top of page
Featured Posts
Writer's picture@Zauja Saaliha

"މަޖްޒަރަތު ކަބްކަބް"


📌 ފުރާންސުގެ ޞަލީބީން މެދުތެރޭ އެފްރިކާގެ ތިޝާދު (ޗެޑް) އަށް ވެރިވެގަތުމަށްފަހު އެބައިމީހުން ބޭނުންވާގޮތަށް ތަނުގެ އިސްތިޤުރާރު ގެނެވޭގޮތް ނުވިއެވެ. އެއީ އެތާނގެ މުސްލިމުންތައް އެބައިމީހުންގެ ޢިލްމުވެރީންނަށާއި މުސްލިމް ވެރީންނަށް ކިޔަމަންތެރިކަން އަދާކުރާލެއް ބޮޑުކަމުންނެވެ. އެންމެފަހުން ފްރާންސަށް ގޮތްހުސްވުމުން ، ނިންމީ ވަރުގަދަ ހީލަތެއް ހަދައި ޢިލްމުވެރިންތައް ނައްތާލުމަށެވެ. އެގޮތުން އެތާނގެ ރައްޔިތުން އެދޭފަދަ ވެރިއެއް ހޮވުމަށް ކަމުވޮށިގެންވާ މީހުނާއި ، ބޮޑުން ، އަދި ޢިލްމުވެރިން އެއްކުރިއެވެ. އެއަށްފަހު ޢިލމުވެރިންގެ ބޯތައް ކަނޑައި ބާކީ ތިބި މުސްލިމުންގެ ޢިލްމުވެރީންނާއި ، މިސްކިތްތަކުގެ އިމާމުން ބިރުގެންނެވިއެވެ.


މިއީ ތަރަށްޤީ ކަމަށް އެބުނާ ، އަދި ބޯކެނޑުމަކީ ބިރުވެރިކަމެއް ކަމަށް ބުނަމުންދުވާ ޔޫރަޕްގެ ފްރާންސުން ހިންގާފައިވާ މުޑުދާރު ނޭއްގާނީ އަނިޔާއެވެ. އެހެނަސް ޔޫރަޕްގެ މި ލާއިންސާނީ ޢަމަލުތަކަށް ކިޔަން މިޖެހެނީ ޓެރަރިޒަމްގެ ބަދަލުގައި ތަރަށްޤީއެވެ.


* ޞަލީބީންނަށް ނޫނެކޭ ބުނާށެވެ. އަދި އެބައިމީހުންގެ ކިބައިން އިސްލާމީ އުއްމަތް މިންޖުކޮށް މާތް ނަބިއްޔާ ﷺ ގެ އަބުރުފުޅު ޙިމާޔަތް ކުރާށެވެ.

_____________________________________________

_____________________________________________


📌 ފުރާންސުގެ ޕްރޮޑަކްޓްތައް ބޮއިކޮޓްކުރުން ކުރިއަށް ގެންދާށެވެ. އަދި އެކާފިރުތަކުންނަށް އަހރެމެންގެ ދީނާއި ، އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ﷺ ގެ އަބުރުފުޅާއި ކުޅުމަށް ފުރުޞަތު ނުދޭށެވެ.


* ފާއިތުވި ދުވަސްތަކުގައި ޚަލީޖުގެ މީހުން ފްރާންސުގެ ބޭންކުތަކުގައި ބަހައްޓާފައިވާ ފައިސާތައް ވަނީ ނަގަންފަށާފައެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް %65 ބޭންކުތަކަށް ގެއްލިގެން ދާނެކަމަށް ލަފާކުރެއެވެ.


* ސޢޫދީގެ ކާރު ވިޔަފާރިކުރާ ފަރާތަކުން ، ފްރާންސްއިން އިމްޕޯޓުކުރުމަށް ހަމަޖެހިފައިވާ 2800 ކާރު ގެނައުން ވަނީ ހުއްޓާލައިފައެވެ. އޭގެން 250 މިލިއަން ޑޮލަރުގެ ގެއްލުމެއް ފްރާންސަށް ލިބިގެން ދެއެވެ.


