އަހަރެމެންނަކީ ކޮންފަދަ ނުބައި އަޅުންނެއް ހެއްޔެވެ؟
ހަސަން އަލްބަޞަރީ (رحمه الله)
ަ
ހަސަން އަލްބަޞަރީ (رحمه الله) ވިދާޅުވިއެވެ:
“އޭނާއަކީ، އޭނާގެ ވެރި އިލާހަށް ކޮންފަދަ ނުބައި އަޅެއް ހެއްޔެވެ؟ އަހުރެން މިވާހަކަ ދައްކަނީ ތިރީގައިވާ ބަޔާންކުރުންތަކާއި އެއްގޮތްވާ އަޅުގެ ވާހަކައެވެ.
1- އޭނާ ފާފަފުއްސެވުމަށް އެދެއެވެ. އެއީ ފާފަވެރި ނުކިޔަމަންތެރި ކަންތަކުގައި ހަރަކާތްތެރިކަމާއެކު ބައިވެރިގެން އުޅޭ ޙާލު އެވެ.
2- އޭނާ މަޑުމައިތިރި ކިޔަމަންތެރި ގޮތުގެ މަތީގައި އުޅެއެވެ. އެއީ އޭނާއަށް އަމާނާތްތެރިކަމުގެ ލަޤަބު ލިބިދާނެ ކަމަށެވެ. އެކަމަކު އޭނާ ހަމައެކަނި އެގޮތަށް ކަމަށް ދައްކަނީ، އޭނާގެ ޚިޔާނާތްތެރިކަން ފޮރުވުމަށްޓަކައެވެ.
3- އޭނާ ނުބައި ކަންތައްތައް މަނާ ކުރެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަފްސުން އެކަންތަކުން ދުރެއް ނުވެއެވެ.
4- އޭނާ ހެޔޮކަންތައްތަކަށް އަމުރުކުރެއެވެ. ނަމަވެސް އޭނާ އިރުޝާދު ދޭ ގޮތާއި އެއްގޮތަށް ޢަމަލެއް ނުކުރެއެވެ.
5- އޭނާ ހޭދަކުރާ ކަމުގައި ވަނީނަމަ، އެކަން ކުރަނީ ވަރަށް ދަހިވެތިކަމާއިއެކުގައެވެ. އަދި އޭނާ މީސްތަކުންނަށް ހޭދަނުކޮށް ހިފަހައްޓާނަމަ އެކަމަކަށް މަޢާފަކަށް ނޭދޭނެއެވެ.
6- ރަނގަޅު ޞިއްޙަތެއްގައި އޭނާ ވެއްޖެނަމަ، އެކަމުން އޭނާ ސަލާމަތްތެރިކަން އިޙްސާސްކުރެއެވެ. ނަމަވެސް އޭނާ ބަލިވެއްޖެނަމަ، އެކަމާ ހިތާމަކުރެއެވެ.
7- އޭނާ ފަޤީރުވެއްޖެނަމަ އެކަމާއި ދެރަވެއެވެ. އަދި މުއްސަނދި ވެއްޖެނަމަ އަމިއްލަ ނަފްސުގެ އެދުންތަކަށް ލެނބެއެވެ.
8- ސަލާމަތްތެރިކަމަށް އޭނާ އެދެއެވެ. ނަމަވެސް އެއާއި އެއްގޮތަށް ޢަމަލެއް ނުކުރެއެވެ.
9- ޢަޛާބަށް އޭނާ ބިރުގަނެއެވެ. ނަމަވެސް އެކަމުން ސަލާމަތްވުމަށް ފިޔަވަޅެއް ނާޅައެވެ.
10- ގިނަ ފައިދާތައް ލިބުމަށް އޭނާ އެދެއެވެ. ނަމަވެސް އޭނާއަށް ލިބޭ ނިޢުމަތްތަކަށް ޝުކުރެއް ނުކުރެއެވެ.
11- ރޫޙާނީ ދަރުމައިގެ ވިސްނުމަށް އޭނާ ރުހެއެވެ. ނަމަވެސް އޭނާ ކެތްތެރިއެއް ނުވެއެވެ.
12- އޭނާ ނިދުން ގިނަކުރެއެވެ. އަދި ރޯދަ ހިފުން ފަސްކުރެއެވެ.“
މަޞްދަރު: www.islaam.com
20 ޖުލައި 2010 -
www.click4islam.com