top of page
Featured Posts

الولاء و البراء (ގުޅުންބަދަހިކުރުމާއި ބަރީއަވުމުގެ) ތެރެއިން(3) الولاء و البراء އަކީ لا إله إلا الل


ޝައިޚް މުޙައްމަދު ސަޢީދުލް ޤަހްތާނީ (حفظه الله)


الموالاة (އެހީތެރިވުން) ގެ އަޞްލަކީ ލޯތްބެވެ. އަދި المعاداة (ޢަދާވާތްތެރިކަން) ގެ އަޞްލަކީ ރުޅިއެވެ. ހިތްތަކާއި ގުނަވަންތައް ޙަރަކާތްތެރިވަނީ މި ދެކަމުގެ ސަބަބުންނެވެ. الموالاة ގެ ސަބަބުން ނުޞްރަތް ދިނުމާއި، އެކުވެރިވެ އޯގާވެރިވުމާއި، އެހީތެރިކަން ފޯރުކޮށްދިނުން ފަދަކަންކަން ޙަޤީޤަތަކަށް ވެދެއެވެ. އަދި المعاداة ގެ ސަބަބުން ޖިހާދުކުރުމާއި، ހިޖުރަކުރުން ފަދަ ކަންކަން ޙަޤީޤަތަކަށް ވެދެއެވެ. (އައްރިސާލަތުލް މުފީދާ - ޝައިޚް ޢަބްދުއްލަޠީފް އާލުއްޝައިޚް)


ފަހެ، الولاء و البراء އަކީ لا إله إلا الله ގެ ވާޖިބިއްޔަތުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. އަދި މިކަމަށް ޤުރުއާނާއި ސުންނަތުންވާ ދަލީލުތައް ގިނަގުނަ އެވެ. ޤުރުއާނުގައި މިކަމަށް ދަލީލުކޮށްދޭ ﷲ سبحانه وتعالى ގެ ބައެއް ވަޙީ ބަސްފުޅުތަކަކީ:


”لاَّ يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاء مِن دُوْنِ الْمُؤْمِنِينَ وَمَن يَفْعَلْ ذَلِكَ فَلَيْسَ مِنَ اللّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَاةً وَيُحَذِّرُكُمُ اللّهُ نَفْسَهُ وَإِلَى اللّهِ الْمَصِيرُ“”މުއުމިނުން، މުއުމިނުން ފިޔަވައި ކާފަރުންނަކީ އެކުވެރި ވާގިވެރިންކަމުގައި ނުނަގާހުށިކަމެވެ! އެމީހުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކަލޭމެން ބިރުގަންނަނަމަ، (ރައްކާތެރިކަމެއްގެ ގޮތުގައި މަޖުބޫރުވެއްޖެ ޙާލަތެއްގައި) މެނުވީ މިފަދައިން ކަންތައްކޮށްފިމީހާއަށް، ﷲގެ ފަރާތުން އެހީތެރިކަމާއި ވާގިވެރިވެވޮޑިގަތުމެއް ނުވާނެއެވެ. ﷲ އިންޒާރުދެއްވަނީ އެއިލާހުގެ ފަރާތުން (ޢަޒާބުން) ކަލޭމެން ރައްކާތެރިވެތިބުމަށެވެ. އަދި އެނބުރި ދާހުށީ އެއިލާހުގެ ޙަޟްރަތަށެވެ.“ [سورة آل عمران: 28]


އަދިވެސް ﷲ ވަޙީކުރެއްވިއެވެ. ”قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ. قُلْ أَطِيعُواْ اللّهَ وَالرَّسُولَ فإن تَوَلَّوْاْ فإن اللّهَ لاَ يُحِبُّ الْكَافِرِينَ“ ”ވިދާޅުވާށެވެ! ކަލޭމެން ﷲއަށް ލޯބިވެތިވާނަމަ، ފަހެ، ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. ﷲ ކަލޭމެންނަށް ލޯބިވެވޮޑިގެންވާނެއެވެ. އަދި ކަލޭމެންގެ ފާފަތައް ފުއްސަވާދެއްވަވާނެއެވެ. އަދި ﷲއީ ފާފަފުއްސަވާ އޯގާވަންތަ އިލާހެވެ. ވިދާޅުވާށެވެ! ކަލޭމެން ﷲއަށާއި އަދި ރަސޫލާއަށް ކިޔަމަންތެރިވާށެވެ! ފަހެ، ކަލޭމެން އެނބުރިގަނެއްޖެނަމަ، ފަހެ ހަމަކަށަވަރުން ކާފަރުންދެކެ ﷲ ލޯބިވެވޮޑިއެއް ނުގަންނަވައެވެ.“ [سورة آل عمران: 31-32]


