top of page
Featured Posts
ކުލިކް4އިސްލާމް

ﷲ ގެ ޙުކުމް ބަދަލުކުރާ މީހުންގެ ޙުކުމް


- ޝައިޚް އަބޫ މުޙައްމަދު އަލް-މަޤްދިސީ | -

އަޅުކަންތަކުގެ ތެރޭގައި ސަޖިދަކުރުމާއި، ރުކޫޢުކުރުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި އަދި ޛަބަހަކުރުން ހިމެނެއެވެ. ހަމައެފަދައިން ﷲ ގެ ޝަރީޢަތަށް ބޯލެނބުމަކީވެސް އަޅުކަމެކެވެ. ނަޟާރާއިންނާއި (އަދި ޔަހޫދީންނާއި) ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.

اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ

މާނައީ: "އެމީހުން އެމީހުންގެ ފާދިރީންނާއި އަޅުވެރީން ﷲ ފިޔަވައި ރައްބުންތަކެއް ކަމުގައި ނެގިއެވެ."

(ސޫރަތުލް ތައުބާ: 31) އެމީހުން އެމީހުންގެ ފާދިރީންނަށް ސަޖިދަކޮށް ރުކޫޢުކޮށް ނުހެދިކަމުގައި ވިޔަސް، ޙަރާމް ޙަލާލްކުރުމުން އަދި ޙަލާލް ޙަރާމްކުރުމުން އެކަމުގައި އެމީހުންނަށް ބޯލަނބާ ތަބަޢަވިއެވެ.(1) އެހިނދު އެއީ އެމީހުން އެމީހުންގެ ފާދިރީން ރައްބުންތަކެއް ކަމުގައި ނެގުންކަމަށް ﷲ ކަނޑައެޅުއްވިއެވެ. ސަބަބަކީ ޝަރީޢަތަށް ބޯލެނބުމަކީ ﷲ ފިޔަވައި އެހެންފަރާތަކަށް އަނބުރާލެވިގެން ނުވާނެ އަޅުކަމެކެވެ. އެހެންކަމުން، ﷲ ނޫން އެހެންފަރާތަކުން އެންމެ ޙުކުމެއް ބަދަލުކުރި ކަމުގައިވީނަމަވެސް އެމީހަކުވާހުށީ މުޝްރިކެއް ކަމުގައެވެ . މީގެ ދަލީލަކީ ރަސޫލުﷲ صلى الله عليه وسلم ގެ ޒަމާނުގައި أولياء الرحمن (އީމާންވީ މީހުން) އާއި أولياء الشيطان (މުޝްރިކުން) އާއި ދެމެދު މަރުވެފައިވާ ބަކަރިއަކާއި މެދު ހިނގި ކަންތަކެވެ. މުސްލިމުން ޛަބަހަކުރާ ބަކަރިއާއި (ގުދުރަތީ ގޮތުން) އަމިއްލައަށް މަރުވާ ބަކަރިއާއި ދެމެދު ފަރަޤެއް ނުވާކަމަށް މުސްލިމުންނަށް ސާބިތުކޮށްދޭން މުޝްރިކުން ބޭނުންވިއެވެ. މަރުވެފައިވާ ބަކަރި ޛަބަޙަކުރައްވާފައިވަނީ ﷲ تعالى ކަމަށް އެމީހުން ދައުވާކުރިއެވެ. އެހިނދު، ﷲ تعالى ހަތްވަނަ އުޑުމަތިން އެކަލާނގެ ޙުކުމްފުޅު ބާވާލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ.

وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِ‌كُونَ


މާނައީ: “އަދި ތިޔަބައިމީހުން އެމީހުންނަށް ކިޔަމަންވެއްޖެކަމުގައިވާނަމަ ތިޔަބައިމީހުންވާހުށީ މުޝްރިކުންގެ ތެރެއިންނެވެ." (ސޫރަތުލް އަންޢާމް:121)

- ޝައިޚުގެ ބަސް ނިމުނީ-

______________________________________________ 1) ޝައިޚް މިތާ އިޝާރާތްކުރައްވާފައި އެވަނީ ތިރީގައި މިވާ ޙަދީޘަށެވެ. (اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ) "އެބައިމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ." (ސޫރަތުއް ތައުބާ: 31)

ރަސޫލުﷲ صلى الله عليه وسلم މިއާޔަތް ކިޔަވާވިދާޅުވަނިކޮށް ޢަދިއްޔު ބުނު ޙާތިމް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "އެމީހުން އެބައިމީހުންނަށް އަޅުކަންކުރާ ބަޔަކު ކަމުގައި ނުވެއެވެ." ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «بَلَى إِنَّهُمْ حَرَّمُوا عَلَيْهِمُ الْحَلَالَ وَأَحَلُّوا لَهُمُ الْحَرَامَ فَاتَّبَعُوهُمْ فَذَلِكَ عِبَادَتُهُمْ إِيَّاهُم» "އާނއެކެވެ. އެމީހުން އެފަދައިން ކަންތައްކުރިއެވެ. އެބައިމީހުން (އަޅުވެރީންނާއި ފާދިރީން) ޙަލާލްކަންތައްތައް އެމީހުންނަށް (ޔަހޫދީންނާއި ނަޞާރާއިންނަށް) ޙަރާމްކުރިއެވެ. އަދި ޙަރާމްކަންތައްތައް އެމީހުންނަށް ޙަލާލްކުރިއެވެ. ދެން އެމީހުން އެބައިމީހުންނަށް ތަބަޢަވިއެވެ. އެމީހުން އެބައިމީހުންނަށް އަޅުކަންކުރީ އެފަދައިންނެވެ." (ރިވާކުރެއްވީ އަޙްމަދު، އައްތިރުމިޛީ އަދި އިބްނު ޖަރީރް)

މަޞްދަރު: الديمقراطيّة دين: الشيخ أبي محمد عاصم المقدسي

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page