ޤިޔާމަތްދުވަހުގެ ޢަލާމާތްތަކުގެ ތެރެއިން ޝައްކު އުފެދޭ ގޮތްގޮތުން އާމްދަނީ ހޯދުން
އެމީހާ އާމްދަނީ ހޯދާ ވަޞީލަތްތައް ފަރުވާތެރިކަމާއިއެކު ހޯދުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެ ކަމެކެވެ. އެއީ އޭނާގެ ޞާލިޙްކަން ކަށަވަރު ކުރުމާއި، އެންމެހާ ޙަރާމް މުޢާމަލާތްތަކާއި ޝުބުހަ ތަކުން ސަލާމަތްކަން ހޯދުމަށެވެ. އެމީހެއްގެ ދީނީ ފިކުރިއްޔާތު ބަލިކަށިކަމުގައި ވާނަމަ، ފައިސާ ހޯދުމުގައި ޝުބުހަތަކަށް އޭނާ ވެއްޓޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުންގޮސް ސާފުކޮށް އެނގެން ހުންނަ ޙަރާމް ގޮތްތަކަށް އެނބުރިގެން ދެއެވެ. މިހާރަކަށް އައިސް، މީސްތަކުން، އެބައިމީހުން އާމްދަނީ ހޯދާ ގޮތްތަކާއިމެދުގައި ފަރުވާތެރިކަމެއް ނުބަހައްޓައެވެ. އެއީ ޙަލާލު ނުވަތަ ޙަރާމްތޯވެސް ނުބަލައެވެ.
ﷲ ގެ ރަސޫލާ މުޙައްމަދު ( صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން، މީސްތަކުންނާއި ހަމައަށް ވަގުތެއް އަންނާނެއެވެ. އެހިނދުގައި މުއުމިނު އަޅާ އޭނާ އާމްދަނީ ހޯދާ ގޮތާއިމެދުގައި ފަރުވާތެރިކަމެއް ނުބަހައްޓާނެއެވެ. އެއީ ޙަރާމް އަދި ޙަލާލުކަމުގައި ވިޔަސްމެއެވެ.“(ޙަދީޘް ރިވާކުރެއްވީ އިމާމް އަޙުމަދު)
ﷲތަޢާލާ ވަހީކުރެއްވިއެވެ:
”وَلا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِنْ أَمْوَالِ النَّاسِ بِالإثْمِ وَأَنْتُمْ تَعْلَمُونَ“
”އަދި ތިޔަބައިމީހުންގެ މުދައުތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލް ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެ މުދައުތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެމުދައުތައް (އެބަހީ: އެމުދައުތަކުން ބައެއް) ހާކިމުންނަށް ނުދޭށެވެ!“
(ސޫރަތުލް ބަޤަރާ 188)
އިންސާނާއަށް ބޭނުންވާ އަސާސީ އަދި ޖިސްމާނީ 3 ބޭނުންފިޔަވައި، އެކަމަކުން އޭނާ ދަހިކުރުވާ 4 ވަނަކަމެއް މުޖުތަމަޢުގައި ވެއެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމެވެ. މިހަތަރުވަނަ ދަހިވެތިކަން ބަލިކޮށްލެއްވުމަށް ދާންދެން ރޯދަ ހިފުމުގެ މަޤްޞަދު ފުރިހަމަ ވެގެނެއްނުވެއެވެ. އާދައިގެ ތެދުވެރި މީހުން، ވައްކަން ކުރުމާއި، ފޭރުމާއި ޙީލަތް ހެދުން ފަދަ ކަންތަކުން އެއްކިބާވެގެންވާ ނަމަ، އެމީހުންވާނީ ހިތްހަމަޖެހިގެންނެވެ. އިތުރު 2 ދަހިވެތިކަމެއްގެ ވާހަކަ ބަޔާންވެދިޔަ އާޔަތުގައިވެއެވެ. އެއްކަމަކީ، މީހަކު އޭނާގެ މުދަލުން އެހެން މީހުން މަގުފުރެއްދުމެވެ. ޤާޟީންނަށާއި ނުވަތަ ބާރުވެރި ފަރާތްތަކަށް ފައިސާއާއި މުދައު ދިނުމުންނެވެ. އެއީ ދުނިޔަވީ ފައިދާއެއް ލިބިގަތުމަށެވެ. އަދި ޤާނޫނުގެ ރައްކައުތެރިކަމާއި ހިޔަލުގެ ތެރޭގައިވެސް މެއެވެ. ތަރުޖަމާ ކުރެވިފައިވާ ބަސްތައް ކަމުގައިވާ ”އެހެން މީހުންގެ މުދައުތައް“ މިތަން މިއީ ”އާންމުންގެ މުދައުތައް“ ގެ ގޮތުގައިވެސް މާނަ ކުރެވިދާނެއެވެ. އަދިވެސް އިތުރަށްވާ ދަހިވެތިކަމުގެ ގޮތަކީ، އަހަރެމެން އަހަރެމެންގެ އަމިއްލަ މުދާ ނުވަތަ އަހަރެމެންގެ ބާރުގެ ދަށުގައިވާ މުދައުތައް، (އާޔަތުގައިވާ ގޮތުން ނަމަ ”އަހަރެމެންގެ ތެރޭގައި“) ބޭކާރު އަދި މުހިންމު ނޫން ގޮތްގޮތުގައި ބޭނުންކުރުމެވެ. އިސްލާމީ އުޞޫލުތަކަށް ބަލާއިރުގައި މިއީވެސް ދަހިވެތިކަމެވެ. މުދައުތަކާއި އެކުގައި އެތަކެތީގެ ޒިންމާވެއެވެ. އެކަންތައްތައް ދެނެގަނެ އެކަންތައް އަދާކުރުމުގައި ނުކުޅެދިއްޖެނަމަ، ރޯދަ ހިފުމުން ލިބޭ ކޮންޓްރޯލް ކުރުން ނުވަތަ ހިފެހެއްޓުމުގެ ފިލާވަޅު އަހަރެމެންނަކަށް ދަހެއްނުވެއެވެ.
އަޞްލު: www.islaam.com
25 މާރޗް 2010 -
www.click4islam.com