ﷲ ގެ ޢަދުއްވުންގެ ލަނޑުދަނޑިއަކީ ކޮބައިކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ. ”وَدُّواْ لَوْ تَكْفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَاءً فَلاَ تَتَّخِذُواْ مِنْهُمْ أَوْلِيَاء حَتَّىَ يُهَاجِرُواْ فِي سَبِيلِ اللّهِ“ ”އެމީހުން އެދެނީ، އެމީހުން ކާފިރުވީ ފަދައިން ކަލޭމެންވެސް ކާފިރުވާށެވެ. ފަހެ، އޭރުން ކަލޭމެން (އެމީހުންނާ) އެއްފަދަވާނެއެވެ. ފަހެ އެހެންކަމުން، އެމީހުން (އީމާންވެ) ﷲގެ މަގުގައި ހިޖުރަކޮށްފުމާށް ދާންދެން، އެމީހުންގެ ތެރެއިން އެކުވެރި ވާގިވެރިން ކަލޭމެން ނުނަގާށެވެ.“ [سورة النساء: 89]


”يَا أَيُّهَا الَّذِينَ آمَنُواْ لاَ تَتَّخِذُواْ الْيَهُودَ وَالنَّصَارَى أَوْلِيَاء بَعْضُهُمْ أَوْلِيَاء بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فإنهُ مِنْهُمْ إِنَّ اللّهَ لاَ يَهْدِي الْقَوْمَ الظَّالِمِينَ“ ”އޭ އީމާންވިމީހުންނޭވެ! ޔަހޫދީންނާއި ނަޞާރާއިން އެކުވެރި ވާގިވެރިންކަމުގައި ކަލޭމެން ނުނަގާށެވެ! އެމީހުންގެ އެއްބަޔަކީ އަނެއްބައެއްގެ އެކުވެރި ވާގިވެރިންނެވެ. އަދި ކަލޭމެންގެ ތެރެއިން މީހަކު، އެމީހުން އެކުވެރީން ކަމުގައި ނަގައިފިނަމަ، (ދަންނާށެވެ!) ފަހެ، އެމީހަކު ވަނީ އެބައިމީހުންގެ ތެރެއިންކަން ކަށަވަރެވެ. ހަމަކަށަވަރުން، އަނިޔާވެރިވެއްޖެ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.][سورة المائدة: 51]


އަދިވެސް ﷲ ވަޙީކުރެއްވިއެވެ. ”يَا أَيُّهَا الَّذِينَ آمَنُواْ مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللّهِ وَلاَ يَخَافُونَ لَوْمَةَ لآئِمٍ“ ”އޭ އީމާންވިމީހުންނޭވެ! ކަލޭމެންގެ ތެރެއިން ކަލޭމެންގެ ދީނުން ބޭރުވެ މުރުތައްދުވާ މީހާ، (ދަންނާށެވެ!) ފަހެ، ﷲ އެބަޔަކު ދެކެ ލޯބިވެވޮޑިގެންވާ، އަދި އެބަޔަކު އެއިލާހަށް ލޯބިވެތިވެގެންވާ ބަޔަކު، އެއިލާހު ގެންނަވާނެއެވެ. މުއުމިނުންނަށް މަޑުމޮޅި ބައެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ބައެކެވެ. ﷲގެ މަގުގައި ޖިހާދުކުރާ ބައެކެވެ. އަދި މަލާމާތްކުރާ މީހުންގެ މަލާމާތަށް ބިރުގަންނަ ބައެއް ނޫނެވެ.“ [سورة المائدة: 54]


އަދި އެހެންމެ، ޙަދީޘްތަކުންނާއި އާޘާރުތަކުގައި މިކަމަށްވާ ދަލީލުތައްވެސް ގިނަގުނަ އެވެ. އޭގެތެރެއިން ބައެއް ދަލީލުތައް ޛިކުރުކޮށްލާނަމެވެ.


