top of page
Featured Posts

މައިކަލް ޖެކްޝަނާއި ބެހޭގޮތުން



ޝައިޚް ޞާލިޙް އަލް-މުނައްޖިދުއަށް ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން, މައިކަލް ޖެކްޝަން މަރުވުމާއި އެކަމުން މުސްލިމުން ލިބިގަންނަންވީ ފިލާވަޅުތަކުގެ ވާހަކަ ބަޔާންކޮށްދިނެވެ. ޝައިޚް ވިދާޅުވަނީ ޙަޤީޤަތުގައި ކަންއޮތްގޮތުގެ ވާހަކައެވެ. އަދި ގިނަ މުސްލިމުންނެއް ޖެކްޝަން މަރުވުމުން އެކަމާއި ހިތާމަފާޅުކޮށް އޭނައަށް އިޙްތިރާމު އަދާކުރާކަންވަނީ ދައްކާފައެވެ. އެއީ, އޭނަ އިސްލާމްވީ ކަމުގެ އެއްވެސް ސާފު ޘާބިތު ދަލީލެއް ނެތް އިރުވެސް, އަދި އޭނަ ފާފަވެރިއެއްގޮތުގަ މަރުވިކަން އެނގޭއިރުވެސް މެއެވެ. މިފަތުވާއަކީ ޝައިޚް ފަތިސް ނަމާދުކޮށް ނިމުނު ވަގުތު އެހި ސުވާލަކަށް, ކުރުގޮތަކަށް ދީފައިވާ ފަތުވާއެކެވެ.


ސުވާލު:


السلام عليكم , ލަވަކިޔުން ތެރިޔާ މައިކަލް ޖެކްޝަން މަރުވުމަށް ފަހު, ބައެއް މުސްލިމުން ބުނަމުންދާ ބުނަމާއިމެދު އަހަރެން ވަރަށް ހިތާމަކުރަމެވެ. ﷲގެ ރަޙްމަތް އޭނަގެ މައްޗަށް ލެއްވުމަށްއެދި ބައެއް މީހުން ދުޢާކުރެއެވެ.


ޖަވާބު:


وعليكم السلام ورحمة الله وبركاته. އާނ! ބައްލަވާ! މިއީ ﷲ އެއިލާހުގެ އަޅުތަކުން އިމްތިޙާނު ކުރައްވަވާ ގޮތްތަކުގެ ތެރެއިން ގޮތެއް. މައިކަލް ޖެކްޝަންގެ މަރަކީ މީސްތަކުންނަށްވާ އިމްތިޙާނެއް. އިމްތިޙާނެއް. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ސުލައިމާނުވެސް އިމްތިޙާނު ކުރެއްވީމުއެވެ”


އަހަރެމެން އިމްތިޙާނު ނުކުރެވެން, އެކަލޭގެފާނަށް ވުރެ އަހަރެމެން މަތިވެރިވަނީ ހެއްޔެވެ؟ ﷲ, ނަބިއްޔުން އިމްތިޙާނު ކުރެއްވިއިރު, ޢާއްމު މީހުން އިމްތިޙާނު ނުކުރައްވާނެ ހެއްޔެވެ؟ އެހެންކަމުން... އިމްތިޙާނަކީ ކޮބައިތޯ؟ މިއީ އިމްތިޙާނަކީ... “އެއިލާހު ބައްލަވާވޮޑިގެންވާނެ އެމީހުން ކުރާނެ ކަންތައްތައް” އެމީހުން ބުނާނެ އެއްޗެހި.


މި މީހާ... އިސްލާމްދީން ޤަބޫލުކުރިކަމަށް ބުނެވޭ... އަދި އޭނާގެ ބޭބެވެސް އިސްލާމްދީން ޤަބޫލުކުރިކަމަށް ބުނެވޭ... އަދި އޭނަ އަނެކާއަށް އިސްލާމްދީނަށް ދަޢުވަތު ދިންކަމަށް ބުނެވޭ... އެގޮތުން އޭނަ ޤަބޫލުކުރީކަމަށް... އަދި އޭނަ ބަޙްރައިނަށް ދިރިއުޅެން ދާން އުޅުނުކަމަށް.. އަދި އެތަނަށް ދިޔަކަމަށްވެސް ބުނެވޭ...


