top of page
Featured Posts

ޞާލިޙު މީހެއްގެ މަރު



ޝައިޚް މުޙަންމަދު އަލްއަރީފީ އަށް، ޝޭޚުގެ އެކުވެރި ޑޮކްޓަރެއް (ކާޑިއޮލޮޖިސްޓެއް) ކިޔާދިންކަމަށް، ކިއުއްވާ ދެއްވިއެވެ. ’މިއީ ޢުމުރުން 16 ނުވަތަ 17 އަހަރުގެ ވަރަށް ޞާލިޙު ފިރިހެން ކުއްޖެއްގެ ވާހަކައެކެވެ. އެއްރެއެއްގައި ފަތިސް ނަމާދު ވަގުތުގެ އިންތިޒާރުގައި މިސްކިތުގައި ވަގުތުތައް ގުނަމުން ދިޔަ މި ކުއްޖާ ފަތިސް ނަމާދު ވަންދެން ޤުރުއާން ކިޔަވަން އިނެވެ. ނަމާދު ވަގުތު ވުމުން އިންތަނުން ތެދުވެގެން ގޮސް މުޞްޙަފު ހަރުގަނޑުގައި ބޭއްވުމަށް ފަހު ނަމާދު ކުރަން ފަށަން އުޅެނިކޮށް ކުއްލި ކަންތައްގަނޑެއް ދިމާވެއްޖެ އެވެ. އޭނާގެ ހިތަށް ކުއްލި ޝޮކެއް (ހާޓް އެޓޭކްއެއް) ޖެހުނެވެ. އަދި އޭނާގެ ހަށިގަނޑުން ބާރު ދޫވެ، ބިންމައްޗަށް ވެއްޓުނެވެ. އޭނާ ބިންމައްޗަށް ވެއްޓުނު މަންޒަރު މިސްކިތުގައި ތިބި އެހެން މީހުންނަށް ފެނުމުން އެތަނުން ދެމީހަކު އަވަސް އަވަހަށް އޭނާ ނަގައިގެން، އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.


