top of page
Featured Posts

ދިވެހިރާއްޖޭގައި މޮޑަން ސޫފީން ގިނަވަނީ.........



ސޫފީންނަކީ އެމީހުން ބުނާގޮތުގައި ސީދާ ﷲ ސުބުހާނަހޫ ވަތައާލާއާއި ދެމެދު ގުޅުން ބަހައްޓާ ޒާހިދު ވުމުގައި ރަސޫލުﷲގެފާނުގެ ސުންނަތް ދޫކޮށްލި މީހުންނެވެ. މާތްﷲއަށް ކުއްތަންވުމަށްޓަކައި މިމީހުންގެ މައިގަނޑު އެއްޗަކީ މިއުޒިކާއި ލަވައެވެ. މިމީހުންނަކީ މިއުޒިކާއި އަދި ގަބުރުސްތާނުތަކަށް ޒިޔާރަތްކުރުން ހުއްދަކުރާ ބަޔެކެވެ. ފާއިތުވީ އަހަރުތަކުގައި ސޫފީންނާއި ދެކޮޅަށް އިލްމުވެރިން ކުރެއްވި ގަދަ މަސައްކަތްތަކުގެ ސަބަބުން ސޫފީންވަނީ މިހާރު އެމީހުންގެ ވައްތަރާއި ބައްޓަން މުޅިން ބަދަލުކޮށް ސޫފީންކަން ނޭންގޭނެހެން މުޅިން މޮޑަން މެދުމިނުގެ ހަރަކާތެއްގެ ގޮތުގައި އިސްލާމްދީނުގެ ތެރެއަށް ވަދެގަންނަން ފަށައިފައެވެ. މިކަމުން ވަކި މިކުޑަ ދިވެހިރާއްޖޭގެ ކުޑަ އިސްލާމީ އުއްމަތް ސަލާމަތް ވެގެން ނުވެއެވެ.

