ދިވެހިންގެ ޓީވީ ޗެނެލްތަކުން ކާފަރުންނަށް މިކުރަނީ ކޮން އިޙްތިރާމެއް ހެއްޔެވެ؟ *މުހިއްމު*
ދުނިޔޭގައި ފެތުރެމުންދާ އެކިއެކި ޑިމޮކްރަސީގެ އޮއިވަރުގައި އަހަރުމެން ބަދެވި ހުދާ ކަޅާ ވަކި ނުވާވަރަށް ވުމުން ދެން ހަމަ ޔަޤީނުންވެސް ނުވާންވީ ކިތެންމެ ކަމެއް ވާތީ ފެންނާނެވެ. އެތަނެއްގައި ޙައްޤައް ނަޞްރު ދިނުމެއް ނެތް ތަނެއްގައި ދެން އޮންނާނީ ކޮން އެއްޗެއްތޯއެވެ؟ އެތަނެއްގައި އިސްލާމީ ޝަރީޢަތެއް ނެތް ތަނެއްގައި ދެން އޮންނާނީ ކޮންޝަރީޢަތެއް ތޯއެވެ؟ އެބަޔެއްގެ ތެރޭގައި ޢިއްޒަތް ދޭންވީ ފަރާތަކީ ކޮން ފަރާތެއްކަން ނޭނގޭ ބަޔަކު ޢިއްޒަތް ދޭނީ ކޮންފަރާތަކަށް ތޯއެވެ؟
އިނގޭނޭ ފަދައިން މީގެ އެތަކެއް އަހަރުތަކެއް ކުރިން ޖަންގަލީގެ އެކި ހިސާބުތަކުގައި އުޅޭ މީސްމީހުން ޖާހިލުކަމުގެ ކަނު އަނދިރީގައި އުޅުނު ދުވަސްވަރު އެމީހުން ތަބާވީ، ޢިއްޒަތް ދިނީ އެމީހުންގެ ތެރެއިން ބޮޑުންނަށެއެވެ. އެމީހުންގެ ތެރެއިން އެންމެ ބާރު ގަދަ މީހުންނަށެވެ. އެމީހުން ބިރު ގަންނަ ކޮންމެ ފަރާތަކަށެއެވެ. އެއީ ވަލުޖަނަވާރަކަށް ވިޔަސް އިންސާނަކަށް ވިޔަސް ފަރުވާލެއް ނެތްކަހަލައެވެ.
އެކަމަކު މިހާ އަލި ދުވަސްވަރެއްގައި، މިހާ ޓެކްނޮލޮޖީގެ ރަންޒަމާންވީ ދުވަސްވަރެއްގައި، "ވަގުތުން" ދުނިޔޭގައި ހިނގާ ކުދި ކަންތަކާއި ބޮޑެތި ކަންތަކުގެ އަޞްލު ބަލާލެވޭ ޒަމާނެއްގައި. އަހަރުމެން މުސްލިމް ދިވެހިރައްޔިތުންނަށް ޢިއްޒަތް ދޭންވާ ފަރާތް ނޭނގުނު ކަމީ އަހަރުމެން ހައިރާންވާންވީ ކަމެއް ނޫންހެއްޔެވެ؟ ކައިރި މުސްލިމް ޤައުމު ތަކަށާއި، ދުރު އިސްލާމީ އެކިއެކި ސަރަޙައްދުތަކަށް ކާފަރުންނާއި، މުރުތައްދުން ހިންގާ ބޮޑެތި ޖަރީމާ ތަކަކީ އަހަރުމެންނަށް އޮޅިފައިވާ އެއްޗެއްތޯއެވެ؟ އިސްލާމީ ވަޙްދަތު ދުނިޔޭން ފުހެލުމަށް މަސައްކަތް ކުރާ ޔަހޫދީންނާއި ނަޞާރާއީންނަކީ ކިހާ ވަރެއްގެ ބަޔެއްކަން އަހަރުމެންނަށް ނޭނގެނީ ހެއްޔެވެ؟ އިސްލާމީ ޝަރީޢަތެއްގެ ހިޔަލުގައި މުސްލިމުންތަކެއް ވާކަން އިނގޭއިރަށް އެމީހުންގެ ވަސްވެސް ދުނިޔޭން ފުހެލުމަށް މަސައްކަތް ކުރަނީ ކޮންބައެއްތޯއެވެ؟ "އަރިއަލް ޝެރޯން އާލާސްކަންފުޅުގައި އޮންނަވާތާ ވަރަށް ދުވަސް ވެއްޖެކަމަށާއި، އަދި ޑޮކްޓަރުންގެ ޓީމުން ދެކިވަޑައިގަންނަވާ ގޮތުގައި، އާލާސްކަންފުޅު ދުވަހެއް ދުވަހެއް ދަނީ ބޮޑުވަމުންކަމަށްވެސް އެމީހުން ދެކިވަޑައިގަންނަވައެވެ." މީ އަހަރުމެން ދިވެހިންގެ މީޑިޔާތަކުން އެފަދަ ބޮޑެތި މުޖްރިމް ޝައިޠާނުންނަށް ވާހަކަ ދެއްކުމަށް ބަހައްޓާ އިޙްތިރާމެއެވެ. މިފަދަ ބޮޑެތި މުޖުރިމުންނަށް އަހަރުމެން މިދެނީ ކޮން އިޙްތިރާމެއް ހެއްޔެވެ؟ އަހަރުމެންގެ ޅަދަރިންތައް ކަތިލާ ސުންނާފަތި ކުރުމުންވެސް އަހަރުމެން "އާދެ"، "ލައްބަ" ، "ސާހިބާ"، "މަނިކުފާނު" ކިޔާ ބޯ ތިރިމިކުރަން ވީތޯއެވެ؟ ތިމާގެ ބައްޕައަށް މަންމައަށް ނުކުރާ އިޙްތިރާމެއް އެމީހުންނަށް ކުރަނީ ހެއްޔެވެ؟ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުމުންވެސް އަހަރުމެން އެމީހުނަށް ރަތްދޫލައިގެ ސަލާމް މިއަރުވަނީ ކޮން ހިތެއް އެމީހުންގެ މައްޗަށް އޮވެގެންބާއޭ ސުވާލު ނުއުފެދޭ ހެއްޔެވެ؟ އަހަރުމެން އެމީހުންގެ ކާފަރު ކަމާއި، އަނިޔާވެރިކަމާއި، އެމީހުންގެ ކިބައިގާ ވާ ލާއިންސާނީ ކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި "ރައީސް ބަރަކް އޮބާމާ ވިދާޅުވީއޭ... ވަޑައިގަތީއޭ... ދެންނެވީއޭ ބުނެ މިފަދަ މާތް ބަހުރުވައިން އެމީހުންނަށް ޤަދަރުދެނީ އެއީ ކޮންބައެއްކަން ނޭނގެނީ ހެއްޔެވެ؟
އަހަރުމެންގެ އިސްލާމީ ތާރީޚަށް ބަލައިލި ކަމުގައި ވިނަމަވެސް ހަމަޔަޤީނުންވެސް އިނގޭ ކަމަކީ މުސްލިމް އެންމެ އުޚުތެއް، މިނިވަން ކުރުމަށްޓަކާ ކާފަރުންގެ އެތައް ބަޔަކުވެސް ދޫކޮށްފާނެކަމެވެ. އެހާވެސް އަހަރުމެންނަށް އަހަރުމެންގެ މުސްލިމް އުންމަތުގެ އަޚުންނާއި އުޚުތުން ދެކެ ލޯބިވާކަމެވެ. އެހާވެސް އެ އެއުޚުތުން އަހަރުމެންނަށް ބޭނުން ބޮޑެވެ. އެއީ އަހަރުމެންނަށް ދައްކާފައިވާ ނަމޫނާ އެވެ. އެހެން ނަމަވެސް މިއަދު މިފެންނަނީ އަހަރުމެންގެ ލޮބުވެތި އަޚުންނާއި އުޚުތުން ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ކަތިލާ މީހުންނަށްވެސް އަހަރުމެން އިޙްތިރާމާއި ޢިއްޒަތް ދޭތީއެވެ. لا حول ولا قوّة إلا بالله