އެކަމަކު, މިއިން އެއްވެސް ކަމެއް ޔަޤީންވިތަ؟ އާނ! ތެދެއް މިކަހަލަ ވާހަކަތަކެއް ފެތުރުނު.. ވަރަށް ވަރުގަދަ ވާހަކަތަކެއްތަ؟ އާނ! މިވާހަކަތަކުގެ ރިވާޔަތްތައް އެބަހުރިތަ؟ އާނ! މިގޮތުގައި މިކަން މިހަންވި. އެކަމަކު, މިކަން ޔަޤީންކުރެވުނުތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. ޙަޤީޤަތުގައިވެސް މިމީހާ އިސްލާމްދީން ޤަބޫލުކުރިތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނަ އިސްލާމްދީން ޤަބޫލުކުރިފަހުން މުސްލިމެއްގެ ގޮތުގައި ހުރިތަ؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނާގެ އިސްލާމްދީން ޤަބޫލުކުރި ބޭބެ, އޭނާއަކީ ސުންނީ މުސްލިމެއްތަ؟ ނޫނީ އޭނަ ޤަބޫލުކުރީ އަހްބާޝް, ގާދިއާނީ ނޫނީ...؟ ﷲ މޮޅަށް ދެނެވޮޑިގެންވަނީ.


މިކަމަކީ މިކަންހުރި ބައެއްމީހުން... އަހަރެން މާނަމިކުރާ ބައެއްމީހުން, މީހަކު އައިސް އޭނާ ގާތުގައި ބުނަނީ “ﷲ ގަންދީބުނަމޭ އޭނަ އިސްލާމް ވެއްޖެޔޭ!”... ކަލޭ އޭނަ ޝަހާދަތް ކީއަޑު އެހިންތަ؟ ކަލޭ އަމިއްލައަށް އޭނަ ޝަހާދަތް ކީއަޑު އެހިންތަަ؟ އޭނަ (ޝަހާދަތް ކީއަޑު އެހި) އެހެން މީހެއްގެ ގާތުންތަ ކަލެއަށް އިވުނީ؟ އޭނަ ޝަހާދަތް ކިޔަނިކޮށް އަޑުއެހި ކަލޭ އިތުބާރުކުރާ މީހެއް އެބަހުރިތަ؟ “ނޫން”... ﷲ މޮޅަށް ދެނެވޮޑިގެންވަނީ.


އަހަރެމެންނަށް މި މައުޟޫޢުގެ ތެރެއަށް ވަދެއެއް ނުގަނެވޭނެ. އެކަމަކު... ފާޅުކޮށް އެނގެނީ ކޮންކަމެއް؟ ކޮންކަމެއް ފާޅުކޮށް އެނގެންއޮތީ؟ އެމީހާ މަރުވެގެން ދިޔައީ ޞަރީޚަ ފާފައެއްގެ ތެރޭގައިކަން. އެންމެ ކުޑަމިނުން, އޭނަ މަރުވީ ފާފަވެރިއެއްގެ ގޮތުގައިކަން. އެއީ އިޖުމާޢުއިން ނުނީ އެތައް އެތައް ޚަބަރުތަކެއް ބުނާގޮތުން, އޭނާވަނީ އޭގެ އަގު ގާތްގަނޑަކަށް 80 މިލިއަން ޑަލަރަށް އަރާ 100,000 އެއްހާ ޓިކެޓު, ލަންޑަނުގައި އޮތް އޭނާގެ ކޮންސެޓަށްޓަކައި ވިއްކާފަ... އެހެންކަމުން, އޭނާ ހުރީ ހަމަ ފާފަކުރާ ޙާލު. އެމީހުންބުނާގޮތުގައި ލަވަކިޔުމާއި ދުރުގައި އެތައް ދުވަހަކު އުޅެފައި އޭނާ ބޭނުންވީ އަލުން އެނބުރި އަންނަން. އަދި މިހާރު.. ﷲ މޮޅަށް ދެނެވޮޑިގެންވަނީ.


ޢާއްމުކޮށް އެނގޭ އެއްޗަކީ އޭނައަކީ ފާޅުގައި ފާފަކުރާމީހެއްކަން. އަދި އޭނާ މިފާފަ ކުރަމުންކަން ދިޔައީ. އޭނަ މިއުޒިކުން ތައުބާވިކަމެއް އަހަރެންނަކަށް ޔަޤީންވެފައެއް ނެތް. ނުވަތަ އޭނަ ހުއްޓާލިކަމެއް. ނުވަތަ އޭނަގެ ޢަމަލުތައް ރަނގަޅުކުރިކަމެއް. ﷲ ވަޙީކުރައްވަނީ... “ތައުބާވެ, ޢަމަލުތައް އިޞްލާޙުކޮށް, އަދި ބަޔާންކޮށްދޭ މީހުން...”


