އޭ ޖިހާދުގެ މަގު އޮޅުވާލި ޢިލްމުވެރިންތަކާ އެވެ!!
( ކާފަރުން މުސްލިމުން ނެތި ކުރާއިރު ޢިލްމުވެރިން ބަހުޘް ކުރަނީ އަޕްނޯސްކައްޓެއްގެ މައްޗަށް އެރޭނީ ކިތައް ޝައިޠާނުންތޯއެވެ )
ހުރިހާ ޙަމްދެއްވެސް ވަނީ ﷲ މަގުގައި ޖިހާދު ކުރުމަކީ އަހަރެންނަށް ފަރުޟް ޢައިނެއްކަން ފަހުމް ކޮށްދެއްވައި ނަރަކައިގެ ތުންފަތް މަތިން ސަލާމަތް ކޮށްދެއްވި ގަދަ ކީރިތި ވަންތަ ޞާހިބުވަންތަ އެއްކައުވަންތަ އަޅުތަކުންދެކެ ނުހަނު ލޯބިވެވޮޑިގެންނަވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެއެވެ. ހެޔޮ ދުޢާ ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ﷲ ގެ މަގުގައި ޙައްޤު ޖިހާދުކުރައްވާ، ހަނގުރާމަކުރާނޭ ގޮތް ދައްކައިދެއްވާ، ޝަހީދުވުމަށް ލޯބިކުރެއްވި ލޯބިވާ ނަބިއްޔާ محمد صلى الله عليه وسلم އަށެއެވެ.
އަޚުންނާއި އުޚުތުންނެވެ. އަހަރެންނަކީ ވެސް ދިރިއުޅުމަށްޓަކާ ފޮނި ހުވެފެން ތަކެއް ދެކެމުން، ދުނިޔެވީ އުފާތަކުގައި އުޅެމުން އައި ޒުވާނަކީމެވެ. އަބަދުވެސް ޢަޒުމަކަށް ވެފައި އޮތީ ކާމިޔާބު ދިރިއުޅުމެއް އުޅުމެއް، އުފަލުގައި އުޅުމުގެ ޢަޒުމެއެވެ. އެހެން ކަމުން ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ދުނިޔެ ދައްކާ އުޞޫލުން ދިރިއުޅުމުގެ މިޞްރާބުގެ ބޮއްކުރާ ދުއްވަމުން ދިޔައިމެއެވެ. އޭރަކު ގަދަ ވައިޖެހޭ ދިމަ ދިމާލަށް ދީލާ ލަމުން ހޭރިޔާ ކުރަމުން ، ގަދަ ވިއްސާރައަށް މަޑު ކުރަމުން ދިޔައިމެއެވެ. ސުކޫލުން ކިޔަވައި ނިމިގެން އިތުރު ކޯސްތަށް ހަދަމުން އެހެން ކުދިންނެކޭ އެއްފަދަ އެއްމަގަކުން ހިނގަމުން ދިޔައިމެއެވެ. ދެން ޖެހުނީ ވަޒީފާގެ މާހައުލަށް ނިކުންނާށެއެވެ. އަވަހަށް ނިކުތީއެވެ. މި ގޮތުގައި ދިރިއުޅުން ނާކާމިޔާބުވެދާނެކަމަކުން ސަލާމަތް ކުރުމަށްޓަކާ ހަދަން ޖެހޭ ސަލާމަތީ ކޯސްތަށް (ޓެކްލޮނޮޖީގެ) ހަދަމުން ބާރަށް ދިޔައިމެއެވެ. އަބަދުވެސް ވިސްނުމުގައި ވަނީ އެއް އަމާޒެކެވެ. އުފާވެރި ކަމާއިއެކު ހަމަޖެހިލައިގެން ދިރިއުޅުމެއެވެ.
