top of page
Featured Posts
Writer's picturehaqqubooks

އެފަދަ މީހާ އީމާންކަމުގެ ފޮނިލައްޒަތު ނުލިބޭތާނގައި ދުނިޔޭގެ އެތައްތުރާލެއްގައި އުޅެންޖެހިދެއެވެ

އުއްމަތަށް ފާވެފައިވާ ޚިޔާނާތްތެރިން ގޮނޑިތަކަށް މޫލެއްވޭތޯ ބަލާށެވެ. ޢިލްމުގެ އަހުލުން އެއް ޔުނިވަރސިޓީން އަނެއް ޔުނިވަރސިޓީއިން ސެޓްފިކެޓް އެއްކޮށްލަ އެއްކޮށްލާ ތިބޭށެވެ. ފަހަރެއްގަވެސް މީސްތަކުން ގޮވައިގެން ޢިލްމަށް ޢަމަލުކުރުމަށް އުއްމަތުގެ ކުރީސަފަށް ނިކުންނަން ނުހަދާށެވެ. ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ބަދުރާ، އުޙުދު، އަޙުޒާބު އަދި ސުލްޙަހުދައިބިއްޔާ، ތަބޫކު، ޚައިބަރު، ފަތުޙް މައްކާ، ޙުނައިން، މުއުތާ މިއީ ސުންނަތުގެ ބައެއްކަން އެނގޭކަމަށް ނުހަދާށެވެ. އެވާހަކަ ނުވެސް ދައްކާށެވެ. މިއީ ކިޔުޓް އިސްލާމް ދީނެވެ. ކާފަރެއް ޒިންދިގެއް މުލްޙިދެއް ނުބަލައި އެންމެނަށްވެސް ވަލާއު ދީގެން ތިބޭށެވެ. ބަރީއަވާންޖެހޭ ބަޔަކު ވާކަމަށް ނުހަދާށެވެ.


އޭ 2 ބިލިއަންގެ ބައިބޮޑު އުއްމަތެވެ. ލަދުވެތިކަމުގެވެސް ލަދުވެތިކަމެވެ. މިޞްރުގެ ރަފަޙް ބޯޑަރާއި 20 ކިލޯމީޓަރުވެސް ނުހުންނަ ޚާންޔޫންސް ކައިރީ އޮންނަ "ޢަބްސާން" އޭ ކިޔުނު ރަށުގައި ((ޖަނާ ޤައްދީޙް، 14 އަހަރު )) މި އަންހެން ކުއްޖާ ދުނިޔެ ދޫކޮށް އެދިޔައީ 3 ދުވަސް ވަންދެން ބަނޑުހައިފިލުވާާނެ އެއްވެސް އެއްޗެއް ނުލިބި ބަނޑަށް މަރުވެގެންނެވެ. ވިސްނާށެވެ. އެ އުޚްތާ އެ ނިޔާވީ އިސްލާމީ އުއްމަތުގައި ފައިސާ އާއި ކާބޯތަކެތި ނެތިގެނެއް ނޫނެވެ. އަދި އެ ކާބޯތަކެތި އުފުލާނެ ފިރިހެނުން ނެތިގެނެއްވެސް ނޫނެވެ. ނަމަވެސް ޔަހޫދީންނަށް ވަފާތެރި ޚާއިނުންނާ ، ޔަހޫދިން ކާއެއްޗެއް ނުވެއްދޭނޭ ބުނީމާ ފިނޑިވެ ބިމަށް ބުރަޖެހުނު ފިރިހެންތަކުންގެ ސަބަބުންނެވެ. ދާދިމިދާކަށް ދުވަހުވެސް ކުވައިތުގެ ރެޑްކްރޮސެންޓުން ފޮނުވި އެއިޑްގެ %90 މިޞްރު ސިފައިން ވީނުވީ ނޭނގޭ ގޮތަށް ގެއްލުވާލިކަން އެނގިގެން އެކަމުގެ ޝަކުވާ ކުވައިތުން ކުރުމުންވެސް މިޞްރުން ދިނީ ވާނުވާ ޖަވާބެކެވެ. މިދައްކަނީ ބަޔަކު މަރުން ސަލާމަތްކުރަން ޔަހޫދީ އޮގަނައިޒޭޝަންތަކުގެ ދަށުގައި ނަން ޖައްސައިގެން މަސައްކަތްކުރާ ރެޑްކްރޮސްއާއި ރެޑްކްރޮސެންޓްގެ ވެސް ޙާލަތެވެ. އެހެނަސް ބަޔަކު މަސައްކަތްކުރީ އެއްޗެއް ފޯރުކޮށްދޭނަމަ މިޙީލަތްތެރިން މެދުވެރިކޮށް އަހަރެެމެންގެ އަޚުންނަށް އެ އެއްޗެއް ފޯރުކޮށްދިނުމަށެވެ. އެބައިމީހުނީ އަހަރީ ރިޕޯޓާއި ބަޖެޓު ރިޕޯޓު ނެރޭބަޔެކޯލައެވެ. ދަންނާށެވެ އެބައިމީހުނީ ގިނަފަހަރު މުޖާހިދުންގެ ތެރޭ ޖާސޫސްކޮށް އިސްލާމީ މުޖުތަމަޢު އެތެރޭން ފުނޑާލުމަށް ހުޅަނގުގެ ޕްރޮޖެކްޓްތައް އެންމެބޮޑަށް ހިންގާ މީހުނެވެ.