އޭނާ ތައުބާވިކަން ޔަޤީންކުރެވިފައިވޭތަ؟ ނޫން! މިކަން އަހަރެންނަކަށް ޔަޤީން ވެފައެއްނެތް. އޭގެ ބަދަލުގައި, ފާޅުވެ އެނގެން އޮތްކަމަކީ, އޭނާވަނީ އޭނާގެ ފާޅުކަންބޮޑު ފާފަކުރުމައިގެން ކުރިއަށް ގޮސްފައި.


އާނ! އެހެންވީމަ އޭނައަކީ ފާފަކުރާ މުސްލިމެއްތަ؟ މާނައަކީ އޭނަ އިސްލާމްދީން ޤަބޫލުކުރުމަށްފަހުވެސް ލަވަކިޔުމައިގެން ކުރިއަށް ދިޔައިއްޔޭ... އެހެނީ ލާރި, ލާރި, ލާރި... ފަހެ, ﷲ މޮޅަށް ދެނެވޮޑިގެންވަނީ.

އެހެންކަމުން, އެންމެ ކުޑަމިނުންވެސް ބުނެވޭނީ ފާޅުވެގެންވަނީ އޭނައަކީ ފާފަވެރިއެއްކަމޭ. ފާޅުވެ ސާފުކޮށް އެނގޭ ކަމަކީ އޭނާވަނީ އޭނާގެ މިއުޒިކުގެ ފާފައަށްޓަކައި ޓިކެޓުވިއްކުން ކުރިއަށް ގެންގޮސްފައޭ.


އެކަމަކު, ޢާއްމު އަޞްލަކީ ކޮބައިތޯ؟ ޢާއްމު އަޞްލަކީ އޭނާއަކީ ކާފަރެއްކަން. އޭނާގެ ކުފުރު ފާޅުވެގެންވަނީ. އިސްލާމްދީން ޤަބޫލުކުރިކަމަށް ޔަޤީންކުރެވިފައިވާ މީހެއްނަމަ, އެމީހެއްގެ މައްޗަށް ފާފަފުއްސަވާދެއްވުން އެދި އަދި ރަޙްމަތް ލެއްވެވުންއެދި އަހަރެމެންނަށް ދުޢާކުރެވިދާނެ. އެކަމަކު, ޔަޤީންކުރެވިފައި ނުވާ މީހުންނެއް އަހަރެމެން ނުވެސް ހިނަވާނަން, އަދި ކަފުނެއްވެސް ނުކުރާނަން, އަދި އޭނާއަށްޓަކައި ކަށުނަމާދެއްވެސް ނުކުރާނަން. އަދި އޭނާއަށް ފާފަފުއްސެވުން އެދި އަދި ރަޙްމަތް ލެއްވެވުން އެދި ދުޢާއެއްވެސް ނުކުރާނަން!


ބައެއް މީހުން ބުނެއުޅޭ އޭނާވަނީ, ﷲ އޭނާ ޚަލްޤުކުރެއްވެވިގޮތް ބަދަލުކޮށްފައޭ. އާނ! ވެދާނެ... ކުރިން ހިނގި ކަމެއް... މިސާލަކަށް, މީހަކު އެމީހެއްގެ ކުލަ ހުދު ކުލައަށް ބަދަލުކޮށްލަނީ, އޭނަ ތައުބާވުމުން, އަހަރެމެން ބުނާނަންތަ, “އަލުން އަނެއް ކުލައަށް ބަދަލުކުރާށޭ!” މިކަމަށްޓަކައި އޮޕަރޭޝަން ކުރަން ޖެހޭނެ, އަދި މައްސަލަތައް ޖެހޭނެ... އެނިމުނީ އެކަން. އޭނާ ތައުބާވެއްޖެނަމަ, ތައުބާވީ. ނިމުނީ. އަހަރެމެންވެސް ނިންމާލީ. އަހަރެމެން ނުބުނާނަން, “ކުރިން ހުރި ކުލައަށް ކަލޭގެ ކުލަ ބަދަލުކުރާށޭ” ނުވަތަ މިވެނި މިވެނި ކަމެއް ކުރާށޭ. އެނިމުނީ އެކަން.


