ދީނުގެ ބިންގަލަކީ މަގުދައްކައިދޭ ފޮތަކާއި އެއަށް ހިތްވަރުދޭ ކަނޑިއެކެވެ. (2)
ޝައިޚް އަބޫ މުޙައްމަދު އަލް-މަޤްދިސީ (حفظه الله تعالى)
އެހެންކަމުން މިދީނުގެ ހަޤީޤަތް އެނގޭ ކޮންމެ މީހަކު، އެއީ މިދީނުގެ ޢަދުއްވުން ކަމުގައިވިޔަސް، އެބައިމީހުންނަށް އެއީ ތަޥްޙީދާއި ޖިހާދުކަން އެނގެއެވެ. ނުވަތަ އެއީ ދަޢްވާއާއި ޤިތާލްކަން އެނގެއެވެ. ނުވަތަ އެއީ ޤުރުއާނާއި ދަނގަޑު (ބާރު) ކަން އެނގެއެވެ. އަދި އެކަމަށް ސީދާގޮތުގައި ތަބަޢުނުވެ އެކަމަށް އިންކާރުކުރާ މީހުންގެ ނުބައިކަން އަވަހަށް ނަމަވެސް ނުވަތަ ލަހުން ނަމަވެސް ނައްތާލާނޭކަން އެބައިމީހުންނަށް ކަނޑައެޅިގެން އެނގެއެވެ. ނަބީ (صلى الله عليه وسلم ) ވަޑައިގަތީ އެފަދަ މީހުންނާއި އެއާ އެއްގޮތް އެހެން މީހުން ކަތިލެއްވުމަށްޓަކައިކަން އެބައިމީހުންނަށް އެނގެއެވެ. އަދި މިގޮތުގައި އެކަލޭގެފާނު، އެކަލޭގެފާނުގެ ގާތްތިމާގެ މީހުންނާއި، އެކަލޭގެފާނުގެ އަމިއްލަފުޅު ޤަބިލާއާއި، އެކަލޭގެފާނުގެ އަހުލުވެރީންނާއި، އެބައިމީހުން މި މަގަށް ސީދާ ގޮތުގައި ތަބަޢުވުމަށް އިންކާރުކުރުމުން އެކަލޭގެފާނު އެބައިމީހުންނާވެސް ކުރިމަތިލެއްވެވިއެވެ. އަދި އެކެލޭގެފާނު އެކަން ފުރިހަމަ ކުރެއްވުމުގެ ކުރީން އެބައިމީހުންނަށް އެކަލޭގެފާނުގެ މަޤްޞަދު އެންގެވިއެވެ. އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ. [އޭ ޤުރައިޝުންނޭވެ! ތިމަންގެ އަޑު އަހާނަން ހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ބުނަމެވެ. އަހަރެން އައީ ކަލޭމެން ކަތިލުމަށްޓަކައެވެ.] އަދި ﷲ ތަޢާލާ އިސްލާމްދީނަށާއި އެދީނުގެ އަހުލުވެރީންނަށް ކަނޑިއާއި އެކު ޢިއްޒަތް ދެއްވެވުމުން، އެކަލޭގެފާނު އެކަން އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަކުރެއްވިއެވެ.
