އިސްލާމީ ޝަރީޢަތުގެ ބަޔަކާއި ދެކޮޅު ހަދައިފި ބަޔަކާއި ހަނގުރާމަ ކުރުމުގެ ވާޖިބުކަން
އިސްލާމީ ޝަރީޢަތުގެ ކަންކަމުގެ ތެރެއިން ކަމަކާއި ދެކޮޅުހަދައި މަނާވެގެންފި ބަޔަކާއި ހަނގުރާމަ ކުރުން ހުއްދަކަމުގައި އިސްލާމްދީނުގެ ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. ފަހެ އެފަދަބަޔަކާއި ދެކޮޅަށް ޖިހާދުކޮށް ހަނގުރާމަ ކުރުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެފައިވެއެވެ.
شيخ الإسلام ابن تَيمِية رحمه الله (1) ވިދާޅުވެފައިވެއެވެ: "އިސްލާމްދީނަށް ނިސްބަތްވާ އެއްވެސް ބަޔަކު އިސްލާމީ ޝަރީޢަތުގައި މުތަވާޠިރުކޮށް ބަޔާންވެ، ސާފުކޮށް ފެންނަން އޮތް ކަމަކާއި ދެކޮޅުހަދައި މަނާވެގެންފިކަމުގައި ވާނަމަ، ފަހެ އެބައިމީހުންނާއި ދެކޮޅަށް ޖިހާދުކޮށް ހަނގުރާމަކުރުން ވާޖިބުވެގެންވާކަމަށް މުސްލިމުން އިއްތިފާޤުވެފައިވެއެވެ..." އަދިވެސް ވިދާޅުވެފައިވެއެވެ: "ފަހެ ކީރިތި ޤުރްއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ އިޖްމާޢުން ޘާބިތުވެފައިވަނީ، އިސްލާމްދީނުގެ ޝަރީޢަތުން ބޭރުވެގެންފި މީހަކު، އެމީހަކީ ޝަހާދަތުގެ ދެކަލިމަ ކިޔައިފި މީހެއްކަމުގައި ވީނަމަވެސް އެމީހަކާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނޭކަމެވެ. މިގޮތުން ރަވާތިބު ސުންނަތްތަކުގެ ތެރެއިން މިޘާލަކަށް ފަތިސްނަމާދުގެ ކުރީގެ ދެރަކްޢަތް ކުރުމަށް މަނާވެގަނެ ދެކޮޅުހަދައިފި ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރެވިދާނެތޯ ނުވަތަ ނޫންތޯ، މިދެރައުޔަށް ފިޤްހު ޢިލްމުވެރިން ޚިލާފުވެވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ފާޅުކޮށް އެނގެން އޮތް ސާފު، ވާޖިބުކަންތައްތައް ނުވަތަ ޙަރާމްކަންތައްތަކަށް ދެކޮޅުހަދައި (އެކަންތައްތައް ކުރުމުން ނުވަތަ ދުރުވެގަތުމުން) މަނާވެގެންފިކަމުގައިވާނަމަ އެފަދަ ބަޔަކާއި ދެކޮޅަށް ހަނގުރާމަކުރެވޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވެއެވެ." (2) اهـ ފަހެ އެފަދަ ބަޔަކާއި ދެކޮޅަށް ޖިހާދު ކުރުމަކީ ވާޖިބުކަމެކެވެ. އެއީ އެފަދަ ބަޔަކާއި އެކު ވެރިމީހާ ވީކަމުގައި ވީނަމަވެސް ނުވަތަ ނުވި ކަމުގައި ވިޔަސްމެއެވެ. ފަހެ އަނިޔާވެރި ވެރީން، އެބައިމީހުން އިސްލާމްދީނުގެ ޝަރީޢަތުގެ ތެރެއިން ކަމަކާއި ދެކޮޅުހަދައި މަނާވެގެންފި ކަމުގައިވާނަމަ ނުވަތަ ވާޖިބުކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން ދޫކޮށްލައިފިނަމަ ނުވަތަ ސާފުކޮށް އެނގެން އޮތް ޙަރާމްކަންތައްތަކުގެ ތެރެއިން ކަންކަމަށް އަރައިގަންނަކަމުގައި ވާނަމަ، އެފަދަ ވެރީންނާއި އިދިކޮޅަށް ނުކުތުން ވާޖިބުވެގެންވާކަމަށް ދަލީލުތައް