ފަހެ ތިބާ އެދަރިފުޅު އިޞްލާޙު ނުކުރާނަން ހެއްޔެވެ؟
﴿وَإِنِّی سَمَّیۡتُهَا مَرۡیَمَ وَإِنِّیۤ أُعِیذُهَا بِكَ وَذُرِّیَّتَهَا مِنَ ٱلشَّیۡطَـٰنِ ٱلرَّجِیمِ﴾ [آل عمران 36]
އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.
* ތިބާގެ ދަރިން ޢިއްފަތްތެރި ދަރީންތަކަކަށް ވުމަށް އެދޭނަމަ އެދަރީންނަށް ހެޔޮވެގެންވާ ނަމުން ނަންދޭށެވެ. އަދި އެ ދަރީން ޝައިޠާނުންގެ ކިބައިން ރައްކާތެރި ކޮށްދެއްވާތޯ އެދި ދުޢާކުރާށެވެ.
* އޭ މުސްލިމް ކޮންމެ ބަފައެކެވެ. މިއަދު އެތައް އުޚްތުންނެއްގެ ޢިއްފަތް ޖަލުތަކުގައި ކާފިރުތަކުން ގަދަކަމުން ފޭރެމުންދާއިރު ، ތިބާގެ ދަރިފުޅުގެ ޢިއްފަތް ނީލަންކިޔަނީ އޭނާގެ ރުހުމުގައެވެ .ޝައިޠާނާއަށް ތަބާވުމުގައެވެ . ފަހެ ތިބާ އެދަރިފުޅު އިޞްލާޙު ނުކުރާނަން ހެއްޔެވެ؟