(1) ޖަރީރް ބިން ޢަބްދު ﷲ ގެ އަރިހުން އިމާމް އަޙްމަދު ރިވާކުރެއްވިއެވެ. (تنصح لكل مسلم، وتبرأ من الكافر) [ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމަށާއި އަދި ކޮންމެ ކާފިރެއްގެ ކިބައިން ބަރީއަވުމަށް] ރަސޫލު ﷲ (صلى الله عليه وسلم) ގެ އަތްޕުޅަށް އޭނާ ބަޢިޔަތު ހިއްޕެވިއެވެ. (މުސްނަދު އަޙްމަދު، ޙަސަން ހަދީޘް)


(2) އަބީ ޝައިބާގެ ފަރާތުން ރިވާވެގެންވާގޮތުގައި ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. (أوثق عرى الإيمان الحب في الله والبغض في الله) [އީމާންކަމުގެ އެންމެ އިތުބާރުހުރި ވަރުގަދަ އުޅަކަކީ، ﷲއަށްޓަކައި ލޯބިވުމާއި އަދި ﷲއަށްޓަކައި ރުޅިއައުމެވެ.] (އަބީ ޝައިބާގެ އަލްއީމާން / އަލްބާނީ ޙަސަން ކުރެއްވި)


(3) އިބްނު ޢައްބާސް (رضي الله عنهما) ގެ އަރިހުން އައް-ޠަބަރާނީ އަލް-ކަބީރުގައި ރިވާކުރެއްވިއެވެ. ރަސޫލުﷲ (صلى الله عليه وسلم) ޙަދީޘްކުރެއްވި އެވެ. (أوثق عرى الإيمان الموالاة في الله والمعادة في الله، والحب في الله والبغض في الله) [އީމާންކަމުގެ އެންމެ އިތުބާރުހުރި ވަރުގަދަ އުޅަކަކީ، ﷲއަށްޓަކައި އެހީތެރިވުމާއި ﷲ އަށްޓަކައި ޢަދާވާތްތެރިވުމާއި އަދި ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ރުޅިއައުމެވެ.] (ޖާމިއުއްޞަޣީރު - އައްސުޔޫޠީ، އަލްބަނީ ޙަސަން ކުރެއްވި)


(4) އިބްނު ޖަރީރު ރިވާކުރެއްވި އިބްނު ޢައްބާސް (رضي الله عنهما) ގެ ބަސްފުޅެއްގައިވެއެވެ.(من أحب في الله وأبغض في الله، ووالى في الله، وعادى في الله فإنما تنال ولاية الله بذلك، ولن يجد عبد طعم الإيمان وإن كثرت صلاته وصومه حتى يكون كذلك، وقد صارت مؤاخاة الناس على أمر الدنيا وذلك لا يجدي على أهله شيئاً) [ﷲ އަށްޓަކައި ލޯބިވެ، ﷲއަށްޓަކައި ނުރުހުންވެ، އަދި ﷲއަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ﷲއަށްޓަކައި ޢަދާވާތްތެރި ވެއްޖެމީހާއަށް، މިކަމުގެ ސަބަބުން ﷲގެ އެހީތެރިކަން ލިބޭނެކަން ކަށަވަރެވެ. ކިތަންމެ ވަރަކަށް ނަމާދުކޮށް ރޯދަހިފިނަމަވެސް، އެފަދައިން ނުވާހާ ހިނދަކު އީމާންކަމުގެ (ޙަޤީޤީ) ރަހައެއް އަޅަކު ނުދެކޭނެ އެވެ. ދުނިޔަވީ ކަންތައްތަކުގެ މައްޗަށް މީސްތަކުން އެބައިމީހުންގެ ގުޅުންތައް ބަދަހިކުރަން ފަށައިފިކަން ކަށަވަރެވެ. އަދި އެކަމުން އޭގެ އަހުލުންނަކަށް އެއްވެސްކަމެއް (މަންފާއެއް) ހޯދައެއް ނުދެވޭނެއެވެ.] (ހިލްޔަތުލް އައުލިޔާ، ޖާމިޢުލް އުލޫމް ވަލް ޙުކުމް)