އަދި މިމަގުގައި انشاالله އަހަރެމެންވެސް މިދަނީ އެކަލޭގެފާނުގެ މަގަށް ތަބަޢުވެގެން އެމަގުގައި މަސައްކަތް ކުރަމުންނެވެ. އެކަލޭގެފާނުގެ ސުންނަތަށް ތަބަޢުވެގެން، އެކަލޭގެފާނާއި އެކު ހަނގުރާމަ ކުރަމުންނެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވަނީ:
وَكَأَيِّنْ مِنْ نَبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُوا لِمَا أَصَابَهُمْ فِي سَبِيلِ اللَّهِ وَمَا ضَعُفُوا وَمَا اسْتَكَانُوا وَاللَّهُ يُحِبُّ الصَّابِرِينَ
ގިނަވެގެންވާ ނަބިއްޔުން (ނަބިއްޔުންގެ ތެރެއިން ގިނަ ބަޔަކު) ހަނގުރާމަކުރައްވާ (ﷲ ގެ މަގުގައި) އަދި އެނަބިއްޔުންގެ އަރިހުގައި ޢިލްމުގެ އަހުލުވެރީންގެ ގިނަވެގެންވާ ޖަމާޢަތްތައް ހަނގުރާމަ ކުރެއްވިއެވެ. ފަހެ، ﷲ ގެ މަގުގައި އެބައިމީހުންނަށް ޖެހުނު ކަންތަކަށް އެބައިމީހުން ފިނޑިއެއް ނުވެއެވެ. އަދި އެބައިމީހުން ނިކަމެއްޗެއް ވެސް ނުވެއެވެ. އަދި (ދުޝްމަނުންގެ ކުރިމަތީގައި) އެބައިމީހުން ބަލިކަށްޓެއް ވެސް ނުވެއެވެ. އަދި ﷲ ކެއްތެރީންދެކެ ލޯބިވެވޮޑިގަންނަވައެވެ.
(ސޫރަތު އާލް-ޢިމްރާން 146)
ޝޭޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ.
ގިނަވެގެންވާ ޢިލްމުލިބިގެންވާ ބަޔަކު ނަބީ (صلى الله عليه وسلم ) އާއި އެކު ހަނގުރާމަ ކުރުމާއި އަދި ޤަތުލުވުމުގެ މާނައަކީ އެކަލޭގެފާނު (صلى الله عليه وسلم ) އާއި އެކު އެބައިމީހުން ހަނގުރާމަ ކުރެއްވެވި ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ނަބީ (صلى الله عليه وسلم ) އަށް ތަބަޢުވި އަދި އެކަލޭގެފާނުގެ ދީނަށްޓަކައި ހަނގުރާމަ ކުރި ކޮންމެ މީހަކީ އެއީ އެކަލޭގެފާނާއި އެކު ހަނގުރާމަ ކުރި މީހެކެވެ. އަދި ޞަޙާބީންނަށް އެކަން ވިސްނިވަޑައިގަތް ގޮތަކީވެސް މިއީއެވެ. އެހެނީ އެންމެ ބޮޑެތި ހަނގުރާމަތައް ހިނގާފައިވަނީ ނަބީ (صلى الله عليه وسلم ) އަވަހާރަ ވުމަށްފަހުގައެވެ. އެގޮތުން ޝާމްގެ ބިންތަކާއި، މިޞްރާއި، ޢިރާޤާއި، ޔަމަނާއި، ޢަޖަމާއި، ރޯމަނާއި، މޮރޯކޯއާއި، އަދި އިރުމަތީގެ ބިންތައް ފަޠަޙަ ވެއްޖެއުމަށް ދާންދެން ޞަޙާބީން ހަނގުރާމަ ކުރެއްވިއެވެ. އަދި އެހިނދުގައި ގިނަ ބަޔަކު އެކަލޭގެފާނާއި އެކު ޤަތުލުވެގެން ދިޔައެވެ. އަދި ހަނގުރާމަކޮށް ޒަޚަމްވި މީހުންނަކީ ނަބިއްޔުންގެ ދީނަށްޓަކައި ހަނގުރާމަކުރަމުން ދިޔަ ބައެކެވެ. އެހެންކަމުން މިކަމުގައި ޤިޔާމަތާއި ޖެހެންދެން ހުރިހާ މުއުމިނުންނަށް ޢިބަރަތެއް ވެއެވެ. އެހެނީ އެބައިމީހުން ނަބީ (صلى الله عليه وسلم ) އާއި އެކު އެކަލޭގެފާނުގެ ދީނަށްޓަކައި ހަނގުރާމަކުރެއްވެވީ އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައެވެ. އަދި އެބައިމީހުން ހިމެނެނީ އަންނަނިވި އާޔަތުގައެވެ: [މުޙައްމަދުގެފާނީ ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނާއި އެކުގައި ވީ މީހުން...] އަދި ހަމަ މިއާޔަތުގައިވެސް މިވަނީ އެބައިމީހުންގެ ވާހަކައެވެ. [އަދި އީމާންވުމަށްފަހު، ހިޖްރަކޮށް، ކަލޭގެފާނާއިއެކު ޖިހާދު ކުރި މީހުންނެވެ..] އެހެންކަމުން ކިޔަމަންވާ މީހުން، ކިޔަމަންވެވޭ ފަރާތުގެ ބެލުމުގައި ނުވަތަ ކިޔަމަންވެވޭ ފަރާތަށް ފެނުމަކީ ޝަރުތެއް ނޫނެވެ.
