top of page
Featured Posts

ކަލަކުވޭހެއްޔެވެ؟ 2



ތިބާ ވަރަށް ހާލުގައި ޖެހޭ ވަގުތަކީ ތިބާ ހެއްދެވި އިލާހުގެ މަތިން ޚާލިސްކަމާއި އެކު އަޅުކަން ކުރާނެ ވަގުތެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް މިފަދަ ދަނޑިވަޅުތައް އާދެއެވެ. އެއީ ތިބާ ހެއްދެވި އިލާހުގެ ހަޟްރަތަށް ރުޖޫއަވާނެ ވަގުތެވެ. އެވަގުތު ތިބާ އިޚުލާސްތެރިކަމާއި އެކު ހެއްދެވިފަރާތަށް ދުޢާކޮށް ސަލާމަތްވުމަށް އެދޭނެއެވެ. އެއީ ކަނޑުގައި ފެތެމުންދާ ދޯންޏެއްކަމުގައި ވީނަމަވެސް މެހެވެ. ނުވަތަ ސުނާމީގެ ބޮޑެތި ރާޅުތައް އަރައިގެން އައިސް ދެން މަރުވެދާނެހެން ހީވާ ހާލަތެވެ. ނުވަތަ އެނޫންވެސް ހާލަތެއްގައެވެ.


އަހަރެމެންނަށް އިލާހަކު ވާކަން އެނގެނީ އިލާހު ލައްވާފައިވާ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ދަލީލުތަކުންނެވެ. އިރާއި ހަނދާއި ތަރިތަކާއި އެއިލާހު އުފެއްދެވި އެންމެހާ މަޚުލޫޤުތަކުންނެވެ. އެހުރިހާ އެއްޗަކުން އަހަރެމެންނަށް ބަޔާންވެގެންދަނީ މިހުރިހާ އެއްޗެއް އުފެއްދެވި ޙިކުމަތްވަންތަ އިއްޒަތްވަންތަ މަތިވެރި އިލާހަކުވާކަމެވެ. އެ ކުލޭ ޕޮޓް ފެނުމުން ޙަޟާރާތްވާކަން އަހަރެމެންނަށް އެނގުނު ފަދައިންނެވެ.


އޭ ﷲ ސުބުޙާނަހޫ ވަތަޢާލާ ހެއްދެވި މަޚުލޫޤެވެ. ނިކަން މިއާޔަތްތަކާއި މެދު ވިސްނާ ފިކުރުކޮށްލެއްވުން ކިހިނެއްވާނެތޯއެވެ. އެއީ އަހަރެމެން އެންމެންނާއި އެއިލާހު މުޚާތަބު ކުރައްވައި އަންގަވައި ވަޙީކުރައްވާފައިވެއެވެ.


(إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَايَنفَعُ النَّاسَ وَمَا أَنزَلَ اللَّـهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنكُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ)سورة البقرة: 164

މާނައީ: " ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ. "


އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(إِنَّ فِي اخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا خَلَقَ اللَّـهُ فِي السَّمَاوَاتِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَتَّقُونَ )

سورة يونس: 6 .

މާނައީ: " ހަމަކަށަވަރުން، ރޭދުވާ ތަފާތުވުމުގައްޔާއި އުޑުތަކާއި، ބިމުގައި اللَّه ހެއްދެވި (އެންމެހައި) ތަކެތީގައި، ތަޤުވާވެރިވާ ބަޔަކަށް ދަލީލު ތަކެއްވާކަން ކަށަވަރެވެ. "


އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

(خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ، تَعَالَىٰ عَمَّا يُشْرِكُونَ، خَلَقَ الْإِنسَانَ مِن نُّطْفَةٍ فَإِذَا هُوَخَصِيمٌ مُّبِينٌ ، وَالْأَنْعَامَ خَلَقَهَا ، لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ) سورة النخل: 3-5


މާނައީ: " އެކަލާނގެ އުޑުތަކާއި، ބިން ޙައްޤު ގޮތުގައި ހެއްދެވިއެވެ. އެއުރެން ޝަރީކުކުރާ ތަކެއްޗަށްވުރެން، އެކަލާނގެ މަތިވެރިވެވޮޑިގެންވެތެވެ. މަނިތިއްކަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ފަހެ، އެހާރުން އޭނާވަނީ، ފާޅުވެ، ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ. "


އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

(تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا ﴿١﴾الَّذِي لَهُ مُلْكُ السَّمَاوَاتِوَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا وَاتَّخَذُوامِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَمَوْتًا وَلَا حَيَاةً وَلَا نُشُورًا ﴿٣﴾ )

سورة الفرقان: 1-3 .