އަޅުކަމުގެ ދާއިރާ ތޯއެވެ؟ އެކަމުގައި އަހަރެން އުޅެނީ ވަރަށް ފަހަތުގައެވެ. ފަރުވާ ބަހައްޓައިގެން ކުރާ ކަންކަމުގެ ލިސްޓަށް އަޅުކަންތައް ނުވަދެޔޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަގުތު ނޯންނާތީ އޭ ކިޔާ ހަވާ ނަފްސަށް ތަބާ ވެވެއެވެ.
އެހެން ދުވަހެކޭ އެއްފަދަ އިން އަހަރެން އާދައިގެ މަތިން އެކި އެކި ވެބްސައިޓްތަކަށް ވަންނަމުން އަހަރެން ދިޔައިމެއެވެ. އަހަރެން ކޮންމެ ދުވަހަކުގެ ރާއްޖޭގެ ޚަބަރުތައް އަމިއްލައަށް ދިރާސާކުރަމުން ދަމެވެ. އެކި ސައިޓްތަކަށް ޒިޔާރަތް ކުރަމުންދަނިކޮށް އަހަރެންނާ ދިމާވީ ވަރަށް އާދަޔާއި ޚިލާފް ވެބް ސައިޓަކާއި އެވެ. ދިވެހި ވެބް ސައިޓެއްކަމުން ދެވަނަ ވިސްނުމަކަށް ދާކަށްވެސް ނުޖެހުނެވެ. ..."ޢިބްރަތް ތެރި ވާހަކަ".. މިއިން ވާހަކަ އެއް ކިޔަންފެށީމެވެ. ﷲ ގަންދީ ބުނަމެވެ. އެތަނުން އެއްވާހަކަ ކިޔާލިތަނާ އަހަންނަށް ހީވީ ވަރަށް ބާރު ސްޕީޑްގައި ދުއްވަމުން ދިޔަ ކާރު ކުއްލިއަކަށް ބްރެކި ޖެއްސުނު ހެންނެވެ. ވީގޮތެއްވެސް ނޭނގުނެވެ. ހިތައް އެރިއެވެ. މިހާރީތި ޢިބްރަތްތެރި ވާހަކަ ހުރޭ ހެއްޔެވެ؟ ވަރަށް ޢިބްރަތްތެރި ވާހަކަ އެކެވެ. ފުންނޭވާއަކަށްފަހު އެއް ވާހަކަ އަށް ފަހު އަނެއް ވާހަކައެކެވެ. ހައިރާންވާހާ ރީތި ވާހަކަ ތަކެކެވެ. އިސްލާމީ ތާރީޚްތަކުގައި ހިނގައިފައިވާ ކަރާމާތް ތަކާއި ޢިބްރަތުން ފުރިގެންވާ ކަންތައްތަކެވެ. އަހަރެންގެ ސިކުނޑި ގުޑިގެން ދިޔަ ކަހަލައެވެ. އުޅެވުނު ގޮތް ހަދާންވެ ލަދުވެސް ގަތެވެ. ދެރަވެސް އިންތިހާއަށް ވިއެވެ. އަހަރެން އަޅުކަންތަކާއި ގާތްވީމެވެ. އިޚްލާޞްތެރި ކަމާއި އެކު ދުޢާކުރަމުން ދެންދިޔައީމެވެ. ހުރިހާ ނަމާދަށް ފަރުވާ ބަހައްޓަން ފެށީމެވެ. ހިދާޔަތް ދެއްކެވުމަށް އެދި ދުޢާ ކުރަމުން ދިޔައިމެވެ. ދީނަށްލޯބިކުރާ ޞާލިޙް ކުދިންނާއި އެކު ދިރިއުޅުން އަހަރެން އިޚްތިޔާރު ކުރީމެވެ. ވަރަށް އުފަލުންނެއެވެ. ދުރުވުމަށް އެދޭ ބަޔަކަށް މަރުޙަބާ ކިޔަމުންނެވެ. ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން ނަމާދަކަށް ފަރުވާ ކުޑަކުރުމެއް ދިމާވާހެން ހީވާނަމަ އެކަމެއް ޓައިމް ޓޭބަލުން އެކަހެރި ކޮށްލަމެވެ. އެހެން ނަމަވެސް އެއްކަލަ ވެބް ސައިޓުގައި ވާޢިބްރަތް ތެރި ވާހަކަ ތައް ކިޔުމުގައި ވަގުތު ޚާއްޞަކުރަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިހެން