ފިތުނައިގެ ވަގުތުތަކާއި ޢަދުއްވުން މުސްލިމުންގެ މައްޗަށް އަރައިގަންނަ ވަގުތު ތަކުގައި".....
💬 "ފިތުނައިގެ ވަގުތުތަކާއި ޢަދުއްވުން މުސްލިމުންގެ މައްޗަށް އަރައިގަންނަ ވަގުތު ތަކުގައި" (އަހަރެމެންނަށް) އެތަކެއް ކަމެއް ލާޒިމުވެގެންވެއެވެ:
◾ފުރަމަތަމަ ކަމަކީ: ޤުނޫތެވެ.
ނަބިއްޔު صلى الله عليه وسلم މެންދުރު ނަމާދާއި ޢިޝާއާއި މަޣްރިބުގައި ޤުނޫތު ވިދާޅުވިއެވެ. އަދި މިޙަދީޘްތަކީ އޭގެ ޞައްޙަ ކަމުގެ މައްޗަށް (އަލްބުޚާރީ އާއި މުސްލިމު ދެއިމާމުން) އިއްތިފާޤު ވެވަޑައިގެންފައިވާ ޙަދީޘެވެ. އަދި ނަބިއްޔު صلى الله عليه وسلم ފަތިސް ނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. އަދި މިކަމުގެ މައްޗަށްވާ ޙަދީޘުތައް މުތަވާތިރެވެ.
އަދި އިބްނު ޢައްބާސުގެ ޙަދީޘުގައި ނަބިއްޔު صلى الله عليه وسلم ޢަޞްރު ނަމާދުގައި ޤުނޫތު ކިޔުއްވިކަމަށް ވާރިދުވެފައި ވެއެވެ. އެރިވާކުރެއްވީ އަބޫ ދާވޫދާއި އެނޫން ބޭކަލުންނެވެ.
އަދި ނަބިއްޔު صلى الله عليه وسلم މެންދުރު ނަމާދުގައި ޤުނޫތު ކިޔުއްވި ހިނދު، އެއީ ސިއްރިއްޔާތު (މަޑުން ކިޔަވާ) ނަމާދެއް ކަމުގައި ވޭމެ، އެއީ ޢަޞްރު ނަމާދުގައި ވެސް ޤުނޫތު ކިޔުން ހުއްދަކަމުގެ މައްޗަށް އޮތް ދަލީލެކެވެ. އަދި ޢިލްމުވެރިންގެ ޤަޥްލުތަކުން ބުރަވެގެންވާ ބަސްފުޅަކީ: (އިމާމު މީހާ) އޭނާގެ ޤުނޫތު އަޑުހަރުކޮށް ކިޔައި، މީސްތަކުން އެއަށް އާމީން ކިޔުމެވެ.
އަދި (ނާޒިލާ) ޤުނޫތުގެ ސުންނަތް ތަކީ: ނިކަމެތިވެފައިވާ މުސްލިމުންނަށް ދުޢާ އާއި ކާފަރުންނަށް ލަޢުނަތުން ފަށައިގަތުމެވެ. މިއީ ނަބިއްޔު صلى الله عليه وسلم ގެ އަމަލުފުޅުގެ މައްޗަށެވެ. ފަހެ އެކަލޭގެފާނުގެ ދުޢާ ގައި ކާފިރުތަކުންނަށް ލަޢުނަތް ދެއްވައި އެވެރިންނާ ދެކޮޅަށް ދުޢާދަންނަވައެވެ.
އަދި އެކަމުން މައުމޫމުންނަށް އެކަމުގައި ހެޔޮއަޘަރު ކުރާނަމަ، ދުޢާ ދިގުކުރުމުގައި ގޯހެއް ނެތެވެ. ޢުމަރުގެފާނު ދުޢާދިގުކުރައްވާ ކަމުގައި ޞައްޙަ ސަނަދަކުން އިބްނު އަބީ ޝައިބާ ރިވާކުރެއްވިއެވެ.
