ކަނޑު މަސް ގިނައިން ކެއުމުން ”އޭ.އެމް.ޑީ“ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުޅޭ ކަނޑު މަސް ކާ މީހުންގެ ތެރެއިން، މަދުވެގެން ހަފްތާއަކު އެއްފަހަރު ކަނޑު މަސް ކާ (އިހުގެ) މީހުންގެ، ޢުމުރުން ދުވަސްވެ މުސްކުޅި ވުމުގެ ސަބަބުން ލޮލުގެ ފެނުން ކޮށިވެ ލޯފަން ވާ ބަލި، ”އޭ.އެމް.ޑީ“ (އޭޖް-ރިލޭޓެޑް މެކިއުލަރ ޑީޖެނެރޭޝަން) ޖެހުމުގެ ފުރުޞަތު ކުޑައެވެ. މި ދިރާސާގެ ސަބަބުން، ”އޮމެގާ-3 ފެޓީ އެސިޑް“ އިން މުއްސަދިކަން ލިބިފައިވާ ކަނޑުމަސް، ކެއުމުން ލިބޭ ސިއްޙީ ފައިދާ ތަކުގެ ލިސްޓަށް ޢަދަދެއް އިތުރުވީއެވެ.
މިދިރާސާއިން ދެއްކި ގޮތުގައި، ޢާއްމުގޮތެއްގައި ކަނޑުމަސް ކައި އުޅޭ މީހުންގެ، ޢުމުރުން ދުވަސްވެ މުސްކުޅި ވުމުގެ ސަބަބުން ލޮލުގެ ފެނުން ކޮށިވެ ލޯ ފަން ވާ ބަލި (އޭޖް-ރިލޭޓެޑް މެކިއުލަރ ޑީޖެނެރޭޝަން) ޖެހުމުގެ ފުރުސަތު، ޢާއްމުގޮތެއްގައި ކަޑުމަސް ކައި ނޫޅޭ މީހުންނަށް ވުރެ ކުޑައެވެ. ”އޭ.އެމް.ޑީ“ (އޭޖް-ރިލޭޓެޑް މެކިއުލަރ ޑީޖެނެރޭޝަން) މިބަލި ޖެހެން މެދުވެރިވާ ސަބަބަކީ ލޮލުގެ ރެޓީނާގެ ފަހަތުގައިވާ ލޭ ހޮޅިތައް އައިބު ވުމާއި ރެޓީނާގައިވާ ނާޒުކު ސެލްތައް ހަލާކު ވުމުވެ. މިބައްޔަކީ ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުންގެ ލޯފަން ވުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. އަދި މިބައްޔަށް (މިހާތަނަށް) ފަރުވާއެއް ފެނިފައެއް ނުވެއެވެ. އެހެނަސް ތަފާތު ބޭސްފަރުވާއިން ލޮލުގެ ފެނުން ކޮށިވުމާއި ލޯފަން ވުން ލަސްކޮށްދެއެވެ.
ދީން.އިންފޯ ސައިޓުން ނަގާފައި (ކުލިކްފޯއިސްލާމް)
www.click4islam.com
www.dheen.info