ކުރިއަށް ދަނިކޮށް އެސައިޓްގައިވާ ހުރިހާ ޢިބްރަތް ތެރި ވާހަކަ ހުސް ވެއްޖެއެވެ. ދެން ކިޔަން ފެށީ އެ ސައިޓުގައިވާ އެކި އެކި ދީނީ ބޮޑެތި ފޮތް ތަކެވެ. ދީނީ އެކި މައްސަލަތަކުގެ ތަފްޞީލުތައް އަހަންނަށް ސާފުވަމުން ދިޔައެވެ. އެއްދުވަހަކެވެ. އަހަރެން ފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ވަކި ހިސާބަކަށް ދިޔަތަނާ އަހަރެންގެ ގައިން ދިޔައީ ހީބިހި ނަގައިންނެވެ. ތެދަށް ބުނަމެވެ. އުސްއިމާރާތެއްގެ މަތިން އަނގަވަތަށް ވެއްޓެން އުޅެނިކޮށް އެއްލި އަތުން ތަނެއްގައި ހިފުނު ކަހަލެވެ. ވާނުވާ ރޭކާލީވެސް ދެނެވެ. އެހާ ބޮޑު ކަމެއް އަހަންނަށް އެއްގޮތަކަށްވެސް ނޭނގި ހުރީތީއެވެ. ހީވީ ކަންފަތް ބުޑުގައި ވަރަށް ބާރަށް "ހިމޭން ރަނގަބީޅު" ޖެހި ހެންނެވެ. "ރޭގައި މަރުވިނަމަވެސް ސަލާމަތް ނުވީހެވެ." އާނއެކެވެ. "ފަރުޟު ޢައިން ޖިހާދެއެވެ." މިއިން އެކަހެރިވާ މީހުންނަށްވާ ވަޢީދުގެ ބަސްތަކާއި އަމުރުތަކެވެ. ސުބުޙާނަﷲ. ސަލާމަތްވީ ކިރިޔާއެވެ. އެފޮތް ކިޔަމުން ދިޔައިމެވެ. އެތައް ބައިވަރު ސުވާލެއް އެއްފަހަރާ އުފެދިގެން ދިޔައެވެ. މި ހުރިހާ ދުވަހު ދީނީ މަދަރްސާތަކުން ކިޔެވި އިރުވެސް އެކިއެކި ދީނީ ކޯސްތައް ހެދި އިރު އަމުދުން ޖިހާދަކީ މިއީ ކޮން އެއްޗެއް ކަންނުވެސް އެނގިވީ ކީއްވެހެއްޔެވެ؟ އެކި ދީނީ ބޮޑެތި ޢާލިމުން، ޝެއިޚުން އަހަރުމެންނަށް ކިޔަވާދިން އިރު ފަރުޟުޢައިން ޖިހާދުގެ ޒިކުރާއެއްވެސް ކުޑަމިނުން ކޮށްނުދިނީ ކީއްވެހެއްޔެވެ؟ ޢަޒާބަށް އަހަރުމެން ދޫކޮށްލީހެއްޔެވެ؟ އެއީ ހާދަ ނުބައި ޢިލްމުވެރިން ތަކެކެވެ. އަހަރުމެންނަށް ޙައްޤު ފޮރުވާލީތީއެވެ. އަހަރުމެން ނަރަކަޔަށް ދިޔަޔަސް ވަރިހަމަކޮށްލައިގެން ފަރުޟް ޢައިން ޖިހާދުގެ މައުޟޫގެ މައްޗަށް ފަސްއަރުވާ ފޮރުވާ ވަޅުލީތީއެވެ. އާނއެކެވެ. އަހަރެން ގަދަ ކީރިތި ވަންތަ އަޅުގެ ޞާޙިބު ވަންތަ ﷲ އަށް ކޮޅުނެތް ކޮޅަށް ޝުކުރު ކުރީމެވެ. އެއިލާހީ އެޢިލްމުވެރިން ޙައްޤު އޮޅުވާލިޔަސް އަހަންނަށް ޙައްޤު ދައްކަވައި ދެއްވި ކުޅަދުންވަންތަ މަތިވެރިވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. އެލާހީ ލޯއަނދިރި ނިކަމެތި ޖަނަވާރުންނަށްވެސް ރިޒުޤް ދެއްވާ ފަދައިން ޖަލުގައި ކަނު އަދިރީގެ ބަންދުގައި ވާޤައިދީންނަށްވެސް ޙައްޤު ތައުޙީދު ފޯރުކޮށްދެއްވާ ރަސްކަލާނގެއެވެ.