އަދި ދުޢާ ނިންމާލުމުގައި ނަބިއްޔު صلى الله عليه وسلم ޞަލަވާތް ކިޔުމުގައި މައްސަލައެއް ނުވެއެވެ. މިއީ އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުގެ މައްޗަށެވެ. އިބްނު ޚުޒައިމާ އާއި އެނޫން ބޭކަލުން ޞައްޙަ ސަނަދުން މިކަން ރިވާކުރެއްވިއެވެ.
އަދި ލައިގަނެގެން އުޅޭ ކަންތައް ކެނޑުމާއި ހަމަޔަށް، (ނަމާދުތަކުގައި) ޤުނޫތު ކިޔުން ކުރިޔަށް ގެންދިޔުން ވެއެވެ. އެއީ އެގޮތުގައި ޤިޔާމަތާއި ހަމަޔަށް ދެމިއޮތަސް އެވެ. އެހެނީ މިއީ ނަޞްރުވެރިވުމުގެ ތެރެއިންވާ ކަމެކެވެ. އަދި ދުޢާއިން މުސްލިމުތަކުންނަށް ނަޞްރު ލިއްބައިދިނުމުގައި ނުހަނު ބޮޑު މަދަދެއް ވެއެވެ. މިސަބަބަށްޓަކައި އުޙުދު ހަނގުރާމައިގައި ނަބިއްޔު صلى الله عليه وسلم އެކަލޭގެފާނުގެ ރައްބަށް ދެންނެވުމުގައި ގަދައަޅުއްވައި ހުންނެވިއެވެ. އަދި އަޞްޙާބުބޭކަލުން رضي الله عنهم، ހަނގުރާމަތަކާއި ކުރިމަތިލުންތަކުގައި ﷲ جل وعلا ގެ ރައްކާތެރިކަމުގެ ނިވާފަތްގަނޑަށް ވަދެވަޑައިގަންނަވަތެވެ. އެހެނީ ﷲ ޙަޟުރަތު ރައްކާތެރިކަމެއް އެއިލާހުފުށުން މެނުވީ ހަމަ ނުވެއެވެ.
إذا انقطعت اطماع عبدٍ عن الورى
އަޅެއްގެ އުއްމީދު ކެނޑިއްޖެނަމަ މީހުން ފުށުން
تعلق بالرب الكريم رجاؤه
އޭނާ ހިފަޔޭ ދީލަތި ރައްބުގެ އުއްމީދުގައި
فأصبح حرًا عزةً وقناعةً
އެހިނދު ވެޔޭ މިނިވަން ޢިއްޒަތާ ރުހުމުގައި އޭނާ
على وجهه أنواره وضياؤه
އޭނާގެ މޫނުން ނޫރާއި ވިދުން ބަބުޅަމުން
وإن علُقت بالخلق أطماع نفسه
ނަފްސުގެ އުއްމީދުތަކަށް މަޙުލޫޤުނަށް ބަރޯސާވެއްޖެނަމަ
تباعد ما يرجو وطال عناؤه
އޭނާގެ އެދުން ކެނޑިދަނީ ކަންބޮޑުވުން ދިގުލަމުން
فلا ترجُ إلا الله في الخطب وحده
ވީމާ ﷲ އަށް އެކަނި ނޫނީ ދަންނަވަން ނުގުޑޭށެޔޭ
ولو صح في خل الصفاء صفاؤه
އެއީ ތެދުވެރި ގާތް ރައްޓެއްސެއް އެނޫން ހުއްޓަކަސް
އަދި ބަޔެއް ނަމާދުތަކުގައި ޤުނޫތުކިޔައި އެނޫން ނަމާދުތަކުގައި ދޫކުރިޔަސް އޭގައި މައްސަލައެއް ނުވެއެވެ. އަދި ވަކި ނަމާދުތަކަކަށް ޤުނޫތުކިޔުމަށް ޚާއްޞަކުޅައުމުގައިވެސް މައްސަލައެއް ނެތެވެ. އަދި އޭގައި ދެމިހުރެ އޭނާގެ ނަފްސަށް ތުރާ ފޯރާކަމަށް ބިރުގަންނަނީ ނަމަ، ޤުނޫތު ދޫކޮށްލުމުގައިވެސް ގޯހެއް ނެތެވެ. އަދި އޭނާގެ ސަޖިދާގައި ﷲ جل وعلا ދެންނެވުމުގައި ދެމިހުންނާނީއޭވެ. އަދި މީސްތަކުންނަށްވެސް އެކަމަށް އިރުޝާދު ދޭނީއެވެ.
