ފަހެ އަޅުގަނޑުމެންނާ ޙަވާލުކުރެވުނު އިސްލާމްދީނުގެ އަމާނާތް ކޮބައިތޯއެވެ؟
ފިނިމޫސުމުގެ ގަދަފިނި ޝާމުގެ ސަރަޙައްދުތަކަށް އަންނައިރު، ޣައްޒާގެ ރެފިޔުޖީ ކޭމްޕްތަކުގައި އުޅޭ ޢާންމުރައްޔިތުން ހައްޔަރުކޮށް މިގޮތަށް ފުނިޖަހާފައިވާއިރު އެ ޙާލަތާއިމެދު ވިސްނާލެވޭތޯއެވެ. ފަލަޞްތީނަށް މިޙާލުޖެއްސީ ކޮންބައެއްކަން އެނގޭ ހެއްޔެވެ؟ އެއީ ސައިލުގެ ފޮނުގަނޑުފަދައިންވާ ބިލިއަން މުސްލިމުންތަކެވެ. ޣައްޒާފިޔަވައި އެންމެންވެސް ތިބެނީ ދެންވާނީ ކިހިނެއްތޯ ބަލާށެވެ. ފަހެ އަޅުގަނޑުމެންނާ ޙަވާލުކުރެވުނު އިސްލާމްދީނުގެ އަމާނާތް ކޮބައިތޯއެވެ؟
(إِنَّا عَرَضۡنَا ٱلۡأَمَانَةَ عَلَى ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ وَٱلۡجِبَالِ فَأَبَیۡنَ أَن یَحۡمِلۡنَهَا وَأَشۡفَقۡنَ مِنۡهَا وَحَمَلَهَا ٱلۡإِنسَـٰنُۖ إِنَّهُۥ كَانَ ظَلُومࣰا جَهُولࣰا)
ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليف ތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި إنسان އާއެ أمانة އުފުލިއެވެ. ހަމަކަށަވަރުން، އެ إنسان އާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.
(ސޫރަތުލް އަޙްޒާބު 72)