ޝައިޚް ސުލައިމާން ބިން ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަބްދުލް ވައްހާބް (رحمه الله) އިބްނު ޢައްބާސްގެ މިބަސްފުޅުތައް ޝަރަޙަކޮށްދެއްވަމުން ވިދާޅުވިއެވެ.


• (ووالى في الله - ﷲ އަށްޓަކައި އެހީތެރިކަން ފޯރުކޮށްދނުން): ﷲ އަށްޓަކައި ލޯބިވުމުގެ ލާޒިމުކަން މިކަމުން އަންގައިދެއެވެ. އަދި އެއީ އެކަމުގައި الموالاة (ގުޅުންބަދަހިކުރުން) އެވެ. އަދި އެކަމުން އިޝާރާތްކޮށްދެނީ، ހަމައެކަނި ލޯބިވުމަކުން ނުފުދޭނެކަމެވެ. އެކަމަކު، އެހީތެރިވެ ގުޅުންބަދަހިކުރުންވެސް އެ ލޯތްބާއިއެކު ހުރުން ލާޒިމުކަމެވެ. އަދި އޭގެތެރޭގައި ނުޞްރަތްތެރިވުމާއި، އޯގާވެރިވުމާއި، އިޙްތިރާމްކުރުމާއި، ލޯބިވާ މީހުންނާއިއެކު ސިއްރާއި ފާޅުގައިވުންވެސް ހިމެނެއެވެ.


• (وعادى في الله - ﷲ އަށްޓަކައި ޢަދާވާތްތެރިވުން): ﷲ އަށްޓަކައި ރުޅިއައުމުގެ ލާޒިމުކަން މިކަމުން އަންގައިދެއެވެ. އަދި އެއީ އެކަމުގައި المعاداة (ޢަދާވާތްތެރިވުން) އެވެ. އެއީ ޢަމަލީގޮތުން ޢަދާވާތްތެރިކަން ފާޅުކުރެވުނު ކޮންމެ ގޮތެކެވެ. މިސާލަކަށް ﷲގެ ޢަދުއްވުންނާ ދެކޮޅަށް ޖިހާދުކުރުމާއި، އެމީހުންގެ ކިބައިން ބަރީއަވުމާއި، އަދި ސިއްރާއި ފާޅުގައި އެމީހުންނާއި ދުރުހެލިވުމެވެ. އަދި އެކަމުން އިޝާރާތްކޮށްދެނީ، ހަމައެކަނި ހިތުން ރުޅިއައުމަކުން ނުފުދޭނެކަމެވެ. އެކަމަކު، ވެފައިވާ ވަޢުދާ އެއްގޮތަށް ޢަމަލުކުރުންވެސް (ޢަދާވާތްތެރިކަން ޢަމަލުން ދެއްކުންވެސް) އެ ރުޅިއާއިއެކު ހުރުން ލާޒިމުކަމެވެ. ﷲ ވަޙީކުރެއްވި ފަދައިންނެވެ. ”قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَءاؤا مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاء أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ“ ”އިބްރާހީމްގެފާނާއި އެކަލޭގެފާނާއި އެކުގައިވީ މީހުންގެ ކިބައިގައި ކަލޭމެންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) އެމީހުންގެ މީސްތަކުންނަށް އެމީހުން ބުނި ހިނދެވެ. ހަމަކަށަވަރުން އަހަރެމެން، ކަލޭމެންނާއި ﷲ ފިޔަވައި ކަލޭމެން އަޅުކަންކޮށް އުޅޭތަކެތީގެ ކިބައިން ބަރީއަވަމެވެ. ކަލޭމެންނަށް ކާފިރުވަމެވެ. (އިންކާރުކުރަމެވެ.) އަދި ﷲއަށް އެކަނި ކަލޭމެން އީމާންވުމަށް ދާންދެން، ކަލޭމެންނާއި އަހަރެމެންނާއި ދެމެދު، ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އަބަދުގެ އަބަދަށް ފާޅުވެއްޖެއެވެ.“ [سورة الممتحنة: 4] (ތައިސީރުލް ޢަޒީޒުލް ޙަމީދު – ކިތާބުއްތަޥްޙީދުގެ ޝަރަޙަ)


އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންތައްތަކުން ސާފުވެގެންދަނީ، ﷲއަށްޓަކައި الولاء (އެހީތެރިކަން ފޯރުކޮށްދީ ގުޅުންބަދަހިކުރުން) އަކީ، ﷲއަށް ލޯބިކުރުމާއި އެއިލާހުގެ ދީނަށް ނަޞްރުދިނުމާއި، އަދި އެއިލާހުގެ އެކުވެރި ވާގިވެރިންނަށް (މަގަށް ތަބަޢުވާ މީހުންނަށް) ލޯބިކުރުމާއި އެމީހުންނަށް ނަޞްރުވެރިވުމެވެ. އަދި البراء (ރުޅިއައުމާއިއެކު ޢަދާވާތްތެރިވުން) އަކީ، ﷲގެ ޢަދުއްވުންދެކެ ރުޅިއައުމާއި އެމީހުންނާ ދެކޮޅަށް ޖިހާދުކުރުމެވެ. އަދި މިކަމުގެ މައްޗަށް ﷲވަނީ ފުރަތަމަ ބައިގަނޑަށް أولياء الله (ﷲގެ އެކުވެރި ވާގިވެރިން) އަދި ދަވަނަ ބައިގަނޑަށް أولياء الشيطان (ޝައިޠާނާގެ އެކުވެރި ވާގިވެރިން)ގެ ނަމުން ނަން ދެއްވަވާ ތަޤްސީމްކުރައްވަވާފައެވެ. ﷲ ވަޙީކުރެއްވިއެވެ. ”اللّهُ وَلِيُّ الَّذِينَ آمَنُواْ يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّوُرِ وَالَّذِينَ كَفَرُواْ أَوْلِيَآؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ أُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ“ ”އީމާންވީމީހުންގެ އެކުވެރި ވާގިވެރިވެވޮޑިގަންނަވާ ފަރާތަކީ ﷲއެވެ. އެއިލާހު، އެމީހުން އަނދިރިކަމުގެ ތެރެއިން އަލިކަމަށް ނެރެދެއްވައެވެ. އަދި ކާފިރުވީމީހުންގެ އެކުވެރި ވާގިވެރިންނަކީ ޠާޣޫތެވެ. އެޠާޣޫތު، އެމީހުން އަލިކަމުގެ ތެރެއިން އަނދިރިކަމަށް ނެރެދެއެވެ. ނަރަކައިގެ އަހުލުވެރިންނަކީ އެއީއެވެ. އެބައިމީހުން އެތަނުގައި ދާއިމަށް ދެމިތިބޭނެއެވެ.“ [سورة البقرة: 257] އަދިވެސް ﷲ ވަޙީކުރެއްވިއެވެ. ”الَّذِينَ آمَنُواْ يُقَاتِلُونَ فِي سَبِيلِ اللّهِ وَالَّذِينَ كَفَرُواْ يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُواْ أَوْلِيَاء الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا“ ”އީމާންވީމީހުން ހަނގުރާމަކުރަމުންދަނީ ﷲގެ މަގުގައެވެ. އަދި ކާފިރުވީމީހުން ހަނގުރާމަކުރަމުންދަނީ ޠާޣޫތުގެ މަގުގައެވެ. ފަހެ، ޝައިޠާނާގެ އެކުވެރި ވާގިވެރިންނާ ދެކޮޅަށް ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ރޭވުން ވަނީ ބަލިކަށިވެގެންނެވެ.“ [سورة النساء: 76]


