ވިހެއުމުގެ ވަގުތުގައި އެއްޗެއްގައި ހިފައި ދެމުމުން ވިހެއުމަށް ވާ ފަސޭހަ
”فَأَجَاءَهَا الْمَخَاضُ إِلَى جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَذَا وَكُنْتُ نَسْيًا مَنْسِيًّا. فَنَادَاهَا مِنْ تَحْتِهَا أَلا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا. وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا.“
”ވިހެއުމަށް ބަނޑުގައި ރިއްސުމުގެ ގަދަވޭނުގައި އެކަމަނާއަށް ކަދުރު ރުކެއްގެ ކައިރިއަށް ވަޑައިގެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. ’ތިމަން ކަމަނާ މިކަމުގެ ކުރިން މަރުވި ނަމައެވެ. އަދި ހަލާކުވެގޮސް ހަނދާންނެތިވެފައިވާ އެއްޗެއް ކަމުގައި ތިމަންކަމަނާ ވީނަމައެވެ.‘ ދެން އެކަމަނާގެ ދަށުން އަޑެއް އެކަމަނާ އަށް އިވިވަޑައިގަތެވެ. ’ރޮއެ ހިތާމަކޮށް ނުހައްދަވާށެވެ. ކަމަނާގެ ފައިތިލަ ދަށުގައި ކަމަނާގެ ވެރިރައްބު ފެނުގެ އާރެއް ލައްވާފައިވެއެވެ. އަދި ކަމަނާއާ ދިމާލަށް ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އަދި ތާޒާވެ ދޮންވެ ފައްކާވެފައިވާ ކަދުރު، ކަމަނާއަށްޓަކައި އެރުކުން ފައިބާނެއެވެ.‘“ [ސޫރަތުލް މަރިޔަމް 23-25]
ޒަމާނީ ބޭސްވެރިކަމުގެ އަލީގައި އެނގެން އޮތް ގޮތުގައި ވިހެއުމުގެ ވަގުތުގައި އެއްޗިއްސަށް ފިތާ ދަމާ ހެދުމުގެ ސަބަބުން ރަހިމުގެތެރެއިން ކުއްޖާ ތިރިއަށް (ފަބައިގެން) އައުމަށް އެހީތެރި ވެދެއެވެ. ތުއްތު ކުއްޖާ ދުނިޔެއަށް އުފަން ވުމަށް، ރަހިމުގެ ތެރެއިން ނިކުތުމުގެ ކުރިން، ޖާގަކުޑަ ހަނިކަންވާ ރަހިމުގެ މަސްގަނޑު، ކުއްޖާ ނިކުންނަ ވަގުތުގައިވެސް އެމަސްގަނޑުގެ އަސްލު ޙާލަތުގައި ވެއެވެ. ކުއްޖާ ފަސޭހަ ކަމާއެކު ވިއްސުމަށްޓަކައި ތަފާތު ގޮތްތައް ބޭނުން ކުރެވެއެވެ. މިސާލަކަށް ވިހެއުމަށް އޮންނަ ތަނުގެ މަތީގައި (ފުރާޅުގައި ނުވަތަ ސީލިންގ ގައި ނުވަތަ އެނޫންވެސް ގޮތަކަށް) އެލުވާފައިވާ ވާގަނޑަކަށް ދަމައެވެ. ނުވަތަ ވިއްސުމަށް ބާއްވާ އެނދުގެ ދެފަރާތުގައި ހަރުކުރެވިފައިވާ ފަޑީގައި ހިފައި (ބާރުލާ) ދަމައެވެ. ނުވަތަ މީހެއްގެ އަތުގައި ހިފައިގެން ހުރެ އޭނާގެ އަތަށް ބަރަށް ފިތާވެސް ހަދައެވެ. އަންހެނުން ވިއްސުމަށް ބޭނުންކުރުމަށް ހަދާފައިވާ އެނދުތަކުގައި ހަރުކުރެވިފައި ”ސްކޯޓް ބާރ“ ނަމަކަށް ކިޔާ، ”ޔޫ“ އަކުރެއްގެ ބައްޓަމުގައިވާ ދަގަނޑަކީ މިބޭނުމަށްޓަކައި ބޭނުން ކުރެވޭ އެއްޗެކެވެ. ވިހެމަށް އޮންނަ އަންހެނާ މިދަނގަޑުގައި ހިފާ ދެމުމުން ތުއްތު ކުއްޖާ ރަހިމުގެ ތެރެއިން ތިރިއަށް ފޭބުމަށް ނުވަތަ ބޭރުވުމަށް އެހީތެރި ވެދެއެވެ. މިގޮތަށް ހެދުމުން ރަހިމުގެ ތެރޭގައިވާ ޖާގަ ކުރުވެ ރަހިމުގެ އަނގަ ފުޅާވެއެވެ. އަދި ވިހެމުގައި އެހެނިހެން ގޮތްތަކާއި ކަންކަން އަދި އާލާތްތައް ބޭނުން ކުރަން ނުޖެހި ފަސޭހަކާމައެކު ކުއްޖާ ނިކުމެއެވެ. އަންހެނާ ވިހެއުމަށް ތައްޔާރުވެ ވިހެއުމަށް ވަގުތުޖެހުމުން ރަހިމުގެ މަސްތަކަށް ތުއްތުކުއްޖާ ތިރިއަށް ކޮއްޕުމަށް ބޭނުންވެއެވެ. އަދި މިކަމަށް ބޭނުންކުރެވެން އޮތް އެންމެ މަދު މިންވަރަކަށް ހަކަތަ ބޭނުން ކުރެވެއެވެ. މީގެ އިތުރުން ތުއްތު ކުއްޖާ ނިކުންނަމުންދާ ވަގުތުގައި އަންހެނާގެ ”ޕެލްވިކް ބޯން“ ފޭވުމުގެ ސަބަބުން، އިތުރު 30 ޕަސަންޓް ޖާގަ، ކުއްޖާ ނިކުތުމަށްޓަކައި އުފައްދާދެއެވެ. އަންހެނާ ވިހެއުމުގެ ވަގުތުގައި އޭނާގެ ރަހިމުގެ ޖާގަ ފުޅާވެ ހަނިވުމުގެ މިވަގުތުތަކުގައި އޭނާގެ ހަށިގަނޑުގައިވާ ކޮއްޕުމުގެ ބާރު އޭގެ އެންމެ މަތީ ދަރަޖައަށް އުފުލިފައިވެއެވެ. އަދި ވިހެއުމުގައި ފަސޭހަކަމާއެކު ތުއްތުކުއްޖާ ނިކުތުމަށް އެހީތެރިކަމަކަށް ވެދެއެވެ. ﷲ ތަޢާލާ އެއިލާހުގެ މަލާއިކަތުން މެދެވެރިކުރައްވާ މަރިޔަމް (عليها السلام) އަށް ކަދުރު ރުކުގެ ގޮފިގަނޑު (ފަންގަޑުގައި) ހިފާ އެކަމަނައާ ދިމާއަށް ދެންމެވުމަށް އެންގެވުމުގައި މަތިވެރިވެގެންވާ ޙިކުމަތެއް އެކުލެވިގެން ވެއެވެ. އާޔަތުގައި އައިސްފައިވާ ”هُزِّي“ (ހުއްޒީ) މިބަހުގެ މާނައަކީ ތަޅުވާލުމެވެ. ނުވަތަ ގުޑުވާލުމެވެ. ނުވަތަ ހަލުވާލުމެވެ. ކަދުރު ކެއުމުން ވިހެއުމަށް އެހީތެރި ވުމުގެ އިތުރުން އޭގައި އެކުލެވިގެންވާ ނިއުޓްރިޝަނަލް މާއްދާތައް ލިއްބައިދެއެވެ. ކަދުރު ރުކުގެ ފަންގަނޑު އެމީހަކާ ދިމާލަށް ދަމާ، އެދޫކޮށްލާ، އަލުން އެދަމާ ހެދުމުން ވިހެއުމަށް ފަސޭހަ ވެގެން ދެއެވެ. މިއަދު އަހަރުމެން ވެހިއުމުގައި ފަސޭހަ ކުރުމަށް ބޭނުން ކުރާ މި އުކުޅަކީ، ހުރިހާ ޢިލްމެއްގެ ވެރި ﷲ (سبحانه وتعلى)، މަރިޔަމް (عليها السلام) ގެ މައްޗަށް އޯގާތެރިވެވޮޑިގެން މަދަދު ދެއްވި ކަމުގެ ހެއްކެކެވެ. އަދި ކީރިތި ޤުރުއާނަކީ ހުރިހާ ޢިލްމެއްގެ ވެރި ޢާލަމްތަކުގެ ވެރި ގަދަ ކިރިތި ވަންތަ އެއްކައުވަންތަ ﷲ (سبحانه وتعلى) ގެ ހައްޤު ބަސްފުޅުކަމުގެ އަލިގަދަ ހެއްކެކެވެ.
ކުލިކްފޯއިސްލާމް
click4islam