ވެއެވެ. އެގޮތުން ރަސޫލުﷲ صلّى الله عليه وسلّم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ حَتَّى يَأْتِيَهُمْ أَمْرُ الله وَهُمْ ظَاهِرُونَ" وفي رواية: "لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى عَلَى الْحَقِّ ظَاهِرِينَ لاَ يَضُرُّهُمْ مَنْ يَخْذُلُهُمْ حَتَّى يَأْتِىَ أَمْرُ اللَّهِ" (رواه مسلم وأبو داود والترمذي وغيرهم). މާނައަކީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރޭން ބަޔަކު މީހުން، ﷲގެ އަމުރުފުޅު އަތުވެއްޖަމުއަށް ދާންދެން ފާޅުވެ އެގޮތުގައި ދެމިތިބޭނެއެވެ." އަދި އެހެން ރިވާޔަތެއްގައި ވެއެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރޭން ބަޔަކު މީހުން، ﷲގެ އަމުރުފުޅު އަތުވެއްޖަމުއަށް ދާންދެން ޙައްޤުގެ މަތީގައި ފާޅުވެ ދެމިތިބޭނެއެވެ. އަދި އެބައިމީހުންނަށް އެހީތެރިނުވެ ނިކަމެތިކޮށްލާ ހަދާ ބައެއްގެ ކިބައިން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ." މިޙަދީޘްފުޅުގައިމިވާ "ފާޅުވެ ދެމިތިބޭނެއެވެ"، މިބަސްފުޅުގެ މުރާދަކީ ހަނގުރާމާގައި ލިބޭ ނަޞްރުކަން އަންނަނިވި ރިވާޔަތްތަކުގައި ބަޔާންވެފައިވެއެވެ . 1. جابر بن سمرة رضي الله عنهގެ ޙަދީޘްފުޅު: "لَنْ يَبْرَحَ هَذَا الدِّينُ قَائِمًا يُقَاتِلُ عَلَيْهِ عِصَابَةٌ مِنَ الْمُسْلِمِينَ حَتَّى تَقُومَ السَّاعَةُ" (رواه مسلم). މާނައީ: "ޖަމާޢަތެއްގެ ބަޔަކު ޤިޔާމަތާއި ޖެހެންދެން މިދީނުގެ މަތީގައި ހަނގުރާމަ ކުރުންމަތީ ނުވާހާ ހިނދަކު މިދީން ޤާއިމްވެ ނޯންނާނެއެވެ." 2. جابر بن عبدالله رضي الله عنهماގެ ރިވާޔަތް: "لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إلى يَومِ القِيَامَة" (رواه مسلم وأحمد). މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޖަމާޢަތެއްގެ ބަޔަކު ޤިޔާމަތާއި ޖެހެންދެން ޙައްޤުގެ މަތީގައި ހަނގުރާމަ ކުރުންމަތީ ނެތިނުދާނެއެވެ." އަދި عمران بن حصين رضي الله عنهގެ ރިވާޔަތުގައިވަނީ: "... يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ عَلَى مَنْ نَاوَأَهُمْ حَتَّى يُقَاتِلَ آخِرُهُمُ الْمَسِيحَ الدَّجَّالَ"(رواه أبو داود). މާނައީ: "...ޙައްޤުގެ މަތީގައި ފާޅުވެ އެބައިމީހުންނާއި ޢަދާވާތްތެރިވީ ބަޔަކާއި ހަނގުރާމަ ކުރުންމަތީ ނެތިނުދާނެއެވެ. އެއީ އެބައިމީހުންގެ އެންމެ ފަހު މީހާ، މަސީޙުއް ދައްޖާލު މަރާލައިފުމަށް ދާންދެނެވެ." 