އިޝްޤީ ލޯބިވެރިންނަށް ރައްކާތެރިވާށެވެ!
އަލްއަސްމާއީގެ އަރިހުން އައިސްފައި ވެއެވެ. ޝަހަރެއްގެ ތެރެއިން ލާފައި އެއްދުވަހަކު ތިމަންކަލޭގެފާނު ހިނގަމުން ވަޑައިގަންނަވަނިކޮށް ހިލަގަނޑެއް ފެނިލެއްވިއެވެ. ކޮންމެވެސް މީހަކު އޭގައި މިފަދައިން ލިޔެފައި ވެއެވެ.
أيا معشر العشاق بالله خبروا **** إذا حل عشق بالفتى كيف يصنع ”އޭ ލޯބިވެރިންނޭވެ! ﷲ ގަންދީ ބުނަމެވެ. އަހަންނަށް ނިކަން ބުނެދީބަލާށެވެ. ޅަޒުވާން ފިރިހެނަކު ލޯބީގެ އަވައިގައި ޖެހިއްޖެނަމަ (ނުވަތަ އޭނާގެ މައްޗަށް ލޯބީގެ ބާރު ގަދަވެގެންފިނަމަ) އޭނާ ކަންތަށް ކުރަންވީ ކިހިނަކުން ހެއްޔެވެ؟“
އެހެންކަމުން ތިމަން އެހިލައިގެ އަނެއްފަރާތުގައި ލިޔުނީމެވެ.
يداوي هواه ثم يكتم سره **** ويخشع في كل الأمور ويخضع ”އެފަދަމީހަކު އެމީހެއްގެ އެދުންވެރިކަމަށް ފަރުވާކުރާ ހުށިކަމެވެ. ދެން އެއަށްފަހު އޭނާގެ ސިއްރުތަށް ފޮރުވާ އެހެންމީހުނަށް ސިއްރުކުރާ ހުށިކަމެވެ. އަދި އޭނާގެ ހުރިހާ ކަންތަކެއްގައިވެސް މަޑުމައިތިރިކަމާއިއެކު ލަދުވެތި ވާ ހުށިކަމެވެ. އަދި އޭނާ ހެއްދެވި ފަރާތައް ރުޖޫޢަ ވާ ހުށިކަމެވެ.“
އެއަށްފަހު އަނެއްދުވަހު އެނބުރި އައިސް ބެލި އިރު އެހިލަގަނޑުގެ އަނެއްފަރާތުގައި މިފަދައިން ލިޔެފައި ވެއެވެ.
فكيف يداوي والهوى قاتل الفتى **** وفي كل يوم قلبه يتقطع ”އެ އެދުންވެރިކަން އެމީހަކާ ހަނގުރާމަ ކުރަމުންދާހިނދު އެފަދަ އެދުންވެރިކަމަކަށް ފަރުވާކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އަދި ކޮންމެ ދުވަހަކު އެހިތް ވީދި ކުދިކުދި ވަމުން ދެއެވެ.“
އެހެންކަމުން ތިމަން އެހިލައިގެ އަނެއްފަރާތުގައި ލިޔުނީމެވެ
إذا لم يجد صبراً لكتمان سره **** فليس له شيء سوى الموت أنفع ”އެމީހެއްގެ އަމިއްލަ ސިއްރުތަކުގެ މައްޗަށް ރައްކާތެރިވެ އެކަމުގެ މައްޗަށް ކެއްތެރި ނުވެވޭ ފަދަ މީހެއްނަމަ އޭނާގެ މައްޗަށް ހެޔޮވެގެންވާ މަރެއްމެނުވީ އެހެން ގޮތެއް ނުވެއެވެ.“
އަދި ތިންވަނަދުވަހު ތިމަން އެހިލަގަނޑު އޮތް ތަނަށް އައި އިރު ޅަޒުވާން ފިރިހެނަކު އެހިލަގަނޑު ކައިރީގައި މަރުވެފައި އޮއްވާ ފެނުނެވެ.
އެހިނދު ތިމަން ބުނީމެވެ. لاحول ولاقوة إلاّ بالله. އަދި މިމީހާ މަރުވުމުގެ ކުރިން އެ ހިލަގަނޑުގެ އަނެއްފަރާތުގައި ލިޔެފައި ވެއެވެ.
سمعنا , أطعنا , ثم متنا فبلغوا **** سلامي إلى من كان للوصل يمنع ”އަހަރެން އަޑުއަހައިފީމެވެ. އަދި އަހަރެން ކިޔަމަން ވެއްޖެއީމެވެ. އަދި މިހާރު އަހަރެން މަރުވެއްޖައީމެވެ. އެހެންކަމުން އެންމެނަށް މިވާހަކަ ބުނެދޭށެވެ. އަހަރެން އެ އަންހެނާ ޙާސިލުކުރުމުން އެއްކިބާކުރުވި މީހަކަށް އަހަރެންގެ ސަލާމް ރައްދުކުރަމެވެ.“
(ރިވާކުރެއްވެވީ އަލް އަބްށިނީ)
މަޞްދަރު: އަލް މުސްތަޟްރިފް މިފޮތުގެ ސޮފްހާ 410/1
www.click4islam.com
18 ޖުލައި 2010 -