ދީނުގެ ބިންގަލަކީ މަގުދައްކައިދޭ ފޮތަކާއި އެއަށް ހިތްވަރުދޭ ކަނޑިއެކެވެ.(1)
ޖާބިރު ބިން ޢަބްދު ﷲ (رضي الله عنه) އެކަލޭގެފާނުގެ އެއްއަތުން ކަނޑި ހިތްޕަވައިގެން، އަނެއް އަތުން މުސްޙަފް (ޤުރުއާން) ހިއްޕަވައިގެން ހުންނަވާ ވިދާޅުވިއެވެ. [ނަބީ (صلى الله عليه وسلم) ތިމަންމެންނަށް އަމުރު ކުރެއްވެވީ މީގެން (ޤުރުއާނުން) އެނބުރިގަންނަ މީހުންގެ ގައިގާ މީގެން (ކަނޑިން) ޖެހުމަށެވެ.]
ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރެއްވި މިބަސްފުޅު ތަފްސީރު ކުރައްވަމުންނެވެ.
لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ
ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއި އެކު ތިމަން އިލާހު ރަސޫލުން ފޮނުއްވެވީމެވެ. އަދި އެރަސޫލުންނާއި އެކު، ފޮތާއި، ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމް ކުރުމަށްޓަކައެވެ. އަދި ތިމަން އިލާހު ދަނގަޑު ބާއްވައިލެއްވެވީމެވެ. (ހަނގުރާމައަށްޓަކައި) އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާގައި ﷲ އާއި، އެއިލާހުގެ ރަސޫލުންނަށް ނަޞްރުދެނީ ކާކުކަން ﷲ އިމްތިޙާނު ކުރުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ އިލާހެވެ.
(ސޫރަތުލް-ޙަދީދް 25)
އެހެންކަމުން ނަބީންނާއި ރަސޫލުން ފޮނުއްވެވުމާއި ފޮތްތައް ބާއްވާލެއްވެމުގެ މަޤްޞަދަކީ މީސްތަކުން ﷲ ގެ ހައްޤުތައް މަތިވެރި ކުރުމަށްޓަކައެވެ. އަދި މީސްތަކުންގެ މެދުގައި ޢަދުލް އިންޞާފު ޤާއިމް ކުރުމަށެވެ. (ޝޭޚުލް އިސްލާމް އިބްނި ތައިމިއްޔާ رحمه الله ގެ ފަތުވާ 263/28)
ﷲ ތަޢާލާ ހުރިހާ ނަބިއްޔުން ފޮނުއްވެވި އަދި ހުރިހާ ފޮތްތައް ބާއްވާލެއްވެވި މަޤްޞަދުގެތެރޭގައި ހިމެނޭ އެއިލާހުގެ އެންމެ ބޮޑެތި ހައްޤުތަކުގެ ތެރޭގައި ހިމެނެނީ މީސްތަކުން ތައުޙީދު (ﷲ ގެ އެއްކައުވަންތަކަން) ތަންފީޒު ކުރުމަށެވެ. އެހެނީ އެއީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ޢިޚްލާސްތެރިކަމާއި އެކު ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ. ﷲ ތަޢާލާ ފޮނުއްވެވި ހުރިހާނަބިއްޔުންނާއި އަދި ބާއްވާލެއްވެވި ހުރިހާ ފޮތްތަކެއްގައިވެސް، އޭގެ ފެށުމުން ގޮސް އޭގެ ނިމުމާއި ހަމައަށް ގޮވާލާފައިވަނީ ﷲ އަށް ވާމިމަތިވެރި ހައްޤު އަދާކުރުމަށެވެ. އޭގެތެރޭގައި ހިމެނެނީ އަންނަނިވި ނުކުތާތަކެވެ:
• އޭގައި ހިމެނެނީ މި ޙައްޤު ތަންފީޒު ކުރުމަށް ގޮވާލާފައި ނުވަތަ މިޙައްޤަށް ގޮވާލުމަށްޓަކައި އައިސްފައިވާ އަމުރުފުޅުތަކެވެ. އަދި މިގޮވާލުމުގެ ތެރޭގައި ކެތްތެރި ވުމަށެވެ. އަދި މިޙައްޤު ތަންފީޒު ކުރުމަށްޓަކައި ޖިހާދު ކުރުމަށް ހިތްވަރު ދެއްވަވާފައިވެއެވެ. އަދި މިޙައްޤަށްޓަކައި ގުޅުންބޭއްވުމާއި އަދި މިޙައްޤަށްޓަކައި ބަރީޢަވުމަށެވެ.
• އަދި މިޙައްޤު ތަންފީޒުކޮށް އެއަށް ނަޞްރުދީ މިޙައްޤުގެ މަގުގައި ޖިހާދު ކުރާ މީހުންނަށް ﷲ ތަޢާލާ ތައްޔާރު ކުރައްވާފައިވާ މަތިވެރި ނިޢްމަތްތަކާއި ދާއިމީ އުފަލާ ހިތްހަމަޖެހުމުގެ ވާހަކަތައް ބަޔާން ކުރައްވާފައިވެއެވެ.