އަޚުންނާއި އުޚުތުންނޭވެ! ޖިހާދުން އެއްކިބާވެގެން ސަލާމަތްވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެއްގޮތެއްވެސް ނެތެވެ. އެ ޢިލްމުވެރިންނާއި މެދު އަހަރެން ހިތާމަ ކުރަމެވެ. އެމީހުން ތެދު ޙަޤީޤަތް ބަޔާންކުރުމުގެ ބަދަލުގައި އޮޅުވާލީތީއެވެ. ދުނިޔޭގެ ދަހިވެތިކަމަށް އާޚިރަތް ވިއްކާލީތީއެވެ. ޢިލްމުގެ ފޭރާން ލައިގެން ޙައްޤު ބަޔާންކޮށް ނުދޭތީއެވެ. ތިމާ އަލިފާނުން ސަލާމަތް ނުވާތާ އެހެން މީހުން ސަލާމަތް ވުމަށް ނޭދުނީތީއެވެ.
ޢަދުއްވުން އަހަރުމެންގެ މާތްވެގެންވާ ބިންތަކަށް ހަތަރު ފަރާތުން އަރާ މިލިއަނުން މިލިއަނުން ކުޑަ ކުދިންނާއި އަޚުންނާއި އުޚުތުންނާއި ފޮތި ފޮއްޗަށް ކޮށާ، ޗިސްކޮށް، މަރާ ހުސްކޮށް، އެކިއެކި ސިއްރުޖަލުތަކަށްލާ ފުރަމުން، އަންދާޒާވެސް ނުކުރެވޭ ވަރުގެ ބޮޑެތި އަނިޔާކުރާއިރުވެސް މިމީހުން ކަހާތަން ހިރުވާވެސް ނުލާތީ މީހަކު އަންތަރީސް ނުވޭހެއްޔެވެ؟ ޝަރީޢަތުގެ ބޮޑެތި ޢިލްމުވެރިން ގެގޮތުގައި ބޭރު ކަރަކަރައިން ބޮޑެތި ފާސް ނަންގަވައި ވަޑައިގެން އުނގަންނައިދެއްވަނީ، ނުވަތަ ބަޙުޘް ކުރައްވަނީ އަންހެނާގެ ޙައިޟުގެ ލޭ ކެނޑޭނީ ކިހާ މުއްދަތަކުން ތޯއެވެ. އެއް ގެއެއްގައި ކިތައް އަންހެނުންނާއި ކާއިވެނިކޮށްގެން އުޅެވިދާނެތޯއެވެ.