މުސްލިމުންގެ މަޝްހޫރު ޚަލީފާ ހާރޫނުއް ރަޝީދަށް ރޫމީންގެ އެމްޕަރ ފޮނުވި އަދަބު ކުޑަ ސިޓީއެއްގެ ޖަވާބުގައި ޚަލީފާ ލިޔުއްވި ފަތްކޮޅެއް ލިޔުއްވާން ފައްޓަވާފައިވަނީ "ޢިއްޒަތްތެރި ލޮބުވެތި މާތް މަނިކުފާނަށް" މިފަދަ އަކުން ނޫނެވެ. އަދި ކިއެއްތަ ލިޔުއްވީ "މުސްލިމުންގެ ޚަލީފާ ހާރޫނުއް ރަޝީދުގެ ފަރާތުން ރޫމީންގެ ކުއްތާ ނާގްފޫރަށް ބުނެ އަންގަމެވެ!" މިފަދައިންނެވެ. އަހަރުމެންގެ ކާބަފައިންވެސް ފަރަންޖީން ކައިއުޅުނު ފަދަ ތަށި ފަދަ ތަކެތި ބޭނުން ނުކޮށް އުކާލީވެސް މިފަދަ ސަބަބު ތަކަށްޓަކެވެ.
ނަމަވެސް މިއަދު މިފެންނަނީ އިނގިރޭސި ވިލާތުގެ ދެކާފަރަކު ކައިވެނި ކުރީތީ އެކަމާ ރައްޔިތު ހުރިހާ އެންމެންގެ ނަމުގައި ރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދު ހެޔޮ ދުޢާ ކުރާކަމަށާއި ކާފަރުންނަށް ހެޔޮބަސްތަކުން ބަރުތީލަ ކުރާތީއެވެ. ޤަދަރާއި މާތް ބަހުން މުޚާޠަބު ކުރާތީއެވެ. ހުކުރު ދުވަހު ޚުޠުބާ ނިމުމާއި ވިދިގެން ދެތިން ލަވަ ޕްރޮގްރާމް ގެނެސް ދިނުމަށް ފަހުގައި ޚަބަރު ފަތުރާއިން ވަރަށް ޚާއްޞަކަމާއި އެކު ގެނެސް ދެމުން ގެންދިޔައީ ﷲ އަށް ޝަރީކުކުރާ ކާފަރުންގެ ބޮޑުންގެ ދަރިއެއް ކާއިވެނި ކުރާތީ އެމީހުންގެ ޝަރަފްވެރި ކަމުގެ ވާކަހައެވެ. އެމީހުންގެ މޮޅުކަމާއި ރީތި ކަމުގެ ވާހަކައެވެ. އެމީހުންގެ ޗާލުކަމާއި ނަލަކަމުގެ ވާހަކައެވެ. އެމީހުންގެ މުއްސަނދިކަމާއި ޝާހީ ކަމުގެ ވާހަކައެވެ. އެމީހުން އެކަކު އަނެކަކަށް ދިވާމި ވާހަކައާއި މިހެން ގޮސް ހުރިހާ ވާހަކަތަކެކެވެ. ﷲ ގެ ކުޅަދުންވަންތަކަމުން، މިދެންނެވި ދެކާފަރުންގެ ކާއިވެންޏާއި، މި ދިވެހި ރާއްޖޭގައި ﷲ ގެ ޝަރީޢަތް ޤާއިމް ކުރުމަށް އަޑުއުފުލުމުގެ ގޮތުން އެއްވުމެއް ބާއްވަން ހަމަޖެއްސި ދުވަހާއި ދިމާވީ އެއްދުވަހެއްގެ އެއް ވަގުތަކަށެވެ. އެހެނެއްކަމަކު ރާއްޖޭގެ ބޮޑުން ތިއްބެވީ ސޯފާސެޓްތަކުގައި އަރާމުގައި ލެނގިލައިގެން ޝާހީ ކާއިވެނި ބެލުމުގައި ދަހިވެތި ކަމާއި އެކުގައެވެ.
