top of page
Featured Posts
އަބޫ މުޙައްމަދު

ޝެއިޚް އަލްބާނީ (رحمه الله) އާއި ޝެއިޚް ބިން ބާޒް (رحمه الله) އާއި ބެހޭގޮތުން ޝެއިޚް އަބޫ ޤަތާދާގެ ބ



ޝާއިޢުކުރީ: އަބޫ މުޙައްމަދު

ހިމެނޭ ބައި: شيخ ابو قتادة الفلسطيني (حفظه الله)



”ޝެއިޚް މުޙައްމަދު ނާޞިރުއްދީން އަލްބާނީ (رحمه الله) އަށް ބަލާއިރު ޝެއިޚަކީ މުހިއްމު ބިންގަލެކެވެ. މިޒަމާނުގެ ޢިލްމުގެ ހޭލުންތެރިކަމުގެ ކިއްލާތަކުގެ ތެރެއިން ކިއްލާއެކެވެ. ޚާއްޞަގޮތެއްގައި ޙަދީޘް ޢިލްމަށް ބަލާއިރުއެވެ. އަދި ހަމައެހެންމެ ފިޤުހުގެ ކަންތައްތަކުގައާއި މަންހަޖުގައިވެސްމެއެވެ. އެކަލޭގެފާނާއި ބެހޭގޮތުން، ޚާއްޞަކޮށް ޢިލްމުވެރީން ފޮތް ލިޔުއްވާފައި އެބަހުއްޓެވެ. އަދި މިލިޔުއްވުންތަކުގައި އެހެން ޢިލްމުވެރީންގެ ތެރެއިން ޝެއިޚް އަލްބާނީ (رحمه الله) ޚާއްޞަކޮށް ފާހަގަކުރައްވާފައިވެއެވެ. ޝެއިޚް އަވަހާރަވުމުން، ޝެއިޚާ ބެހޭގޮތުން، ދެދަރުސެއްގައި އަހަރެން ވާނީ ވާހަކަދައްފައެވެ. އެދަރުސްތަކުގައި ޝެއިޚުގެ ޚިދްމަތްތަކަކީ ކޮބައިކަމާއި ބެހޭގޮތުންނާއި، އަދި ޝެއިޚާއި ތަޢާރުޟުވާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެއްކީމެވެ.


އަހަރެންނަކީ ޝެއިޚުގެ ފަރާތުން މޫނު އަނބުރާލާ މީހެއް ނޫނެވެ. އަދި ކިއެއްތަ އަހަރެން ޝެއިޚަށް ކަނުކޮށްވެސް ތަބަޢުއެއް ނުވަމެވެ. އަހަރެން ޝެއިޚަށް ބުނާނީ، އައްޛަހަބީ އިބްނި ހަޒަމްއަށް ވިދާޅުވިފަދައިންނެވެ. ’އަބޫ މުޙައްމަދު، ނަބިއްޔާ (صلى الله عليه وسلم) އަށް ލޯބިކުރާ މިންވަރުގެ ސަބަބުން އަހަރެން އޭނާއާއި މެދުވެސް ލޯބިވެއެވެ. އަދި އޭނާއަކީ ކާފަރެއް ނުވަތަ މަގުފުރެދިފައިވާ މީހެއް ކަމުގައި އަހަރެން ނުދެކެމެވެ.‘