އަދި މިއީ މުސްލިމުންނަށް އެވެރިންގެ އަޚުންނަށްޓަކައި ވެވޭން އޮތް (އެހީގެ) އެންމެ ކުޑަ މިންވަރެވެ. ފަހެ މިދާ ހަގުރަމާޔަކީ ޞަލީބީ ޙަނގުރާމައެކެވެ. އެ އިޢުލާނުކުރީ ކުފުރުގެ އިމާމުންތަކެވެ.
◾ދެވަނަ ކަމަކީ: ދުލުން އެވެރިންނަށް ނަޞުރުވެރި ވުމެވެ. އެއީ އެވެރިންނަށް ފޯރިދީ، ލިޔުންތައް ލިޔެ، މެސެޖުތައް ފޮނުވައި، އެވެރިންގެ ހިތްވަރު އާލާކުރުވުމެވެ.
◾ތިންވަނަ ކަމަކީ: މުދަލުން އެވެރިންނަށް އެހީތެރިވުމެވެ. އެއީ ޒަކާތްތަކާއި ޞަދަޤާތްތަކެވެ. އެހެނީ މިއީ އީމާންކަމުގެ އަޚުވަންތަކަން ގޮވާލާކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަދި ޝަރީޢަތުގެ ގޮވާލުންތަކުގެ ތެރެއިން ގޮވާލުމެކެވެ.
ދެޞަޙީޙު ގައި ވެއެވެ: އިތުރުއެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ (الواحد) إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى (متفق عليه) ”އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިޘާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.“ އަދިވެސް ދެޞަޙީޙުގައި ވެއެވެ: اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا
”އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިޘާލަކީ އެއްބައިން އަނެއްބަޔަށް ބާރުދޭ ޢިމާރާތެއްގެ ފަދައެވެ.“
އެހެނީ މުސްލިމުތަކުން މިއަދުވަނީ ތިޔަބައިމީހުންގެ މުދަލާއި ޞަދަޤާތަށް ނުހަނު ބޭނުންޖެހިފައެވެ. ހަމަކަށަވަރުން ޖިހާދެއްވެސް ރެސިސްޓެންސެއްވެސް މާލާއިނުލައި ދެމިނުއޮވެއެވެ. އެހެނީ ޖިހާދާއި ޙަޔާތުގެ މައިބަދައަކީ މާލެވެ. އަދި މުދަލުން ވެވޭ އެހީ އެތަކެއް ކަމެއް ތަމްޘީލުކުރެއެވެ: ފުރަތަމަކަމަކަށް: ޢަދުއްވާއި ކުރިމަތިލުމުގައި އެބޭނުން ކުރެވެއެވެ. ދެވަނަ ކަމަކަށް: އެވެރިންގެ ޢާއިލާތަކާއި އެވެރިންގެ ތައްޔާރީއަށް އެބޭނުން ކުރެވެއެވެ. އެހެނީ ނަބިއްޔު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: (من جهز غازيًا فقد غزا) "ހަނގުރާމަވެރިޔެއް ތައްޔާރުކޮށްފިމީހާ، ފަހެ ހަނގުރާމަ ކޮށްފިއެވެ." އަދި މިރިވާޔަތް ވަނީ ދެޞަޙީޙުގައެވެ.
◾ހަތަރުވަނަ ކަމަކީ: މީޑިއާގެ ޒަރީޢާއިން ކުރެވޭ ޖިހާދެވެ. އެއީ ކަންކަމުގެ ޙަޤީޤަތް އޭގެ އަޞްލާއި އެއްގޮތަށް ދައްކުވައިދިނުމެވެ. އަދި ފިތުނައިގެ ވަޤުތުތަކުގައި (އަވަހަށް ވިހަ ލުމަށް) މުއުމިނުންނަށް ބަލަބަލައި ތިބޭ މުނާފިޤުން މައްޗަށް އެއިން (މީޑިއާ ބޭނުންކޮށް) ވަކިހިއްޕައި ބަލިކޮށްލުމެވެ. އަދި މިސަބަބަށްޓަކައި ޙައްމާދު ބުނު ސަލަމާ ގެންނެވި ޙުމައިދު ގެންނެވި އަނަސްގެފާނުގެ ޙަދީޘުގައި ވެޔޭ، އިތުރުއެކަލޭގެފާނުން صلى الله عليه وسلم ޙަދީޘް ކުރެއްވިޔޭ: جاهدوا المشركين بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން، މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރާށެވެ.)⁽¹⁾
(ޖިހާދުގައި މުދަލުގެ މުޙިއްމު ކަމާއިމެދު ދަންނައެ) ﷲ جل وعلا ވަނީ އެއިލާހުގެ ފޮތުގައި އެންމެ ދަނޑިވަޅެއް ނޫނީ އެހެން ހުރިހާ ތަނެއްގައި ނަފްސުން ކުރެވޭ ޖިހާދުގެ އިހަށް މުދަލުން ޖިހާދުކުރުން ގެންނަވާފައެވެ. (ތަފާތުވި) އެއެންމެ ދަނޑިވަޅަކީ: ﴿إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِينَ أَنفُسَهُمۡ وَأَمۡوَٰلَهُم بِأَنَّ لَهُمُ ٱلۡجَنَّةَۚ﴾ (9:111) (ހަމަކަށަވަރުން މިއުމިނުންގެއަތުން އެބައިމީހުންގެ ނަފުސުތަކާއި މުދައުތައް، އެމީހުންނަށް ސުވަރުގެދެއްވާފައި ﷲ تعالى ބައްލަވައިގަނެފިއެވެ. (ގަންނަވައިފިއެވެ.)) މިއެވެ.
[ﷲ ވަޙީ ކުރެއްވިއެވެ]
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنۡ عَذَابٍ أَلِيمٍ * تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ﴾ ( އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ. ވޭންދެނިވި عَذاب ން ތިޔަބައިމީހުން ސަލާމަތް ވާނޭ ވިޔަފާރިއަކަށް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަގުދައްކައި، އިރުޝާދުދެއްވާ ހުށީމެވެ. އެ ވިޔަފާރީގެ رَأْسُالمَال އަކީ (ތިޔަބައިމީހުންގެ ފަރާތުން ދައްކާންޖެހޭ މުދަލަކީ) ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވެ، އެ ދެފަރާތް ތެދުކުރުމާއި، ﷲ ގެ މަގުގައި ޖިހާދުކުރުމޭ...) އެބަހީ: بأموالكم وأنفسكم وألسنتكم (ތިޔަބައިމީހުންގެ މުދަލުންނާއި ޖާނުންނާއި ދޫތަކުން ޖިހާދުކުރުމެވެ.) =
--------------------
(1) ސުނަން އަބޫ ދާވޫދުގެ ޝަރަޙް "ޢަޥްން އަލްމަޢުބޫދު" ގައި ވެއެވެ: ”މިޙަދީޘަކީ ޖާނުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ނިކުމެ ސީދާ ކާފަރުންނާއި ކުރިމަތިލުމެވެ. އަދި މުދަލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ ޖިހާދާއި ހަތިޔާރާއި އެފަދަ އެންމެހާ އެއްޗަކަށް ހޭދަކުރުން ފަދަ، އެއަކުން އެވާޖިބު ކޮޅަށް ޖެހޭނޭ އެންމެހާ ކަމެއްގައެވެ. އަދި ދުލުން ޖިހާދު ކުރުަމުގެ މައްޗަށް އޮތް ދަލީލެކެވެ. އެއީ އެއުރެން މައްޗަށް ޙުއްޖަތް ޤާއިމުކުރުމާއި، ﷲ تعالى ގެ މަގަށް އެއުރެންނަށް ދަޢުވަތު ދިނުމާއި، އެއްޗެހިގޮވުމާއި މިފަދަ އެއަކުން ޢަދުއްވުންގެ ނިމުން ގެނުވޭނޭ އެންމެހާ ކަމެކެވެ. ﴿وَلَا يَنَالُونَ مِنۡ عَدُوٍّ نَّيۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلٌ صَٰلِحٌۚ﴾ (9:120) (...އަދި ޢަދުއްވަކަށް އެވެރިންދޭ ކޮންމެ ގެއްލުމެއްވިޔަސް، އެއިން ކޮންމެ ކަމަކީ އެވެރިންނަށް ޞާލިޙު ޢަމަލެއް ކަމުގައި ލިޔެވިގެންމެނުވީ ނުވާ އެއްޗެކެވެ.) —اهــ.
