އުރުދުންގެ ޔުނިވަރސިޓީއެއްގެ މުދައްރިސަކާއި، ދަރިވަރުން، ޣައްޒާއާއި އެކު ތިބިކަން ހާމަކުރުން :
ފަހެ އަޅުގަނޑުމެންގެ މިރާއްޖޭގެ ޒުވާނުންނާއި ޔުނިވަރސިޓީ ދަރަިވަރުންނަށް މިފަދައިން ޝިމާޣުއަޅައި، ފަލަސްތީނާއި އެކުގައިވާކަން ދައްކާލަން ކެރޭނެހެއްޔެވެ؟ އެހެނީ މިފަދަ ކޮންމެ އިޝާރަތަކީ ކާފިރުން އޭގެފަހަތަށް 1000 ވިސްނުމަށް ދާނެކަމެކެވެ. ﷲ ތަޢާލާ އެބައިމީހުންގެ ހާސްކަން އިތުރުކުރައްވާށިއެވެ. ހަމައެހެންމެ އަދުގެ މީޑިޔާއަކީ ނަފްސާނީގޮތުން ބަލިކޮށްލުވާ ކަމެކެވެ. ވީއިރު މިފަދަ ކަންކަމުގެ އަސަރު ކުޑަވާނެޔޭ ހީނުކުރާށެވެ.
((وَلَا یَطَـُٔونَ مَوۡطِئࣰا یَغِیظُ ٱلۡكُفَّارَ وَلَا یَنَالُونَ مِنۡ عَدُوࣲّ نَّیۡلًا إِلَّا كُتِبَ لَهُم بِهِۦ عَمَلࣱ صَـٰلِحٌۚ إِنَّ ٱللَّهَ لَا یُضِیعُ أَجۡرَ ٱلۡمُحۡسِنِینَ))
އަދި އެބައިމީހުނަށް ޞާލިޙު ޢަމަލެއްކަމުގައި ލިޔެވިގެންވާޙާލު މެނުވީ كافر ން ރުޅިއަރާނެ ތަނަކަށް، އެއުރެންނަކަށް ފިޔަވަޅެއް ނޭޅޭނެތެވެ. އަދި عداوة ތެރިއެއްގެ ކިބައިން ގެއްލުމެއް އެއުރެންނަކަށް ނުލިބޭނެތެވެ. ހަމަކަށަވަރުން، إحسان ތެރިންގެ އަޖުރު اللَّه ގެއްލެނި ނުކުރައްވާނެތެވެ.
(ސޫރަތުއްތައުބާ 120)