ޢަދާވާތްތެރިން ނެތި، މި ތަޥްޙީދާއިގެން ފޮނުއްވި އެއްވެސް ނަބިއްޔެއް ﷲ ނުފޮނުއްވަވާކަން ދަންނާށެވެ. ﷲ ވަޙީކުރެއްވިއެވެ. ”وَكَذَلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوًّا شَيَاطِينَ الإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا “ ”އަދި ހަމައެފަދައިން، ތިމަންﷲ ކޮންމެ ނަބިއްޔަކަށްވެސް ޢަދުއްވެއްގެ ގޮތުގައި އިންސީންނާއި ޖިންނީންގެ ތެރެއިން ޝައިޠާނުން ލެއްވީމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކަށް ޒީނަތްތެރިކުރެވިފައިވާ މަގުފުރެދޭ ބަސްތަކުން ވަސްވާސް ދީއުޅެއެވެ.“ [سورة الأنعام: 112]


ތަޥްޙީދުގެ ޢަދުއްވުންނަށް ބައިވަރު ޢިލްމުތަކާއި، ފޮތްތަކާއި، ޙުއްޖަތްތައް ލިބިފައިވާކަން ކަށަވަރެވެ. ﷲ ވަޙީކުރެއްވި ފަދައިންނެވެ. ”فَلَمَّا جَاءتْهُمْ رُسُلُهُم بِالْبَيِّنَاتِ فَرِحُوا بِمَا عِندَهُم مِّنَ الْعِلْمِ وَحَاقَ بِهِم مَّا كَانُوا بِهِ يَسْتَهْزِؤُون “ ”ފަހެ، އެމީހުންގެ ރަސޫލުން (ﷲގެ ފަރާތުން) ސާފު ހެކިތަކާއިއެކު، އެމީހުންގެ ގާތަށް އައުމުން، އެމީހުންގެ ކިބައިގައިވާ (ދުނިޔޭގެ) ޢިލްމާއިމެދު (ބޮޑާވެރިވެ) އުފާކުރިއެވެ. އަދި އެމީހުން ފުރައްސާރަކޮށް އުޅުނު ކަންތައް (އެބަހީ، ޢަޛާބު) އައިސް އެމީހުން ވަށައިލިއެވެ.“ [سورة غافر: 83]


ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، ޝައިޠާނާގެ ވާގިވެރިންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް، ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކޮންމެ ކަމެއް، ﷲގެ ދީނުން އުނގެނި ދަސްކުރުމެވެ. އަދި އެހެންމެ، މިކަމުގައި ބިރުގަތުމެއް އަދި ހިތާމަވެރިވުމެއް ނެތެވެ. އެހެނީ ”كَيْدَ الشَّيْطَانِ كَانَ ضَعِيفًا“ ”ޝައިޠާނާގެ ރޭވުން ވަނީ ބަލިކަށިވެގެންނެވެ.“ އަދި މުޥައްޙިދުން (ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާމީހުން)ގެ ތެރެއިން ޢާއްމު އެންމެ މީހަކުވެސް، އެއްހާސް މުޝްރިކު ޢިލްމުވެރިންގެ މައްޗަށް ގަދަވެގެންވެއެވެ. ﷲ ވަޙީކުރެއްވިއެވެ. ”وَإِنَّ جُندَنَا لَهُمُ الْغَالِبُونَ“ ”އަދި ކާމިޔާބުވާނެކަން ކަށަވަރީ ތިމަންﷲގެ ބައިގަނޑެވެ.“ [سورة الصافات: 173] ފަހެ، ކަނޑިއާއި ލޮންސިން ކާމިޔާބުވާ ފަދައިން، ޙުއްޖަތާއި ދުލުންވެސް ކާމިޔާބުވާނީ ﷲގެ ބައިގަނޑެވެ. [ކަޝްފުއް ޝުބުހާތި / މަޖްމޫޢަތުއް ރަސާއިލް ވަލް މަސާއިލުއްނަޖްދިއްޔާ]