އެހެންކަމުން, މައިކަލް ޖެކްޝަންގެ މަރަކީ އެހެންމީހުންނަށްވާ އިމްތިޙާނެއް. ބައެއް މީހުން އެބަހުރި ހޭނެތިގެން ވެއްޓިފަވެސް! މި ކުއްފާރުންގެ މައްސަލައަކީ, މީހަކު މަރުވެއްޖެނަމަ, އެމީހެއްގެ ލަވަތައް ނެރެން ފަށާނެ, އެއީ ޤަބުރުގައިވާ މައްޔިތާއަށް ލިބޭ ޢަޒާބު އިތުރުވެގެންދާނެ ކަމެއް. އެމީހުންނެއް ރަޙުމެއް ނުކުރޭ! އެމީހުން ހިތުން އެމީހުން އޭނައަށް ވަފާތެރިވަނީ. އޭނާގެ އަސަރާއި, ޚިޔާލާއި, ކޮށްފައިވާ ކަންކަން ފެތުރުމުގެ ސަބަބުން...


އެހެންކަމުން އަހަރެމެން ދެކޭގޮތަކީ ކޮބާ؟ އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ލަވަކިއުންތެރިއެއް މަރުވެއްޖެ. މިއީ ބަރަކާތެއް. އެމީހަކީ މީސްތަކުންނަށް ބޮޑު ފިތުނައެއް. އެމީހުން “ޕޮޕް ލަވައިގެ ރަސްގެފާނު”ގެ ނަމުން ގޮވާއުޅުނު މީހެއް. ޕޮޕް ލަވައިގެ ރަސްގެފާނު! އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ޕޮޕް ލަވައިގެ ރަސްގެފާނު މަރުވެއްޖެ. އަހަރެމެންނަށްވަނީ އުފާވެރި ޚަބަރު. އެއީ އޭނަ އިސްލާމްދީން ޤަބޫލުކުރުމަށްފަހު, ފާޅުކަންބޮޑު ފާފައެއްގަ މަރުކަމުގައިވީނަމަވެސް. މިފަދަ ފާފަވެރިއަކު މަރުވީތީ. އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. ޕޮޕް ލަވައިގެ ރަސްގެފާނު މަރުވެއްޖެ. ރަނގަޅު! ދުނިޔޭގެ މިޔުޒިކުގެ ލީޑަރުންގެ ތެރެއިން ލީޑަރެއް މަރުވެއްޖެ. އޭނަ ހަލާކުވެއްޖެ.

“އޭ މީސްތަކުންނޭ! މީނަ މަރުވެއްޖެ, އަދި އޭނަގެ އުމުރުން އެންމެ 50 އަހަރެ” މިހެން ބުނާ މީހުންނަށް ފިލާވަޅެއް މިއީ. އޭނަ ހަލާކުވެއްޖެ. އޭނަގެ މުދަލުން އޭނަައަށް ފައިދާއެއް ކުރިތަ؟ ނޫން! އޭނަގެ މިއުޒިކުން އެހީއެއް ވެވުނުތަ؟ ނޫން! އޭނަގެ މަޝްހޫރުކަމުން ފައިދާއެއް ލިބުނުތަ؟ ނޫން! މިހާރު އޭނަ ކޮބައިތަ؟ ލެބެއްގަ އޮތީ, މަރުވި ސަބަބުބަލާ ޓެސްޓުކުރަން ވައްދާފަ. އޮޓޮޕްސީ އެއް ހަދަނީ. އެއީ އޭނަ މަރުވި ސަބަބު އެމީހުން ހޯދުމަށްޓަކައި. އޭނަ މަރުވީ ޑްރަގު ނުވަތަ އެފަދަ އެއްޗަކުންތަ؟ ... ދެން މިހެން މިހެން އެކި ވާހަކަ... ﷲ މޮޅަށް ދެނެވޮޑިގެންވަނީ. އޭނައަށް ހާރޓް އެޓޭކެއް ޖެހުނީ... އެނިމުނީ އެކަން.


