މިއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ޝާމުގެ ބިންތަކުންވެސް އެންމެ މާތްވެގެންވާ ބިމެވެ.
އަދި އެންމެހާ ނަބިއްޔުންނާއިގެން، މާތްނަބިއްޔާ ﷺ އެތަނެއްގައި އިމާމްވެ ނަމާދުކުރެއްވި މަސްޖިދުލް އަޤްޞާގެ ބައެކެވެ. އެކަލޭގެފާނުގެ މަސްރާއެވެ. މި މިސްކިތްކޮޅާއި މިސްކިތުގެ ވަށައިގެންވާހާ ބައެއް (ޝާމުގެ ބިން) ވަނީ ﷲ ތަޢާލާ ބަރަކާތްލައްވާފައެވެ. އަދި ރަޙުމަތުގެ މަލާއިކަތުންގެ ވަރަފުޅުތައް އެބިމަކަށް ތިރިކޮށްލެވިފައިވާ މާތް ބިމެވެ.
ދަންނާށެވެ. ޝާމުގެ ބިން މާތް ނަބިއްޔާ ﷺ ސިފަކޮށްދެއްވީ މިފަދައިންނެވެ.
((فإنَّها خيرةُ اللَّهِ من أرضِهِ، يَجتبي إليها خيرتَهُ من عبادِهِ))
(ފަހެ ހަމަކަށަވަރުން އެބިމަކީ، ބިންތަކުގެތެރެއިން ﷲ ތަޢާލާ ހޮއްވަވާފައިވާ ބިމެކެވެ. އެތަނަށް ޖަމާކުރައްވަނީ އެއިލާހުގެ އަޅުތަކުންކުރެ އެއިލާހު ހޮއްވަވާ އަޅުންތަކެކެވެ.)
(ތިރްމިޛީ، އިމާމް އަލްބާނީ ޞައްޙަ ކުރައްވާފައި)
އޭ މުސްލިމް ޒުވާނާއެވެ. ތިބާއީ ﷲ ގެ ހޮއްވެވުމަކަށް ވުމަށް އެދޭނަމަ ތިބާއަށްވަނީ ޝާމުގެ ބިމެވެ.