top of page
Featured Posts

’ރަމަޟާން މުބާރިކް‘ ނުވަތަ ’ރަމަޟާން ކަރީމް‘ ކިޔުމަކީ ބިދުޢައެއްބާ؟



ރަމަޟާންމަސް އައުމާއި ގުޅިގެން އެކަކު އަނެކަކަށް މަރުޙަބާ ކިޔުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަބިއްޔާ (صلى الله عليه وسلم) އެކަލޭގެފާނުގެ ޞަޙާބީންނަށް ރަމަޟަން މަސް އައުމާއި ގުޅިގެން އެ މަހުގެ އުފާވެރި ޚަބަރު ދެއްވާ، އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބާރު އަޅުއްވައެވެ. އަބޫ ހުރައިރާ (رضي الله عنه) ވިދާޅުވިއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.”ތިޔަބައިމީހުންނަށްޓަކައި ރަމަޟާން މަސް އަތުވެއްޖެއެވެ. ބަރަކާތްތެރިވެގެންވާ މައްސަރެކެވެ. އެ މަހުގައި ރޯދަހިފުން ތިޔަބައިމީހުންގެ މައްޗަށް ﷲ ވަނީ ފަރުޟު ކުރައްވާފައެވެ. މި މަހުގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދު ކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އަދި އެ މަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް އެކުލެވިގެންވެއެވެ. އަދި އެރޭގެ ހެޔޮކަމުން މަޙްރޫމް ވެގެންވާ މީހާ ހަމަކަށަވަރުން ވެސް ވަނީ މަޙްރޫމް ވެގެންނެވެ.“ [ރިވާ ކުރެއްވީ އައް-ނަސާއީ 4/129 ޞަޙީޙް އަލް-ތަޣްރީބް، 1/490]


އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މަޞްދަރު: www.islamqa.com

09 އޮގަސްޓު 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page