ކޮންމެއަކަސް, އަހަރެެމެން ބުނަންތަ އޭނަވީ ނަރަކައިގައޭ؟ ނޫން! ނުވަތަ އަހަރެމެން ބުނަންތަ އޭނަވީ ސުވަރުގޭގައޭ؟ ނޫން! އެކަން ނިމިއްޖެ. އޭނަގެ މަރަކީ ފިލާވަޅެއް. އެންމެ ކުޑަމިނުންވެސް މީހަކަށް ބުނެވޭނީ. “އޭ ﷲ! އަހަރެމެންނަށް ރަނގަޅު ނިމުމެއް ދެއްވަވާނދޭވެ! އެންމެހާ ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ﷲއަށް. އަހަރެމެން ﷲގެ ޙަޟްރަތުން އެދެނީ އީމާންކަމުގެ މަތީގައި އަހަރެމެން ގެންދެވުމަށް. އަހަރެމެން ﷲގެ ޙަޟްރަތުން އެދެނީ ކިޔަމަންތެރިކަމުގެ މަތީގައި އަހަރެމެން ވަނިކޮށް އަހަރެމެން ގެންދެވުމަށް. މިމީހާ މަރާއި ބައްދަލުކުރިގޮތް ބައްލަވާށެވެ! އޭނަ މަރުވި ޙާލަތު ބައްލަވާށެވެ! އިބަﷲ މޮޅަށް ދެނެވޮޑިގެންވޭ އޭނަ މަރަކީ އެއީ ފިލާވަޅެއްކަން.”


ދެން.. އޭނައާއިމެދު ހިތާމަފާޅުކުރާނެމީހުން... ކެލޭމެންނަށް އެނގޭނެ ފަދައިން ވަރަށް އަވަހަށް އެތައް ލިޔުންތަކެއް ލިޔެވޭނެ. އަހަންނަށް ޔަޤީން (ސަޢުދީގައި) ސެކިއުލަރިސްޓުން ނޫސްތަކުގަ ލިޔާނެކަން. މައިކަލް ޖެކްޝަނާއި ބެހޭގޮތުން އެތައް ޓަނެއްގެ ވާހަކަ ލިޔާނެ. ބައެއްމީހުން އޭނަ ދިފާޢުކުރާނެ. ބައެއްމީހުން އޭނައާމެދު ހިތާމަފާޅުކުރާނެ... އެހެންކަމުން, މައިކަލް ޖެކްޝަން ދެކެ ލޯބިވި މީހުން ބުނާނެ, “ފަހަރެއްގައި އޭނަ އިސްލާމަކަށްވެސް ވެދާނެއެއްނުން, އޭނަ މަރުވީތީ ކަލޭމެން އުފާކުރަނީ ކީއްވެތަ؟” ދެން މީހުން އޭނަގެ މައްޗަށް ލޯބިއިތުރުވެ ހިތާމަކުރާތަން ފެންނާނެ. އެމީހުންގެ އެދުންތަކަށް ތަބަޢުވާމީހުން އޭނައާއިއެކު ހިތާމަކުރަން ފަށާނެ. ހަމަގައިމުވެސް, އެމީހުން މިސާލުތައް ދޭނެ. މިސާލަކަށް, އެމީހުން ބުނާނެ ކޮންމެވެސް ބިންހެލުމެއްގަ މަރުވިމީހުންގެ ވާހަަކަ, އަދި މަގުތަކުން ވެއްޓުނު މީހުންގެ ވާހަަކަ... ދެން މިކަހަލަ މިކަހަލަ ވާހަކަ...


ނުބައިކަމުގެ ލީޑަރުންގެ ތެރެއިން ލީޑަރެއް މަރުވި ޚަބަރަކީ އަހަރެމެންނަށް އުފާވެރިކަން ގެނެސްދޭ ކަމެއް. އެއީ ވީގޮތަކީ. އެހެންކަމުން ނިންމާލަމުން, އޭނައަށްވެސް އޭނައަށް ޙުކުމްކުރައްވާނެ ރައްބެއް ވޭ. މިކަމުގައި ބުނާނެ އެއްޗެއް އަހަރެމެންނަކަށް ނެތް. މިކަމުގެ ތެރެއަށް އަހަރެމެން ވަދެއެއް ނުގަންނާނަން. މިކަމުގެ ތެރެއަށް އަހަރެމެން ވަދެއެއް ނުގަންނާނަން.


މިލިޔުންކޮޅަކީ http://islammaldives.wordpress.com ގެ އިނގިރޭސި ލިޔުމުގެ ތަރުޖަމާއެއް.

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page