◾ފަސްވަނަ ކަމަކީ: އަޅަކަށް މިކަމަށް މަގުފަހިވެއްޖެ ހިނދެއްގައި މިއަށްޓަކައި އޭނާގެ ނަފުސު ހޭދަކުރުމެވެ. އަދި އެވެރިންނަށް ބޭނުންޖެހިފައިވަނީ ތަފާތު ފަންނުތަކާއި ކަންކަމުގައި ޚާއްޞަ (އިސްޕެޝަލިސްޓުންނަށް) އަދި އެފަދަ ފަރާތްތަކަށެވެ. ކޮންމެ ކޮންމެ ފަރުދަކަކަށް ނޫނެވެ.
މީގެ އިތުރުން، ބައެއް މީހުން މަޝްވަރާ އަކާއި ނުލައި އަދި ތަރުތީބެއް ނެތި ދަތުރުކުރެއެވެ. އަދި މީގެ ނަތީޖާއަކަށް ހައްޔަރުވުމާއި މިޒާތުގެ ކަންކަމާއި ކުރިމަތިވެއެވެ. އަދި މިއީ ކުށެކެވެ.
މިފަދަ ދަނޑިވަޅުތަކުގައި މުޙިއްމީ ކެތްތެރިކަމާއި ނަތީޖާ ނެރުމަށް އަވަސްއަރުވައި ނުލުމެވެ. އަދި މުސްލިމުތަކުންނަށްވާ ނަޞްރާއި ކާމިޔާބީގެ ޙަޤީޤަތަށް މަގުދެއްކުމެވެ. އެހެނީ ގިނަބަޔެއް ދެކެނީ ކާމިޔާބީގެ ޙަޤީޤަތަކީ ޢަޞްކަރީ ކާމިޔާބީކަމުގައެވެ. އެއުރެން އެދެނީ އެއްރެއިން ޢަދުއްވު ނެރެލެވުމަށެވެ. އަދި އެކަމުން މިންޖުވެ އަރައިގަތުމެވެ. އެއީ ތިމާމެންގެ ފާފާޔާއި އުރެދުމާއި (ގޯސް) ޢަމަލުތަކުގައި އިސްރާފުވެފައިވާ ޙާލުގައި ތިބެއެވެ. ކާމިޔާބަކީ މިފަދައިން އަންނަ އެއްޗެއް ނޫނެވެ.
