވެ. އަދި އެކަމުގެ ތެރެއިން އައް-ރަޙްމާންގެ އައުލިޔާއިންނާއި ޝައިޠާނާގެ އައުލިޔާއިން ފާޅުވެގެން ދެއެވެ. ނަބިއްޔުންނާއި ރަސޫލުންގެ ދަޢްވަތު ވަނީ އެފަދައިންނެވެ.
މިއަދު އަޅުގަނޑުމެން މިއުޅޭފަދަ ފިތުނަވެރި ހާލަކަށް އެބައިމީހުން ވެއްޓިފައެއް ނުވެއެވެ. އަޅުގަނޑުމެންނަށް މިކަންތައް ތަހައްމަލުކުރަން ޖެހިފައިމިވަނީ ރަނގަޅު މީހުންނާއި ނުބައިމީހުން އެކުވުމުންނެވެ. ތުނބުޅިލީ މީހުންނާއި ފާސިޤުންނާއި ފާޖިރުންނާއި އެއްވުމުންނެވެ. ނުވަތަ ތަޤްވާގެ އަހުލުވެރީންނަށްވުރެން އެފަދަ ފާފައިގެ އަހުލުވެރީން ގާތްކޮށް މަތިވެރި ކުރެވިފައިވާތީއެވެ. އަދި އެބައިމީހުންނަކީ އެކިގޮތްގޮތުން ދީނަށް ޢަދާވާތްތެރިކަން ދައްކާ ބަޔަކަށް ވިޔަސް އަޅުގަނޑުމެންނަށް ހެޔޮވެފައިވީމައެވެ. އެހެނަސް ރަސޫލުންނާއި ނަބީބޭކަލުންގެ ދަޢްވަތު ވަރަށްވެސް ސާފެވެ. ދީނުގެ ޢަދާވާތްތެރިންގެ ކިބައިން އެއްކޮށް ބަރީއަވެގަތުމާއި، ﷲ ތަޢާލާގެ ޝަރީޢަތް ދޫކޮށްލި މީހުންގެ ކިބައިން ބަރީއަވުމާއި، އެބައިމީހުންގެ އިލާހުންތައް ކަމުގައިބުނާ ފަރާތްތަކާއި މެދު ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފާޅު ކުރުމުންނެވެ. އަދި ﷲގެ ޝަރީޢަތް ތަންފީޒު ކުރުމުގައި އެފަދަ މީހުންގެ މަޝްވަރާ އާއި އެމީހުންގެ ޚިޔާލު ހޯދުމެއް ނުބާއްވައެވެ.
ވީމާ ތިޔަބައިމީހުންނަށް މިއްލަތު އިބްރާހީމް ސާފުވުމަށްފަހު، އެއީ ރަސޫލުންނާއި ނަބީބޭކަލުންގެ ދަޢްވަތުކަމަށް ޤަބޫލުކޮށްފި މީހަކު، ދެދުނިޔޭގެ ބާއްޖަވެރިކަމާއި ފަލާޙް ލިބިގެންފިއެވެ. އަދި އެއަށްފަހު ތިޔަބައިމީހުން ފުރިހަމަ ޔަޤީންކުރުމުގެ ޢިލްމަކުން ދެނެގަންނަށް ޖެހޭނެ އަނެއް ކަމަކީ، އެއްވެސް ޒަމާނެއްގައި ތިޔަބައިމީހުންގެ ޢަދުއްވުން، ތިޔަބައިމީހުން އެމަގުގެ(މިއްލަތު އިބްރާހީމް) މަތީގައި ތިބުމަކަށް އެއްވެސް ގޮތަކަށް ނުރުހޭނެއެވެ. އަދި ކިއެއްތަ އެބައިމީހުންވަނީ މި މިއްލަތަށް ބިރުންނެވެ. އަދި އެބައިމީހުން މި މިއްލަތަށް ގޮވާމީހުންތައް ފުހެލާ ނެތިކޮށްލުމަށް އެކިއެކިގޮތްގޮތުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.[...؟] އެހެނީ މީގެ އެތައްޒަމާނެއް ކުރީން، މައްކީ ދައުރުގައި ވެސް އެކަން އެގޮތުގައި އޮތްކަން ބަޔާން ކުރައްވާ ﷲތަޢާލާ ވަނީ އަހަރެމެންނަށް އެކަން އަންގަވާފައެވެ.
وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ
އެމީހުން އެދެނީ ކަލޭގެފާނު އެމީހުންގެ ފަރާތުން ލެނބި، އަދި އެމީހުން ކަލޭގެފާނާއި ގާތްވެގަތުމަށެވެ.[...؟]
ވީމާ އެބައިމީހުންގެ އެދުމަކީ މިއްލަތު އިބްރާހީމަށް ގޮވާ ދަޢުވަތުދޭ މީހުން، އެމަގަށް ނުގޮވާ ކޮންމެވެސް އެހެން ތާކުންތާކު ނުޖެހޭ މަގަކަށް ގޮވުމެވެ.[...؟]
ހަމަކަށަވަރުންވެސް މިދުނިޔޭގައި މިމަގު ޒީނަތްތެރި ކުރެވިފައިވަނީ، މުޞީބާތްތަކާއި، އަލިފާނާއި، އަނިޔާއާއި، ހިޖުރައާއި، ހަނގުރާމައާއި، ބަންދުވުމާއި، ޝަހީދުވުންފަދަ ކަންތައްތަކުންނެވެ. އަދި އާޚިރަތުގައި ވަނީ، އެންމެ މަތިވެރިވަންތަ ﷲ ތަޢާލާގެ ވަޖުހަފުޅު ދެއްކެވުމާއި، ރަސޫލުންނާއި ބައްދަލު ވެވުމާއި، ޞާޙާބީންނާއި ބައްދަލު ވެވުމުންނެވެ.
**** ނުނިމޭ ****
އަޞްލު: އައްދަލާއިލް ފީ ޙުކުމް މުވާލާތު އަލް-އަހްލުލް އިޝްރާކް ގެ ދިވެހި ތަރުޖަމާއިން ނެގި އިޞްލާހު ކުރެވިފައި.
12 ޖެނުއަރީ 2010 -
www.click4islam.com