އަދި ތިޔަބައިމީހުނީ އަޚުންތަކެއް ކަމުގައި ވާށެވެ.
(ﷲ އަށް ކުރާ) ދުޢާ ގެއްލެނިވެގެން ނުދާނެއެވެ. އެހެނެއްކަމަކު އިޖާބަކުރެއްވުމުގެ ވަގުތުގައި ﷲ ތަޢާލާ ވަނީ ޙިކުމަތެއް ލައްވާފައެވެ. ފަހެ އެއިލާހާއިމެދު ހެޔޮކޮށް ހީކުރުން ވާޖިބުވެގެންވެއެވެ. ހަމަކަށަވަރުން މާތްނަބިއްޔާ މައްކާގައި ޙިޞާރުކުރެވުނެވެ. 3 އަހަރަށްފަހުގައިމެނުވީ އެކަލޭގެފާނުގެ ކިބައިން އެޙިޞާރު ނުފިއްލަވައެވެ. އެކަލޭގެފާނީ (އިންސާނުންކުރެ) އެންމެ ހެޔޮވެގެންވާ އިންސާނާއެވެ.
[އައްޝައިޚް ޢަބްދުލް ޢަޒީޒް އައް ޠަރީފީ فك الله أسره]
އޭ މުއުމިނު އަޅާއެވެ. ތިބާއަކީ އުއްމަތުގެ ފަރުދެކެވެ. މިޖިސްމުން ބައެކެވެ. ވީއިރު އުއްމަތުގެ ހަށިގަނޑުގެ ވޭން ތަޞައްވަރުކޮށްލުމަށް ތިބާގެ ޙަޔާތުން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ތިޔަދެއަތް ﷲއަށް އުފުލާލައި ޣައްޒާއާއި ސީރިޔާގެ ނިކަމެތި މުސްލިމުންނަށް ނަޞްރުދެއްވުންއެދި ދުޢާކޮށްދޭށެވެ. އެހެނީ މިއީ އެއް އުއްމަތެކެވެ. ޞަޙީޙް ބުޚާރީގައި އަނަސްބިން މާލިކްގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.:
((...وكُونُوا عِبادَ اللَّهِ إخْوانًا...))
(އަދި ތިޔަބައިމީހުނީ އަޚުންތަކެއް ކަމުގައި ވާށެވެ. އޭ ﷲ ގެ އަޅުތަކުންނޭވެ.)