އޭ ޙައްޤު ބަޔާންކޮށް ނުދޭ ކަނު ޢިލްމުވެރިންތަކާއިއެވެ. ކަލޭމެންނަށް ހަލާކުހުއްޓެވެ! ޖިހާދު ކުރުމަކީ ފަރުޟު ޢައިނެއް ކަމަށް ތިޔަބައިމީހުންނަށް ނުފެންނަނަމަ ތިޔަބައިމީހުންގެ ލޯކަނެވެ. އާނއެކެވެ. ﷲ ގެ މަގުގައި ޖިހާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ މިއިން ޢިލްމުވެރިޔަކާ ސުވާލުކުރެވިއްޖެނަމަ ޖަވާބުގައި ހުރިހާ ކުދިންގެ ކުރިމަތީގައި ބުނެއެވެ. ޖިހާދު ކުރުމަށް އަހަރުމެންނަށް ނިކުތުމެއް ނުވެއެވެ. އަދި އަސީރެއްގެ ގޮތުގައި އެތަކެއް
އުޚުތުންތަކެއް ހައްޔަރު ކުރެވި އަނިޔާ ލިބި ހައްޔަރުގައި ވޭނޫންތޯ، އެހުމުން އެފަދަ ޢިލްމުވެރިން ބުނެއެވެ. އަސީރެއްގެ ގޮތުގައި ހަމަ ގެންދެވުނީ ގޭގައި ހުއްޓާތޯއެވެ. އެހެންނޫނަސް އެފަދަ މީހުންނަށް އެހީވުމަކީ ވަރަށް އުނދަގޫ ކަމެކޭ ބުނެ ބޮލުން ނައްޓާލައެވެ. ފައިސާގެ އެހީ ބޭނުންވާ މީހުން ތިބޭ މަގުމަތީގަޔާއި އެހެންތަންތަނުގެ ތިބޭނޫންހެއްޔެވެ. އެމީހުންނަށް އެހީވުމުން ރަނގަޅުވާނެއެވެ. މިހެން ބުނެ މިޢިލްމުވެރިން އެއްކަލަ ޙައިޟު ނިފާސްގެ މައުޟޫއަށް އަނެއްކާ އެނބުރި ދެއެވެ.
އޭ ޢިލްމުގެ ފޭރާން އަޅައިގެންތިބި މުނާފިޤުންތަކާއެވެ!! ކަލޭމެން ދެކެ އަހަރުމެން ވަރަށް ބިރުގަންނަމެވެ. عمر بن خطاب رضي الله عنه ވިދާޅުވެފައިވަނީ ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު ކަލޭމެންގެ މައްޗަށް އެންމެ ބިރުގަންނަނީ ޢިލްމީ ދުލެއްގެ މުނާފިޤަކަށެވެ." އޭ ޙައްޤު ފޮރުވާ ޢިލްމުވެރިންތަކާ އެވެ. ކަލޭމެންނަށް ޖިހާދުކުރުމަކީ ފަރުޟު ޢައިނަކަށް ނުވާއިރު ކިފާޔަތުގެ ފަރުޟެއްކަމުގައި ވޭތޯއެވެ؟ ކަލޭމެންގެ ނުބައި ކަމާއެވެ. ކަލޭމެން ކިޔެވީ ކޮންއެއްޗެއްތޯއެވެ؟ ކީރިތި ޤުރުއާނުގައިވާ ﷲ ގެ އެތަކެއް އިންޒާރެއް ކަލޭމެންނަކަށް އެއީ އަމުރެއްކަމުގައި ނުވެއެވެ. ނަބިއްޔާގެ އެތަކެއް ޙަދީޘްފުޅުތަކެއް ކަލޭމެންނަށް އެއީ ފުދޭމިންވަރަކަށް ކަމަކަށް ނުވެއެވެ. މިއަށް ވުރެ ބިރުވެރިކަން ވަނީ ދެން ކޮންކަމަކުން ހެއްޔެވެ؟
ނުނިމޭ
މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 26 ޖޫން 2011
މިލިޔުން ބައްލަވާފައިވަނީ 544 ފަހަރު
www.click4islam.com