މާނައީ: " ޢާލަމްތަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރުއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ. އެއުރެން، އެކަލާނގެ ފިޔަވައި އެހެން އިލާހުންތަކެއް ނެގިއެވެ. އެއްވެސް އެއްޗެއް ނުއުފެއްދޭ އިލާހުންތަކެކެވެ. އަދި އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ ނަފުސުތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެތަކެއްޗަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެތަކެއްޗަށް މިލްކުވެގެނެއް ނުވެތެވެ.."


އަދިވެސް ވަޙީކުރައްވާފައިވެއެވެ.

(أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ ) سورة الطور:36.


" އުޑުތަކާއި އަދި ބިން ހެދިބަޔަކީ އެބައިމީހުން ހެއްޔެވެ؟ ނަމަވެސް އެބައިމީހުންނަކީ އީމާންނުވާ ބަޔެކެވެ."


އަދިވެސް ވަހީކުރައްވާފައިވެއެވެ.

(هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ، حَتَّىٰ إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوابِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ، دَعَوُا اللَّـهَمُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ، فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِيالْأَرْضِ بِغَيْرِ الْحَقِّ ، يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُم ، مَّتَاعَ الْحَيَاةِ الدُّنْيَا ، ثُمَّ إِلَيْنَامَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ) سورة يونس 22-23.


" އެކަލާނގެއީ، އެއްގަމާއި، ކަނޑުގައި، ތިޔަބައިމީހުން ދަތުރުކުރާގޮތް ހިންމަވައިދެއްވާ ރަސްކަލާނގެއެވެ. ދެން ތިޔަބައިމީހުން، ނަވަށް އަރައި ނަލަ ރޯޅިއަކާއެކު އެއުރެންނާއިގެން އެ ނައު ދުއްވައިގަތުމުން، އެކަމާ އެއުރެން އުފާކޮށްކޮށް ތިއްބައި، އެ ނަވަށް ޖެހުނުގަދަ ކޮޅިގަނޑަކުން ހުރިހާ ފަރާތަކުން އެއުރެންނާ ދިމާޔަށް ރާޅުތައް އައިސް އެއުރެން ހަލާކުވެދާނެހެން ހީވީމާ، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، اللَّه އަށް އެއުރެން ދުޢާކުރެއެވެ. މިކަމުން، އިބަރަސްކަލާނގެ އަޅަމެން ސަލާމަތްކުރައްވައިފިނަމަ، ހަމަކަށަވަރުން، ޝުކުރުކުރާ މީހުންގެ ތެރެއިން އަޅަމެން ވާހުށީމުއެވެ. ދެން އެކަލާނގެ އެއުރެން ސަލާމަތްކުރެއްވި ހިނދު، އެހާރުން، ޙައްޤަކާނުލައި، އެއުރެން ބިމުގައި ފަސާދައުފައްދައި ދެކޮޅުވެރިވެތެވެ. އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ. ދެން ތިޔަބައިމީހުން ރުޖޫޢަވާހުށީ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ."


ނިންމުން

އޭ ލޯބިވާ ޢަޚުންނާއި އުޚުތުންނެވެ. ތިބާ ހެއްދެވި އިލާހު ދެނެގަނެ އެއިލާހާއި ބައްދަލު ވުމުގެ ކުރިން އެއިލާހު ދެނެގަނެ އެއިލާހު އެއްކައުވަންތަކޮށް އެއްވެސް ފަރާތަކަށް ޝަރީކުކުރުމެއްނެތި އެއިލާހަށް އަޅުކަން ކުރަން ފަށަމާ ހިނގާށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

(فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا) سورة الكهف: 110.

މާނައީ: " ފަހެ އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ ޞާލިޙު އަމަލުން ޢަމަލުކުރާ ހުށިކަމެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި (ﷲއާއި) އެއްވެސް ފަރާތަކާއި ޝަރީކު ނުކުރާހުށިކަމެވެ" ނިމުނީ.


މިލިޔުންނެގިފައިވަނީ أبو عبد الله عبدالرحيم المدني | ގެ ބުލޮގުންނެވެ.





telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page