ރާއްޖޭގައި ސޫފީންގެ ހަރަކާތް އެންމެ ގަދައަށް ފެތުރުމަށް މަސައްކަތްކުރަމުންދަނީ ދީނީ އިލްމުވެރިންގެ ނަމުގައި ތިބި ބަޔެކެވެ. އެމީހުން ފާހަގަކުރަން އެންމެ ފަސޭހަވާނީ އަންނަނިވި ސިފަތަކުންނެވެ. އެސިފަތައް ފެނިއްޖެ މީހެއްގެ ކިބައިން ސިންގާގެ ކިބައިން ފިލަން ދުވާހެން އަޅުގަނޑުމެން ސަލާމަތްވާން މަސައްކަތްކުރަންވެއްޖެއެވެ. 1. މިއުޒިކު ފެތުރުމަށް މަސައްކަތްކުރުން ވަރަށް ފަހުން ރާއްޖޭގައި ފާޅުގައި ވަނީ ވަރަށް ވަރުގަދައަށް މިއުޒިކު ފަތުރާނެ ކަމަށް ދީނުގެ ނަމުގައި ތައުލީމު ހާސިލުކުރައްވައިގެން ވަޑައިގެންނެވި ބޮޑު ދަންނަބޭކަލަކު ވިދާޅުވެފައެވެ. މިހަރަކާތުގެ ފެށުން ހަލުއިކަމާއެކުގައި ރާއްޖެގައި ފެށުނީ މިއާ އެކުގައެވެ. 2. ރަސޫލުﷲ(ސައްލަﷲ އަލައިހި ވަސައްލަމަ)ގެ ސުންނަތާއި ދެކޮޅުވެ ސުންނަތް ދޫކޮށްލަން ބާރުއެޅުން މިފަދަ މީހުން ރަސޫލުﷲގެ ފާނުގެ ސުންނަތްތަކަށް ދެކޮޅު ހަދާނެއެވެ. އަދި ސުންނަތަކީ ކޮންމެހެން އަމަލުކުރަން ޖެހޭ އެއްޗެއް ނޫންކަމާއި ސުންނަތުގައި ހިމެނޭ ކަންތައްތަކަކީ ގަދީމީ ކަންތައްތައްކަމަށް ބުނާނެއެވެ. މިފަދަ މީހުން ފާޅުގައި ބުރުގާއެޅުމާއި، ތުނބުޅި ދިގުކުރުމާއި، އަދިވެސް އެތައް އެތައް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތްތަކަކީ ޢަމަލުކުރަންޖެހޭނެ ކަންތައްތަކެއް ނޫންކަމަށް ދަނީ ސިއްރުވެރިކަމާއި ޔަހޫދީކަމާއިއެކު ދަނީ ކެމްޕެއިން ކުރަމުންނެވެ. މީގެ ތެރެއިން ބައެއްމީހުން ބުނަނީ އެމީހުންނަކީ "ޤުރުއާނިސްޓުން" ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެއީ މެދުމިނުގެ "ޒަމާނީ މުސްލިމުން" ކަމަށެވެ. ނަމަވެސް ތިމާމެންނަކީ ޤުރުއާނިސްޓުންނޭ، ސަންދޯކު ކޮޅުފިލާމަތީ ތިބޭ މެދުމިނުގެ މުސްލިމުންނޭ ކިޔަމުންދާއިރު ރަސޫލާގެ ސުންނަތް ދޫކޮށްލުމަކީ ކީރިތި ޤުރުއާނުގެ މުޙައްމަދު ސޫރަތުގެ މިއާޔަތަށް ކާފިރުވާ ބަޔެއް ފިޔަވާ ދެން ކޮންބަޔެއް ހެއްޔެވެ؟ އެއާޔަތުގައި ވަނީ މިފަދައިންނެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން މާތްﷲއަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށްވެސް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާތިލްނުކުރާށެވެ. " ސުރަތުލް މުޙައްމަދު 22 ވަަނަ އާޔަތް 3. ބިދުޢަތަކަށް ތާޢީދުކުރުން ސޫފީންގެ ޒަމާނީ ހަރަކާތުގެ ދިވެހި މަޒުހަބުގެ އެންމެ ވަރުގަދަ ވަޒީފާއަކީ ދިވެހިރާއްޖޭގައި ބިދުޢަތައް ޕުރޮމޯޓު ކުރުމެވެ. އެގޮތުން ޒިޔާރަތްތަކަށް "ޒިޔާރަތް" ކުރަން ގޮވާލުމާއި، ޒިޔާރަތްތަކަށް "ޒިޔާރަތް" ކުރުން ހުއްދަކުރުމާއި، އަދި ޤަބުރަށް އަޅުކަން ކުރުން މިބައިމީހުން ހުއްދަކުރެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވައްސަލާމް މަނާކުރައްވާފައިވާ އެތައްކަމެއް މިފަދަ މީހުން ހުއްދަކުރެއެވެ. ނިންމުން ވީމާ ދިވެހިރާއްޖޭގައި މިއުފެދޭ ސޫފީ މޮޑަން ހަރަކާތާއި މެދު ސަމާލުވާން އެބަޖެހެއެވެ. ކުރިން ބަޔާންވިފަދައިން މިޒަމާނުގައި ސޫފީޒަމް ފަތުރަނީ އެއީ ސޫފީޒަމް ކަން ނޭންގޭ ގޮތަށް އޮޅުވާލައިގެންނެވެ. ޒަމާނީ މެދުމިނުގެ އިސްލާމީ ހަރަކާތެއްކަން ދައްކަން އެބައިމީހުން މަސައްކަތްކުރެއެވެ. އެބައިމީހުންގެ މައިގަނޑު ޕުރޮޕެގެންޑާ ހަތިޔާރަކީ މިއުޒިކެވެ. މިއުޒިކަކީ ސޫފީންގެ ހިތެވެ. އެބައިމީހުން އަޅުކަން ކުރާނީވެސް މިއުޒިކް ޖަހައިގެންނެވެ. ނުވަތަ ލަވަކިޔާއިރު ޖައްސާ ވައްތަރުތައް ނަމާދުގަޔައި އަދި އެމީހުންގެ ބަހުން އެމީހުންގެ ޒިކުރުތަކުގައި ޖައްސައެވެ. އެބައިމީހުން ޒިކުރުކުރަނީކަމަށްބުނެ ބޮޑެތި ޑީޖޭތައް ބޭއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެއީ އަދި މިހާތަނަށް ދިވެހި ސޫފީންނަށް ނުވެ އޮތްކަމެވެ. އަޅުގަނޑުމެން އެއިޑުސް ބައްޔާމެދު ފަރުވާތެރިވާފަދައިން އަޅުގަނޑުމެންގެ ނަފުސްތަކާއި ދަރިން ސޫފީންގެ ކިބައިން ސަލާމަތް ކުރަން އެބަޖެހެއެވެ. އެހެން ނޫނީ ނަރަކައިން ދާއިމީ އަލިފާނުގެ ރިސޯޓު ގޮޅިއަކަށް ދާން އެއްކޮޅު ޓިކެޓު ލިބިދާނެއެވެ. ރައްކާވެތިބިއްޔާދަތުރެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ގޮތުގައި ރީތި މުސްލިމުންގެ ގޮތުގައި ތިބެ ނެތިފަނާވެދާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.އާމީން ނޯޓު: ފޮޓޯއިން ތިޔަ ފެންނަނީ ތުރުކީގެ ބަޔަކު ޒިޔާރަތެއްކައިރީ އެމީހުން ގެ އަޅުކަން ފުރިހަމަ ކުރާ މަންޒަރެވެ. މިއީ އަޅޭ ފަހެ މުސްލިމުންހެއްޔެ؟



މިލިޔުން ނެގިފައިވަނީ أبو عبد الله عبدالرحيم المدني | ގެ ބުލޮގުންނެވެ.





telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page