• އަދި މިޙައްޤު ތަންފީޒު ކުރުމާއި ދެކޮޅަށް މަސަކަތްކުރާ މީހުންނާއި، އެގޮތުގައި ހަނގުރާމަކުރާ މީހުންނާއި، އަދި އެމީހުންނަށް އެހީތެރިވާ، އެމީހުންގެ އަޢްވާނުންގެ ނިމުމަކީ ނިކަމެތިކަމާއި އެކު ހިތާމަކުރާ ޙާލު ﷲ އެމީހުންނަށް ތައްޔާރުކުރައްވާފައިވާ ދާއިމީ ޢަޒާބުގެ ގޮވަތިކަން ބަޔާން ކޮށްދެއްވާފައިވެއެވެ.
އަދި ﷲ ތަޢާލާ ސޫރަތުލް ޙަދީދް ގައި ވަޙީ ކުރެއްވިއެވެ.
وَأَنْزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَنْ يَنْصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ
އަދި ތިމަން އިލާހު ދަނގަޑު ބާއްވައިލެއްވެވީމެވެ. (ހަނގުރާމައަށްޓަކައި) އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާގައި ﷲ އާއި، އެއިލާހުގެ ރަސޫލުންނަށް ނަޞްރުދެނީ ކާކުކަން ﷲ އިމްތިޙާނު ކުރުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ އިލާހެވެ.
(ސޫރަތުލް-ޙަދީދް 25)
އެހެންކަމުން މި މަތިވެރި ޙައްޤުން މޫނު އަނބުރާލުމަށްފަހު، އަދި އެއަށް ޢަމަލު ނުކުރާ ހިނދު ނަބިއްޔުންނާއި ދީނަށް ގޮވާލާ މީހުންގެ މިގޮވާލެއްވުމަށް އިންކާރު ކުރާމީހާ ރަނގަޅު ކުރުން ވަނީ ކަނޑިންނެވެ.
އަދި ނަބީ (صلى الله عليه وسلم) ގެ މިހަދީޡުން ވެސް ދޭހަވަނީ ހަމަ މިމާނައެވެ. ތިމަން (صلى الله عليه وسلم) ކަނޑިއަކައިގެން ޤިޔާމަޔަތާ ހަމައަށް ފޮނުއްވުނީ ﷲ އަށް އެކަނި އަޅުކަންކުރެވެއްޖެއުމަށް ދާންދެނެވެ. އަދި ތިމަން (صلى الله عليه وسلم) ގެ ރިޒްޤު ވަނީ ދުނިދަނޑީގެ ހިޔަނީގެ ދަށުގައެވެ. އަދި ތިމަން (صلى الله عليه وسلم) ގެ މިއަމުރަށް ދެކޮޅުވެރިވާ މީހުން ވަނީ ދެރަ ނިކަމެތިވެގެންނެވެ. އަދި އެބަޔަކާ އެއްގޮތް ވާން އުޅޭ ބަޔަކު ވަނީ އެ އެއްގޮތްވާން އުޅުނު ބަޔަކާ އެކީއެވެ.) ރިވާކުރެއްވެވީ އިބްނި ޢުމަރުގެ ފަރާތުން އިމާމް އަޙްމަދު
އެހެންކަމުން ފޮތުން އެނބުރިގަންނަ މީހާ ރަނގަޅު ކުރުންވަނީ ދަގަނޑުންނެވެ. އެހެންކަމުން އިސްލާމްދީނުގެ އަސާސް ނުވަތަ ބިންގަލަކީ ކީރިތި ޤުރުއާނާ އަދި ކަނޑިއެކެވެ. (އަލް ފަތާވާ 264/28)
އެހެންކަމުން، ކޮންމެ ޒަމާނެއްގައިވެސް ޙައްޤުގެ ޢިލްމުވެރީން، އެބައިމީހުންގެ ދަޢްވަތުގައާއި، އެބައިމީހުންގެ ދަރުސްތަކުގައި މިޙައްޤަކީ އެބައިމީހުންގެ މައިގަނޑުކަމުގައި ހަދައެވެ. އަދި މިޙައްޤުގެ އެކިއެކި މައިދާން ތަކުގައި އެބައިމީހުން ގަދައަޅާ މަސައްކަތްކުރެއެވެ. ޙައްޤުގެ މަގުގައި އެބައިމީހުންނަށް އަނިޔާދެވި ޖަލުތަކަށް ލެވެއެވެ. އަދި އެބައިމީހުން މިޙައްޤުގެ ދިދައިގެ ދަށުގައި ހަނގުރާމަކޮށް އަދި ޤަތުލު ކޮށްލުމަށްދާންދެން މި މަސައްކަތުގައި ދެމިތިއްބަވައެވެ.
އަދި އެބައިމީހުން، މިޙައްޤު ބިންމަތީގައި ޤާއިމްކުރުމުގެ މަތީގައި ދެމިތިބެން ޖެހެއެވެ. އެއީ، ޤުރުއާނާއި ސުންނަތުގެ އަލީގައި މީސްތަކުންނަށް އެކަމުގެ ދަލީލުތައް ބަޔާން ކޮށްދީ އަދި އެކަމާ ދެކޮޅުވެރިވެ އިންކާރު ކުރާ މީހުން ކަނޑީގެ ބާރުން އެމީހުން ރަނގަޅު ކުރުމަށްޓަކައެވެ.
10 ޑިސެމްބަރު 2009
www.click4islam.com