އަހަރުމެންގެ ޅަދަރިން ބިކަ ޙާލުގައި ރޯން ތިބޭ އިރު، ކާފަރުންގެ ދުނިޔެވީ އަރާމާއި ލައްޒަތުގައި ބައިވެރި ވުމުގެ ގޮތުން ބައިވެރި ވާން ވީހެއްޔެވެ؟ އަހަރުމެންގެ އަޚުންނާއި އުޚުތުން ކާނެ އެއްޗެއް ނުލިބިގެން، ލާނެ އެއްޗެއް ނުލިބި، ދާނޭ ދިމާލެއްނެތި، ވަންނާނޭ ގެދޮރެއް ނެތި، މަގުގެ އެކޮޅު މިކޮޅު ހޯދާއިރު، ރަޙުމެއް ޙަމްދަރުދީއެއް ނެއްތާ އަހަރުމެންވީ ކާފަރުންގެ މޮޅުވާހަކަ ދައްކާ އުފާކުރަން ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. މަގުމަތީގައި ވެއްޓިފައި އޮތް ކުނި ކޮޅަކަށް ކުރާ އިޙްތިރާމްވެސް އެމީހުނަށް ކުރުމެއް ދުވަހަކުވެސް ދުވަހަކުވެސް ނޯންނާނެވެ. އަދި ކިއެއް އެއަށް ވުރެއްވެސް ތިކާފަރުންނަކީ ނަޖިސް މުޑުދާރު ބައެކެވެ.
الله سبحانه وتعالى އެބައިމީހުންނާއި މެދު ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
" يَا أَيُّهَا الَّذِينَ آَمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ إِنَّ اللَّهَ عَلِيمٌ حَكِيمٌ "
މާނައީ: " އޭ އީމާން ވެއްޖެ މީސްތަކުންނެވެ! މުޝްރިކުންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، ޙުރުމަތެރިވެގެންވާ މިސްކިތް މަސްޖިދުލް ޙަރާމް އާއި އެއުރެން، ކައިރިވިޔަ ނުދޭހުށިކަމެވެ! އަދި ތިޔަބައިމީހުން، ފަޤީރުވެދާނޭ ކަމަށް ބިރުގަންނަނަމަ، ފަހެ، ﷲ އިރާދަކުރައްވައިފިއްޔާ، އެކަލާނގެ ފަޟްލަ ވަންތަވެރިކަމުން، ތިޔަބައިމީހުން މުއްސަނދި ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ." سورة التوبة (28)
އިއްޒަތް ދޭންވީ ކޮންފަރާތަކަށް ކަން الله سبحانه وتعالى ވަޙީ ކުރައްވާ ފައިވަނީ މިފަދައިންނެވެ.
" وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لَا يَعْلَمُونَ "
މާނައީ:"ޢިއްޒަތް ވަނީ ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލުންނަށާއި، މުއުމިނުން ނަށެވެ. އެހެނެއް ކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭނގެއެވެ."سورة المنا فقون (8)
މަޞްދަރު: ލިޔުންތެރިޔާ.
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 05 މޭ 2011
މިލިޔުން ބައްލަވާފައިވަނީ 3917 ފަހަރު
www.click4islam.com