ޝެއިޚް އަލްބާނީގެ ޝަޚްޞިއްޔަތަކީ ވަރަށްވެސް ގިނަ ކަންތައްތަކުން އެކުލެވިގެންވާ ޝަޚްޞިއްޔަތެކެވެ. ކޮންމެ ޢިލްމުގެ އަހުލުވެރިއެއްގެ ގައިގާ ހުންނަންޖެހޭ އެންމެހާ ސިފަތަށް ޝެއިޚްގެ ގައިގާ އެކުލެވިގެންވެއެވެ. ޢިލްމު ހޯދުމުގެ މަގުގައި ކެތްތެރިވުން ފަދަ ސިފަތަކާއި ފޮތްކިޔުމުގައި ޝެއިޚްގެ ހިންމަތާއި މިންނަތެވެ. އަދި ޝެއިޚް ޤަބޫލުފުޅުކުރައްވާ ކަމަކަށް ޝެއިޚް ވަރަށް އިސްކަންދެއްވަވައިގެން އެކަމަކައިގެން އުޅުއްވައެވެ. މިފަދަ ކޮންމެ ސިފައެއް ބަޔާން ކޮށްދިނުމުގައި އެތައް އެތައް ޞަފްޙާތަކެއް ބޭނުންވާނެއެވެ. ޝެއިޚަކީ އެކަލޭގެފާނުގެ އަމިއްލަ މަސައްކަތްފުޅުން އުފެދިގެން އަދި ކުރިއަރައިގެން ދިޔަ ބޭކަލެކެވެ. ޝެއިޚަށް ލިބިލެއްވި ޤަދަރާއި ޢިއްޒަތަކީ އެކަލޭގެފާނުގެ ޙިންމަތާއި މިންނަތުން އޮހޮރި ދާފުޅުގެ ނަތީޖާއެވެ. އަދި އޭގެ ސަބަބުން ޢިލްމުވެރިންގެ ސަފަށް އެކަލޭގެފާނު ދަތުރުފުޅުކުރެއްވިއެވެ. އަދި ހަމައެކަނި ޢިލްމުވެރިންގެ ސަފަށް އަރާވަޑައިގަތީކީ ނޫނެވެ. އެހެނެއްކަމަކު ސަފުގެ އެންމެ ކުރިއަށް އަރާވަޑައިގެތެވެ. މިހިސާބަށް އެކަލޭގެފާނު ދަތުރުފުޅުކުރެއްވީ އެއްވެސް ސަރުކާރެއް، މުއައްސަސާއެއް ނުވަތަ ޕާރޓީއެއްގެ އެހީ ހޯއްދަވައިގެނެއް ނޫނެވެ. ޝެއިޚުގެ ފޮތްތައް ބަލާ ދިރާސާ ކުރާމީހަކަށް ޝެއިޚު އެދަރަޖައަށް ވާޞިލުވުމަށްޓަކައި ކޮށްފައިވާ މިންނެތް މަސައްކަތްތައް ހާމަވެގެންދާނެއެވެ. ޒުވާނުންތަކަށް ދަޢްވަތު ފޯރުކޮށްދީ އެޒުވާނުންތައް އިޞްލާޙު ކުރުމަށްޓަކައި ޝެއިޚް ކޮށްފައިވާ މިންނެތް މަސައްކަތްތަފުޅުތަކާއި އެކަމުގައި ޝެއިޚް ކެތްތެރިވެލެއްވި މިންވަރު ޝެއިޚްގެ ދިރިއުޅުއްވުން (ސިޔަރަތު) ބައްލަވާލެއްވި ކޮންމެ މީހަކަށް، އެނގި ހާމަވެގެންދާނެވެ.


ޙަދީޘް ޢިލްމުގެ ސަބަބުންނާއި މަޛްހަބުތަކަށް ތަޢައްޞުބުވުމުން ދުރުހެލިވުމަށް ގޮވާލެއްވުމުންނާއި އަދި މިހުރިހާ ކަމެއްގެ ސަބަބުން، ޝެއިޚުވެގެންދިޔައީ ޤަދަރުވެރި ބޭކަލެއްގެ ގޮތުގައެވެ. މިޙައިޞިއްޔަތުން މުޅި އިސްލާމީ އުއްމަތް ވަނީ ޝެއިޚަށް ދަރަނިވެރިވެފައެވެ. އަދި އެއީ މީސްތަކުން މިދެ މައްސަލައާއި މެދު ޝެއިޚާއި އެއްބަސްވެނުލެއްވި ކަމުގައިވިޔަސްމެއެވެ. އެހެނީ މީސްތަކުން ހުރިހާ އެނބުރުމެއް އެނބުރިފައިވެސް ރުޖޫޢުވަނީ ޝެއިޚަށެވެ. (އެބަހީ: ޝެއިޚުގެ މަސައްކަތްފުޅަށް ރުޖޫޢަވާ ވާހަކައެވެ.)

އަދި މިދަރުސްގައި ދެން ބަޔާން ކޮށްދިނީ އީމާން ކަމުގެ ބައެއް މައްސަލަތަކުގައި ޝެއިޚްގެ ވިސްނުންފުޅާއި ބެހޭގޮތުނެވެ. އަދި ވަރަށްބޮޑަށް އިޚްތިލާފްވެފައިވާ ބައެއް ފިޤްހީ މައްސަލަތަކާއިބެހޭގޮތުންނެވެ.“


ޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް (رحمه الله).


”ޙަޤީޤަތަކީ ޝެއިޚް ބިން ބާޒް (رحمه الله) އިސްލާމްދީނާއި އެދީނުގެ އަހުލުވެރިންނަށް ނަޞްރު ދެއްވުމުގައި ކޮށްދެއްވާފައިވާ މިންނެތް މަސައްކަތްފުޅުތަކަށް އަހަރެންގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރެއްވަނީ ދެވިފައެވެ. އަހަރެން މިވާހަކަ އަބަދުވެސް ތަކުރާރު ކުރާ ސަބަބަކީ ކޮންމެ ޠަލަބަލް ޢިލްމެއްގެ (ޢިލްމު އުނގެނޭ މީހުން) ގައިގާ ޝެއިޚްގެ ސަބަބުން ހެޔޮ އަޘަރުތަކެއް ކޮށްފައިވުމުގެ ސަބަބުން މިކަމަކީ ޙައްޤާއި ދުރުނޫންކަމެއްކަން އަހަންނަށް ވިސްނޭތީއެވެ.