* ޚލީޖުގެ މީހުން ފްރާންސުގައި ރައްކާކޮށްފައި ހުރި ފައިސާތަކުން 5 ބިލިއަން ޑޮލަރު ވަނީ ސްވިޒަރލޭންޑާއި ، ބެލްޖިއަމުގެ ބޭންކްތަކަށް ބަދަލުކޮށްފައެވެ.


* ސނެގާލްއަށް ފްރާންސްއިން އަހަރެއްގެ މައްޗަށް 1.38 ބިލިއަން ޔޫރޯގެ މުދާ ގެންނަމުން ދާއިރު ، ސެނެގާލްގެ ރައްޔިތުންތައް ދަނީ މަގުތަކަށް ނިކުމެ ފްރާންސާއި ގުޅުން ކަނޑާލުމަށް ގޮވަމުންނެވެ.


* އިންޑޮނޭޝިއާގެ އެންމެ ބޮޑެތި ކޮމްޕެނީތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏަކުން ވަނީ ފްރާންސުގެ ހުރިހާ މުދަލެއް ބޮއިކޮޓް ކޮށްފައެވެ. އެ ކޮމްޕެނީ ގެ 180 ބްރާންޗު އެގައުމުގެ އެކި ހިސާބުތަކުގައި ހުރެއެވެ.


އޭ އިސްލާމީ އުއްމަތެވެ. އޭ މުސްލިމްތަކުންގެ ވިޔަފާރިވެރިންނޭވެ . ފަހެ އެ ނުބައި ޞަލީބީންގެ މުދާތައް ދޫކޮށްލާށެވެ. އަހަރެމެންގެ ނަބިއްޔާ ޢިއްޒަތްތެރިކޮށް މަތިވެރިކުރުމަށް ލިބިފައި މިވާ ފުރުޞަތުގެ ބޭނުން ހިފާށެވެ. އެހެނީ މިއީ މާދަމާ ޤިޔާމަތުގެ މައިދާނުގައި ނަބިއްޔާ ﷺ ގެ ޙައުޟުކޮޅުން ތިބާއަށް ފެންކޯވަރެއް ލިބިގެންދާ ކަމަކަށް ވެދާނެއެވެ.


އަދި ވަކި ވަކި ފަރުދުންވެސް ފްރާންސުގެ ޕްރޮޑަކްޓްތައް ބޮއިކޮޓްކުރާށެވެ. އެތަކެތި ގަތުން ދޫކޮށްލާށެވެ. އެއީ ދުނިޔެއެދޭ ވިޔަފާރިވެރިންނަށް އެ މަގު ބަންދުކުރުމަށްޓަކައެވެ.


﴿قُلۡ إِن كَانَ ءَابَاۤؤُكُمۡ وَأَبۡنَاۤؤُكُمۡ وَإِخۡوَ ٰ⁠نُكُمۡ وَأَزۡوَ ٰ⁠جُكُمۡ وَعَشِیرَتُكُمۡ وَأَمۡوَ ٰ⁠لٌ ٱقۡتَرَفۡتُمُوهَا وَتِجَـٰرَةࣱ تَخۡشَوۡنَ كَسَادَهَا وَمَسَـٰكِنُ تَرۡضَوۡنَهَاۤ أَحَبَّ إِلَیۡكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادࣲ فِی سَبِیلِهِۦ فَتَرَبَّصُوا۟ حَتَّىٰ یَأۡتِیَ ٱللَّهُ بِأَمۡرِهِۦۗ وَٱللَّهُ لَا یَهۡدِی ٱلۡقَوۡمَ ٱلۡفَـٰسِقِینَ﴾ [سورة التوبة 24]


ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، أخ ންނާއި، އަނބިންނާއިި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ رسول އާއާއި، އެކަލާނގެ މަގުގައި جهاد ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު (ޢަޛާބު) އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! فاسق ވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page