އަހަރެމެންނަށް (ތާރީޚުން) އެނގޭގޮތުގައި އެންމެ ކުށަކާއި ހުރެ، ޙުނައިނު ހަނގުރާމައިގައި އަޞްޙާބުބޭކަލުން ނާކާމިޔާބުވިއެވެ. އަދި އެއީ އަޞްޙާބުބޭކަލުންނެވެ! އެބޭކަލުންނީ ޢިލްމާއި އީމާނާއި ﷲ جل وعلا ގެ މަގަށް ދަޢުވަތު ދިނުމުގަޔާއި، ކެތްތެރިކަމާއި ތަވައްކަލާއި ޙަޤީޤީ އުޚުއްވަތްތެރިކަމާއި ޞަފުތަކުގައި ބަދަހިކަމުގެ ބޭކަލުންނެވެ. އެހެނަސް ޙުނައިނު ޙަނގުރާމައިގައި އެބޭކަލުންގެ ގިނަކަމާއިމެދު އާޝޯޚުވީހިނދު އެބޭކަލުންމައްޗަށް (ޢަދުއްވުން) ގަދަވެ، (ހަނގުރާމައިން) ބަލިވެ، ފަސްއެނބުރި ވިއްސިވިހާލިވިއެވެ. ﷲ جل وعلا ވަޙީ ކުރެއްވިއެވެ: ﴿وَيَوۡمَ حُنَيۡنٍۙ إِذۡ أَعۡجَبَتۡكُمۡ كَثۡرَتُكُمۡ فَلَمۡ تُغۡنِ عَنكُمۡ شَيۡئًا وَضَاقَتۡ عَلَيۡكُمُ ٱلۡأَرۡضُ بِمَا رَحُبَتۡ ثُمَّ وَلَّيۡتُم مُّدۡبِرِينَ * ثُمَّ أَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَنزَلَ جُنُودًا لَّمۡ تَرَوۡهَا وَعَذَّبَ ٱلَّذِينَ كَفَرُواْۚ وَذَٰلِكَ جَزَآءُ ٱلۡكَٰفِرِينَ * ثُمَّ يَتُوبُ ٱللَّهُ مِنۢ بَعۡدِ ذَٰلِكَ عَلَىٰ مَن يَشَآءُۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾ (9 : 25-27)
((އަދި حنين ހަނގުރާމައިގެ ދުވަހުގައިވެސް (އެކަލާނގެ ކަލޭމެނަށް نصر ދެއްވިއެވެ.) އެދުވަހު ކަލޭމެން ކަލޭމެންގެ عدد ގިނަކަމާއިމެދު عجائب ވީހިނދުންވެސް އެމީހުން ގިނަކަމަކުން ކަލޭމެނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ. (އެދުވަހު) ބިންގަނޑުގެ ތަނަވަސްކަމާއިއެކުވެސް އެބިންގަނޑު ކަލޭމެނަށް ދަތިވެގެންވިއެވެ. އަދި ފުރަގަސްދޭ حال ކަލޭމެން އެނބުރި (ميدان ން) ފުރަގަސްދީ ދިޔައެވެ. * ދެން (އެ ދެރަކަމަށްފަހު) ﷲ تعالى އެކަލާނގެ رسول އާގެމައްޗަށާއި مؤمن ތަކުންގެ މައްޗަށް އެކަލާނގެ سَكِينَة (އެބަހީ: އެކަލާނގެ އަމާންކަމާއި ހަމަޖެހުން) ބާވައިލެއްވިއެވެ. އަދި ކަލޭމެނަށް ނުފެންނަ އެހެން لشكر އެއްވެސް އެކަލާނގެ ބާވައިލެއްވިއެވެ. އެކަލާނގެ ފޮނުއްވިއެވެ. އަދި ކާފަރުވީ މީސްތަކުންނަށް އެކަލާނގެ عذاب ދެއްވިއެވެ. ކާފަރުންނަށް އެކަލާނގެ جزاء ދެއްވަނީ އެފަދައިންނެވެ. (އެއީ ކާފަރުންތައް ميدان ގައި މަރުވެ އަނެއްބަޔަކު أسِيرُ ކުރެއްވުމެވެ. އަދި މުދާތައް مؤمن ންނަށް غنيمة ވުމެވެ.) * ދެން ﷲ އެދިވޮޑިގަންނަވާ އަޅަކަށް އޭގެފަހުގައި (އެބަހީ: مؤمن ންނަށް ބިންގަނޑު ދަތިވެ ހަނގުރާމައިގެ ކަންތައް ގަދަވުމަށްފަހުގައި) ﷲ تعالى توبة ލެއްވިއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.))
ވީމާ އުއްމަތް ވަނީ ތަވްޙީދާއި ޢަޤީދާއިން އޭގެ މިސްރާބު ސީދާކޮށް، ﷲ جل وعلا އަށް ރުޖޫޢަވުމަށް ލާޒިމުވެފައި އެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން (ބަސްކޮޅު)
-ގަލަންދާން-