އަދި އެއުރެންކުރެ ގިނަމީހުން، شريك ކުރާ ބަޔަކުކަމުގައިވާ حال ގައި މެނުވީ،اللَّه އަށް إيمانއެއްނުވެތެ
﴿ وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ ﴾
އަދި އެއުރެންކުރެ ގިނަމީހުން، شريك ކުރާ ބަޔަކުކަމުގައިވާ حال ގައި މެނުވީ، اللَّه އަށް إيمان އެއް ނުވެތެވެ. [يوسف 106]
🍃 ޢމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. :
"ނަމަނަމަ ތިޔަބައިމީހުން މުޝްރިކުންގެ ޢީދު ދުވަހުގައި އެބައިމީހުންގެ ކަނީސާތަކަށް ނުވަންނާށެވެ. ފަހެ ހަމަކަށަވަރުން ( ﷲ ތަޢާލާ ގެ ) ނުރުއްސެވުން އެބައިމީހުންގެ މައްޗަށް އަންނާނެއެވެ."
[ރިވާކުރެއްވީ ، އަޞްބަހާނީ އަދި ބައިހަޤީ ، ޞައްޙަ ސަނަދަކުންނެވެ.]
* ހުރިހާ ޝިރުކަކުން ބަރީއަވެ ތެދުވެރި އީމާނެއްގައި ވުމަށް އެދޭމީހާ ،
- ކްރިސްމަސް ފާހަގަ ކުރުމާއި
- ނިއު އިޔަރ ފާހަގަކުރުމުންވެސް ދުރުވާން ޖެހެއެވެ.
މުސްލިމުން އަހަރު ގުނަނީ މާތް ނަބިއްޔާ ﷺ ހިޖުރަކުރެއްވި ކުރެއްވުމުން އެ ތާރީޚާއި ގުޅުވައިގެންނެވެ. އަދި ހިޖުރީ އަހަރުގެ 10 އަހަރު މަދީނާގައި މާތް ނަބިއްޔާ ހޭދަކުރެއްވި އިރު އާއަހަރު ފެށުން ފާހަގަކޮށްފައި ނުވެއެވެ. އެއަށްފަހު އައި 4 ޚަލީފާއިންނާއި ، އެންމެހައި ޞަޙާބީން އަދި ސަލަފުއްޞާލިޙުންވެސް އެކަން ފާހަގަ ކޮށްފައި ނުވެއެވެ.
*ވީއިރު ތިބާއަށް އާ ދީނެއް ލިބިގެންވަނީ ހެއްޔެވެ؟ ނުވަތަ އެބޭކަލުންނަށް ބާވައި ނުލައްވާ އެއްޗެއް ، ތިބާއަށް ބާވައިލެއްވިގެން ވަނީ ހެއްޔެވެ؟