3. عقبة بن عامر رضي الله عنهގެ ރިވާޔަތް: "لاَ تَزَالُ عِصَابَةٌ مِنْ أُمَّتِى يُقَاتِلُونَ عَلَى أَمْرِ اللَّهِ قَاهِرِينَ لِعَدُوِّهِمْ لاَ يَضُرُّهُمْ مَنْ خَالَفَهُمْ حَتَّى تَأْتِيَهُمُ السَّاعَةُ وَهُمْ عَلَى ذَلِكَ"(رواه مسلم). މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޖަމާޢަތެއްގެ ބަޔަކު ﷲގެ އަމުރުފުޅުގެ މަތީގައި ހަނގުރާމަ ކުރުންމަތީ، އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް ގަދަކަން (ނަޞްރު) ލިބިގެންވާ ބައެއްގެ ގޮތުގައި ނެތިނުދާނެއެވެ. އަދި އެބައިމީހުންނަށް އެހީތެރިނުވެ ނިކަމެތިކޮށްލާ ހަދާ ބައެއްގެ ކިބައިން އެބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުފޯރާނެއެވެ. އަދި އެބައިމީހުން ޤިޔާމަތް އަތުވެއްޖައުމަށް ދާންދެން އެގޮތުގައި ދެމިތިބޭނެއެވެ." ފަހެ الطائفة المنصورة (ނަޞްރުލިބިގެންވާ ބައިގަނޑު)، މިބައިމީހުން ހަނގުރާމަކުރާހުށީ ބައިބަޔަށެވެ. އަދި އެބައިމީހުން ހަނގުރާމަ ކުރާނީ ހަމައެކަނި ފާޅުވެ އެނގިގެންވާ ކާފަރުންނާ އެކަންޏެއް ނޫނެވެ. ކިއެއްހެއްޔެވެ. އެބައިމީހުން ނިކަމެތިކޮށްލައި އެބައިމީހުންނާއި ޚިލާފުވީ ހުރިހާ އެންމެންނާ އެބައިމީހުން ހަނގުރާމަ ކުރާނެއެވެ. އޭގެ އެންމެކުރީގައިވަނީ، ކުރީގައި ބަޔާންވެދިޔަ ޙަދީޘްފުޅުތަކުގައިވާ ފަދައިން މަގުފުރެދިފައިވާ ވެރީންތަކެވެ. އެއީ އިސްލާމްދީނަށް، ޚާއްޞަކޮށް އެމަގުފުރެދިފައިވާ ވެރީންތަކުގެ ނުރައްކާތެރިކަން ކާފަރުންނަށްވުރެ ބޮޑުކަމުގައިވާނަމައެވެ. ފަހެ ދަލީލުތަކުން އެނގި ބަޔާންވެގެންދަނީ ﷲގެ ދީނަށް ނަޞްރު ދިނުމަށް ނުކުންނަ ބަޔަކަށް ނަޞްރާއި ޘާބިތުކަން ދެއްވަން، ހަމަކަށަވަރުން އެއިލާހު ވަޢުދުވެވޮޑިގެންފައިވާ ކަމެވެ. މީގެން ދަލީލުކޮށްދެނީ މިގޮތަށް ނުކުތުމަކީ ޝަރުޢީ ކަމެއްކަމުގަވެ. ނޯޓް: މިލިޔުމަކީ "އިސްލާމްދީނުގައި ވެރިކަމާއި ސިޔާސަތު"، މިމައުޟޫޢަށް އަޅުގަނޑު ލިޔަމުންދާ ލުއި ފޮތަކަށް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި މިވަނީ الشيخ عبدالله بن عمر بن سليمان الدميجي ލިޔުއްވާފައިވާ މަޖިސްތަރ ރިސާލާ (މާސްޓަރސް ތީސިސް)، الإمامة العظمى عند أهل السنة والجماعة – އަހްލުއް ސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިންގާތުގައި (ދައުލަތެއްގެ) އެންމެ މަތީވެރިކަން"، މިފޮތުގައި ޝެއިޚް ހިމަނުއްވާފައިވާ މައުޟޫއެއްގެ ތަރުޖަމާއެވެ. ______________________ 1. ޝައިޚުލް އިސްލާމް އިބްނި ތައިމިއްޔާ އަކީ މިއުއްމަތުގެ ޢިލްމުވެރީންގެ ތެރެއިން އަރާހުންނެވި ބޮޑު ދަންނަބޭކަލެކެވެ. 2. مجموع الفتاوى شيخ الإسلام ابن تيمية: 28/357-358، جمع عبدالرحمن بن قاسم وابنه، الطبعة الأولى: 1386ه، الرياض.
އަސްލު ޝާއިޢުކުރެވިފައިވަނީ: ރާއްޖެ އިސްލާމް
މިލިޔުންނެގިފައިވަނީ أبو عبد الله عبدالرحيم المدني | ގެ ބުލޮގުންނެވެ.