އެއްވެސް ޝައްކެތް ނެތްގޮތުގައި ޝެއިޚް ބިން ބާޒް (رحمه الله) އަކީ ފިޤްހުގެ އިމާމެކެވެ. އަދި ޝެއިޚުގެ ދުވަސްވަރުގައި ފިޤްހު ޢިލްމުގައި ޝެއިޚާ އެއްވަރު އެހެން މީހަކު ހުރިކަމަކަށް އަހަރެންނަކަށް ނުފެނެއެވެ. ޚާއްޞަކޮށް ޢިބާދާތުގެ (އަޅުކަމުގެ) ކަންތައްތަކުގައެވެ. ޝެއިޚަކީ އެހެން މީހުންގެ ޙައްޤުތަކަށް އިޙްމާލުވުމެއްނެތި ކޮންމެ ދާޢީއަކަށް އަދި ކޮންމެ އިސްލާމީ ޖަމާޢަތަކަށް އެހީތެރިވެދެއްވި ބޭކަލެކެވެ. ހިތާމަޔަކީ ބައެއް މިފަދަ ޖަމާޢަތްތަކުން ޝެއިޚްގެ ފައިދާ ނޭދެވޭގޮތުގައި ނަގަންފެށުމެވެ. އަދި ޝެއިޚަށް މިކަން އެނގިލެއްވިއެވެ. އަދި މީގެ ސަބަބުން ޝެއިޚް އެކަންތައްތަކަށް ބެއްލެވިއެވެ. ކޮންމެއަކަސް ޝެއިޚަކީ ފަސްޖެހިވަޑައިގަންނަވާ ބޭކަލެއް ނޫނެވެ. ޝެއިޚްގެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މަދީނާ ގައި ބިނާކުރެވުނު އިސްލާމިކް ޔުނިވާރސިޓީގެ އުފެއްދުންތެރިން ކަމުގައި ވުން ހިމެނެއެވެ. ނަމަވެސް ހިތާމަޔަކީ މިއަދު އެތަންވަނީ ފުނޑު ފުނޑު ކޮށްލެވިފައެވެ. އެހެންނަމަވެސް އެތަން ވެގެންދިޔައީ ހުރިހާ ޤައުމުތަކަށް އިސްލާމީ ދަޢްވަތު ފޯރުކޮށްދިނުމުގައި މެދުވެރިވި ސަބަބެއް ކަމުގައެވެ.


އެހެނެއްކަމަކު ޝެއިޚުގެ އެންމެ ބޮޑު ކުށަކީ އާލްސަޢުދަށް ކިޔަމަންތެރިވުމަށް ފަހުގައި ސަރުކާރުގެ ފަރާތުން ދިން މަޤާމުތަކަށް ހެއްލިގެންދިޔުމެވެ. އަދި އަނިޔާވެރިންގެ މަކަރުވެރި ރޭވުމަށް ޝެއިޚް އިހްމާލުވެ ވަޑައިގަތުމުގެ ސަބަބުން މުޅި އިސްލާމީ އުންމަތާއި ގުޅުން ހުރި ބޮޑެތި ކުށްތަކަށް (ގޯސްތަކަށް) ޝެއިޚް ވެއްޓިގެން ދިޔުމެވެ.


ހަމައެކަނި ޖާހިލެއް ނުވަތަ ހަސަދަވެރި މީހެއް މެނުވީ ޝެއިޚް އިސްލާމީ ދަޢްވަތުގެ ރޮނގުން އިސްލާމީ އުއްމަތަށް ކޮށްދީފައިވާ ޚިދްމަތްތަކާއި މެދު ދެބަސްވެ އިންކާރެއް ނުކުރާނެވެ. އެހެންނަމަވެސް މިއަނިޔާވެރި އާލްސަޢުދަށް ޝެއިޚް ކިޔަމަންތެރިވުމުގެ ސަބަބުން ޝެއިޚްގެ ގިނަ ހެޔޮ ޢަމަލުތަކެއް ހަލާކުކޮށްލިއެވެ. އަދި މިއަދު ޝެއިޚްވަނީ އެންމެ ދީލަތިވަންތަ ފަރާތުގެ އަތްޕުޅު މަތީގައެވެ. އަދި ޝެއިޚްގެ ދިފާޢުގައި ޝެއިޚްގެ ފަރުބަދަތައްހާ ގިނަ ގުނަ ހެޔޮކަންތައްތައް އެބަހުއްޓެވެ. އަދި ޝެއިޚު ދިފާޢު ކުރުމަށް ޝެއިޚަށް އަހަރެމެންގެ ފަރާތުން ބޭނުންވެ ނުލައްވައެވެ...“

އަޞްލު: www.iskandrani.wordpress.com

www.click4islam.com

10 އޭޕްރީލް 2010 (ހޮނިހިރު)


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page