(މަޖްމޫ އަލް-ފަތާވާ)
އެހެންކަމުން ޢަދުއްވުންނަށް އަހަރެމެން ހަރު އަޑުން، އަހަރެމެންގެ މަޤްޞަދާ ބެހޭ ގޮތުން ބުނަމެވެ. އަހަރެމެން އެމީހުންނަށް މިއަންގަނީ އަހަރެމެންނަށް މިއަދު އެމަޤްޞަދު ޙާޞިލު ކުރުމަށް ނުކުޅެދިއްޖެނަމަ، އޭގެ މާނައަކީ އެކަން އަހަރެމެންގެ މަޤްޞަދުގެ ތެރެއިން ފޮހެލެވުނީކީ ނޫނެވެ. އެހެނީ އެއީ އަހަރެމެންނަށް އެއްވެސްފަދަ ގޮތަކުން ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން އަހަރެމެން ﷲ ތަޢާލާގެ ހަޟްރަތުން ރެއާއި ދުވާލު، އަދި ހެނދުނާއި ހަވީރު އެދެމުން މިދަނީ އިސްލާމްދީނުގެ ކޮންމެ ޢަދުއްވެއްގެ ކަރާއި ހަމައަށް އަހަރެމެން ވާޞިލު ކޮށްދެއްވުމަށެވެ. އަދި އަހަރެމެންގެ ކޮންމެ ޢަމަލަކާއި، ނޭވާއަކީ އެކަމަށްޓަކައި ތައްޔާރުވާ ވަގުތެއް ކަމުގައި ލެއްވުމަށެވެ.
އަދި ޤުރުއާނުން، ކަނޑި (ބާރު) އުނިކުރުމަށް މަސައްކަތް ކުރާ މަގުފުރެދިފައި ތިބި ޢިލްމުވެރީންގެ ޙަޤީޤަތް، މިދީނުގެ ޢަދުއްވުންނަށް ވަރަށް ރަނގަޅަށް އެނގޭފަދައިން އަހަރެމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އެފަދަ މީހުން ދީނުގައި ޖާހިލުވެފައިވާ މިންވަރާއި އަދި ﷲ ގެ އަމުރުތަކަށް އުރެދިފައިވާ މިންވަރާއި އަދި ދީން އެމީހުންނަށް ނޭނގޭކަން ވެސް ޢަދުއްވުންނަށް ރަނގަޅަށް އެނގެއެވެ.
ޝޭޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ.
[އިސްލާމްދީނަކީ ފޮތާއި އެކު އެއަށް ތަބަޢުވާ ކަނޑިއެވެ. އެހެންކަމުން، ޤުރުއާނާއި ސުންނަތް އޮވެފައި އެއާއި އެކު ކަނޑި އޮވެއްޖެނަމަ، އިސްލާމްދީނުގެ އަމުރުތައް ޤާއިމް ކުރެވޭނެއެވެ.]
(އަލް-ފަތާވާ 393/20)
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
[އެހެންކަމުން މިދީނުގެ ބިންގަލަކީ މަގުދައްކައިދެނިވި ފޮތަކާއި، އެއަށް ހިތްވަރުދޭ ކަނޑިއެކެވެ. ނަމަވެސް ހިދާޔަތް ދެއްކެވުމުގައި އަދި މަދަދުދެއްވުމުގައި ﷲ ތަޢާލާ ފުދިވޮޑިގެންވެއެވެ.]
.......... ނިމުނީ ..........
މިމްބަރުއް ތައުޙީދު ވަލް ޖިހާދު އިން ނެގި ތަރުޖަމާ ކުރެވިފައި
17 ޑިސެމްބަރު 2009