އިސްލާމްދީނުގެ ޢަދުއްވުން؛ މުލްޙިދުންނާއި، ޔަހޫދީންނާއި، ނަޞާރާއިންނާއި، މޮޑަރނިސްޓުންނާއި، ޞުހްޔޫނީންނާއި، ކޮމިއުނިސްޓުން ކަމުގައިވިޔަސް، އެމީހުންގެ މަޤްޞަދަކީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް ކިލަނބުކޮށްލުމެވެ. އަދި އެމީހުންގެ އެއްބައިވަންތަކަމުގެ ޝަޚްޞިއްޔަތު ބައިބައިކޮށްލުމެވެ. އިޚްތިޔާރު ކުރެވިފައިވާ މީހުންގެ ”ޙިމާރެއް“ ކަމުގައި އެމީހުން ހެދުމެވެ. ޞުހްޔޫނީންގެ ވެރިންގެ ޕްރޮޓޮކޯލްތަކުން އެކަން ހާމަވެގެންދެއެވެ. އެހެންކަމުން، އަހަރެމެންނަށާއި، އަހަރެމެންނާއި އެކުގައިވާ މީހުންނަށް ރައްކާތެރިކަން ލިބިއްޖެއުމަށް ދާންދެން، ކޮންމެ މުސްލިމަކަށްވެސް މިމަޥްޟޫޢު ސާފުވެ އެނގުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ.


އެއީ ޢާއްމުކޮށް ހުރިހާ މުސްލިމުންނަށްވެސް އެކަން އެންގުމަށްޓަކައެވެ. ޚާއްޞަކޮށް މުރުތައްދުގެ ވަޅުގަނޑަށް ކައްސާލަމުންދާ މުސްލިމުންނަށެވެ. އަދި ކާފަރުން ގޮވަމުންދާ ”އަޚުވަންތަކަމާއި އަދި ހަމަހަމަކަން“ އަދި ”ދީން ވަނީ ﷲއަށް، ވަޠަން ވަނީ އެންމެނަށް“ ފަދަ ޝުބުހީ ގޮވާލުންތަކުން ރައްކާތެރިވެ ތިބުމަށް އިންޛާރުދިނުމަށެވެ. އަދި މިކަމުގެ ތަފްޞީލަށް އެހެން ބާބެއްގައި ބަލައިލާނަމެވެ.

އެހީތެރިވެ ގުޅުންބަދަހިކުރުމަކީ لا إله إلا الله ގެ ވާޖިބިއްޔަތުގެ ތެރެއިންވާ ކަމެއްކަން، ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން ސާފުކޮށް އެނގިއްޖެއެވެ. އަދި އޭގެ މާނަ ފުރިހަމަކޮށްދޭ މުހިއްމު ބައެއްކަން އެނގިއްޖެއެވެ. އިބްނު ތައިމިއްޔާ (رحمه الله) ވިދާޅުވި ފަދައިންނެވެ.


”لا إله إلا الله އަށް ހެކިވާ ހެކިވުމުން ފުރިހަމަވުމަށް ބާރުއަޅަނީ، ﷲއަށްޓަކައި މެނުވީ ލޯބިނުވުމަށާއި، ﷲއަށްޓަކައި މެނުވީ ރުޅިނައުމަށާއި، ﷲއަށްޓަކައި މެނުވީ ގުޅުންބަދަހިކޮށް ވާގިވެރި ނުވުމަށާއި، ﷲއަށްޓަކައި މެނުވީ ޢަދާވާތްތެރި ނުވުމަށާއި، އަދި ﷲ ލޯބިވެވޮޑިގަންނަވާ ފަރާތެއްދެކެ ލޯބިވުމަށާއި، ﷲ ނުރުއްސަވާ ފަރާތެއްދެކެ ނުރުހުންވުމަށެވެ.“ [އަލްއިޙްތިޖާޖް ބިލް ޤަދްރި]


އަދި ހަމައެހެންމެ، މުސްލިމުން ފެނުނު ކޮންމެ ތަނަކުން އެބައިމީހުންނާއި ގުޅުންބަދަހިކޮށް އެހީތެރިވުމަށާއި އަދި ތިމާގެ ގާތްތިމާގެ މީހުނެއްކަމަކު ޢަދާވާތްތެރިންނާ ބަރީއަވެ ދުރުހެލިވުމަށެވެ.