މިއަދު މިރާއްޖޭގެ ފިރިހެން ޒުވާނުންވެސް އިލޮށިފަތިދީފައި މަގުކުނިކަހަން ނެރެންވީއެވެ. 3 ގޮށް ނައްޓާފައި ބޮލުމެދަށް ހުޅިޖެހިޔެއްކަމަކު ބާޠިލުގައި ސިންގާތަކެކެވެ. ކުފުރު ޑިމޮކްރަސީގެ ޕާޓީތަކަށް ކަޅުތެޔޮ ޖެހުމާއި  މުޒާހަރާތައް ހިންގުމުގައި ލަހެއްފަހެނުވެއެވެ. ނަމަވެސް ޙައްޤައް ނަޞްރުދޭންވެއްޖެނަމަ ފިލައި ގޮސް ހޮރަށްވަންނަ މުސަޅުތަކެއްފަދައެވެ.


އޭ އުއްމަތުގެ ފިރިހެންތަކުންނޭވެ. ޤުރުއާނުގެ މިއާޔަތްތައް ވިސްނަމުން ކިޔާލާށެވެ. މިތާނގައި މުޚާޠަބުވަނީ އީމާންވާ ކަމަށްބުނާ މުސްލިމުންގެ ފިރިހެންތަކުންނަށެވެ.


((یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ مَا لَكُمۡ إِذَا قِیلَ لَكُمُ ٱنفِرُوا۟ فِی سَبِیلِ ٱللَّهِ ٱثَّاقَلۡتُمۡ إِلَى ٱلۡأَرۡضِۚ أَرَضِیتُم بِٱلۡحَیَوٰةِ ٱلدُّنۡیَا مِنَ ٱلۡـَٔاخِرَةِۚ فَمَا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَا فِی ٱلۡـَٔاخِرَةِ إِلَّا قَلِیلٌ))

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه ގެ މަގުގައި ހަނގުރާމަ ކުރުމަށް ނުކުންނާށޭ ތިޔަބައިމީހުންނަށް އެންގެވިހިނދު، ތިޔަބައިމީހުން ބިމަށް ބަރުހެލިވެގަތީ ކީއްވެގެންހެއްޔެވެ؟ آخرة އަށްވުރެ ދުނިޔޭގެ ދިރިހުރުމަށް ތިޔަބައިމީހުން ރުހުނީހެއްޔެވެ؟ ދުނިޔޭގެ އުފަލާއި، އަރާމަކީ آخرة އާ އަޅައިބަލާއިރު، މަދުއެތިކޮޅެއް ކަމުގައި ނޫނީ ނުވެތެވެ.


(ސޫރަތުއް ތައުބާ 38)


((إِلَّا تَنفِرُوا۟ یُعَذِّبۡكُمۡ عَذَابًا أَلِیمࣰا وَیَسۡتَبۡدِلۡ قَوۡمًا غَیۡرَكُمۡ وَلَا تَضُرُّوهُ شَیۡـࣰٔاۗ وَٱللَّهُ عَلَىٰ كُلِّ شَیۡءࣲ قَدِیرٌ))

ތިޔަބައިމީހުން (ހަނގުރާމައަށް) ނުނިކުންނަނަމަ، ވޭންދެނިވި عذاب އަކުން އެކަލާނގެ ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބަދަލުގައި، އެހެންބަޔަކު ގެންނަވައިފާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އީ ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.


(ސޫރަތުއް ތައުބާ 39)


ފަހެ ޠޯޣޫތުންނާއި އެމީހުންގެ އަޢުވާނުން (ފުލުހުންނާއި، ސިފައިން ) ތިޔަބައިމީހުނަށް ޓެރަރިޒަމްގެ ޓެގްއަޅުވައި، މުއްދަތު ޖަހާއި، ހައްޔަރުކޮށް ޖަލުގައި ތަޅުވައިފާނެކަމަށް ބިރުގަންނަމީހާ ހުންނާށެވެ. އޭނާ އަށް ޓެރަރިޒަމްގެ ލޭބަލް ނުޖެހިއްޖެނަމަ މަރުނުވެ އަބަދަށް އުޅެވިދާނޭ ހީވާކަހަލައެވެ. އަރާމާ އުފާލިބޭނޭ ހިވާކަހަލައެވެ. ނަމަވެސް އެފަދަ މީހާ އީމާންކަމުގެ ފޮނިލައްޒަތު ނުލިބޭތާނގައި ދުނިޔޭގެ އެތައްތުރާލެއްގައި އުޅެންޖެހިދެއެވެ.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page