ދެންފަހެ، ޢަޤީދާގެ ދެބައިކުޅަ އެއްބައި، އަދި އެއާއިނުލާ ފުރިހަމަ ނުވާ އޭގެ ދެވަނަ ރުކުންކަމުގައިވާ، الكفر بالطاغوت (ޠާޣޫތުންނަށް ކާފިރުވުން) އަކީ الولاء والبراء ގެ ތެރެއިންވާ ކަމެއްކަން ކަށަވަރެވެ. ﷲ ވަޙީކުރެއްވިއެވެ. ”فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىَ “ ”ފަހެ، ޠާޣޫތަށް ކާފިރުވެ، އަދި ﷲއަށް އީމާންވެއްޖެމީހާ، ފަހެ، އިތުބާރުހުރި ވަރުގަދަ އުޅަކުގައި ހިފައިފިކަން ކަށަވަރެވެ.“ [سورة البقرة: 256] ޠާޣޫތައް ކާފިރުނުވާ މީހާ މުއުމިނެއް ކަމުގައި ނުވާނެއެވެ. އަދި އެއީ ﷲ ފިޔަވައި ތަބަޢުވެވޭ، އެދިދެންނެވޭ ނުވަތަ ބިރުވެތިވެވޭ ކޮންމެ އެއްޗެކެވެ. ފަހެ، އީމާންކަން ޤަބޫލުވެވި، އިތުބާރުހުރި އުޅަކުގައި ހިފުމަށްޓަކައި، ޠާޣޫތުންނަށް ކާފިރުވުމަކީ ބަރަކާތްތެރި އާޔަތުގައިވާ ފަދައިން ލާޒިމުވެގެންވާ ކަމެކެވެ.


(ނޯޓް: މި މަޥްޟޫޢާއި ގުޅުންހުރި މިންވަރު ބަޔާންކުރައްވާ، މިތަނުގައި ޝައިޚް ވަރަށް ތިލަކޮށް ބަޔާންކުރައްވަނީ ޠާޣޫތަށް ކާފިރުވުމަކީ ކިހާވަރެއްގެ ކަމެއްކަމެވެ. އެއްވެސް ޙާލެއްގައި ﷲ ފިޔަވައި އެހެންފަރާތަކަށް ތަބަޢުވާ، އެދިދަންނަވާ އަދި ބިރުގަންނަ ކޮންމެ މުސްލިމަކު ޢައްޔަންކޮށް އީމާންނުވާމީހެއްކަމަށް ނިންމަވަނީއެއް ނޫނެވެ. ޝައިޚް ބަޔާންކުރައްވާފައިވާ ޢާއްމު އެއްވެސް އުޞޫލެއް، މުސްލިމެއްގެ މައްޗަށް ޚާއްޞަކުރުމުގައި، ބަލަންޖެހޭ ކަންކަން ބަލައި އެކަމަށް ޤާބިލު ފަރާތެއް މެނުވީ އެފަދަކަންކަން ކުރުމުން ރައްކާތެރިވެލައްވަން ޖެހޭނެއެވެ.)


އަޞްލު: ސުޢޫދީ ޢަރަބިއްޔާގެ ލަޖްނާ ފަތުވާ ކޮމިޓީގެ ކުރީގެ ނައިބު ރައީސް الشيخ عبد الرزاق عفيفي (رحمه الله) އިސްބަސް ދެއްވާފައިވާ، الشيخ محمد بن سعيد القحطاني (حفظه الله) ގެ ”الولاء والبراء في الإسلام“ (އިސްލާމްދީނުގައި ގުޅުންބަދަހިކުރުމާއި ބަރީއަވުން) މި ފޮތުން ތަރުޖަމާކުރެވިފައި.

www.click4islam.com

14 އޮގަސްޓު 2010 -


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page