މިފިރިހެން ކުއްޖާއަށް ފަރުވާކުރި ޑަކްޓަރު ކިޔާދިނެވެ. ’ހޮސްޕިޓަލުން އަހަރެންނަށް ގުޅާފައި ވަރަށް ޙާލު ދެރަ ބަލި މީހަކު އޮތް ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލަށް އައުމަށް ބުންޏެވެ. އެހެން ކަމުން އަހަރެން އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައީމެވެ. އަދި ހޮސްޕިޓަލަށް ގެނެވިފައިވާ ފިރިހެން ކުއްޖާއަށް ފަރުވާކުރަން ފެށީމެވެ. އަދި އެކުއްޖާއަށް ހާޓް އެޓޭކް ޖެހުމަށް މެދުވެރިވީ އޭނާގެ ހިތުގައި ލޭ ގަނޑުވެފައި ވުމުން ކަމުގައި އަހަންނަށް އެނގުނެވެ. (މިފަދައިން ޖަމަލެއްގެ ހިތުގައި ލޭގަނޑު ވެއްޖެނަމަ އެސޮރު ވަގުތުން މަރުވާނެއެވެ.) އެހެންކަމުން އަހަރެން، ހިތުގެ މަސައްކަތް ހިނގުން ރަނގަޅު ކުރުމަށާއި އަދި އެއްމިނެއްގައި ހިފެހެއްޓުމަށާއި ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ ހިފެހެއްޓުމަށް ބޭނުން ކުރާ އާލާތްތައް އޭނާއަށް ބޭނުން ކުރީމެވެ. އެއަށްފަހު، އެމްބިއުލަންސްގައި ފިރިހެން ކުއްޖާޔާއެކު އައި ޑޮކްޓަރު އޭނާ ގާތުގައި ބަހައްޓާފައި އޭނާގެ ފަރުވާއަށް ބޭނުންވާ ބައެއް އެހެނިހެން އާލާތައް ހޯދުމަށް ދިޔައީމެވެ. އެއާލާތްތައް ހިފައިގެން އަހަރެން އެނބުރި އައި އިރު އަހަންނަށް ފެނުނީ ފިރިހެންކުއްޖާ އެޑޮކްޓަރުގެ އަތުގައި ހިފަހައްޓައިގެން އޮވެ، ޑޮކްޓަރުގެ ކަންފަތް ދަށުގައި ވައިއަޑަކުން ކޮންމެވެސް އެއްޗެކޭ ބުނާ މަންޒަރެވެ. އެހެންކަމުން އަހަރެން އެތަނަށް ނުގޮސް އިރުކޮޅަކު ހުރުމަށް ފަހު، ދެން އެތަނަށް ދިޔައީމެވެ. އަހަރެން އެތަނަށް ވަނުމާއެކު ފިރިހެން ކުއްޖާ ޑޮކްޓަރުގެ އަތުން ދޫކޮށްލާ ކަނާތް ފަރާތަށް އެނބުރުމަށް މަސައްކަތް ކުރިއެވެ. އަދި އޭނާގެ ކަނާތުގެ ޝަހާދަތް އިނގިލިން އިޝާރާތް ކޮށް، ’أشهد أن لا إله الا الله , وأشهد أنّ محمدا عبده ورسوله‘ މިފަދައިން ކިޔެވެ. މިފަދައިން އޭނާ ޝަހާދަތުގެ ދެކަލިމަ ދެފަހަރު ނުވަތަ ތިން ފަހަރުމަތިން ތަކުރާރު ކުރިއެވެ. އެއަށްފަހު (އަހަރުމެން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްކޮށް ތިއްބާ) ..އެމަސަތްކަތުގެ ތެރޭގައި ތިއްބާ، އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑާއި ވަކިވިއެވެ. އޭނާ މަރުވުމާއިއެކު އެމްބިއުލަންސްގައި ފިރިހެން ކުއްޖާޔާ އެކު އައި (ފިރިހެން ކުއްޖާ މަރުވުމުގެ ކުރިން އަތުގައި ހިފައިގެން ހުރި) ޑޮކްޓަރު ރުއިން ފަޅައިގެން ދިޔައެވެ. އަދި އެތަނުގައި ތިބި ހުރިހާ ޑޮކްޓަރުން ވެސް މިކަމާ ވަރަށް ހައިރާންވިއެވެ. އެއީ މިފަދަ ހާދިސާތަކަކީ އެމީހުންނަށް ވަރަށް ޢާއްމުކޮށް ފެންނަށް މަންޒަރަކަށް ވެފައި އަދި އެމްބިއުލަންސް ޑޮކްޓަރަކީ އެދާއިރާގައި މަސައްކަތް ކުރާތާ ވިހި އަހަރު ވެފައިވާ ޑޮކްޓަރަކަށް ވުމާއެކު ވެސް އެފިރިހެން ކުއްޖާ މަރުވުމުން އެވަރަށް ރޯން ޖެހުނު ސަބަބެއް ނޭނގޭތިއެވެ. ހުރިހާ ޑޮކްޓަރުން ވެސް ހީކުރީ އެފިރިހެން ކުއްޖާއަކީ އެމްބިއުލަންސް ޑޮކްޓަރުގެ ގާތްތިމާގެ ކުއްޖެއް ކަމަށެވެ. ނަމަވެސް އެންމެބިއުލަންސް ޑޮކްޓަރާއި އެކަމާއި މެދު ސުވާލުކުރުމުން އެކުއްޖާއަކީ އޭނާގެ ގާތްތިމާގެ ކުއްޖެއް ނޫންކަމަށް ބުއްޏެވެ. އޭނާއަށް ރޮވޭ ވަރުން މާގިނަ ވާހަކައެއް ދެއްކޭ ވަރެއް ނުވެއެވެ. އޭގެ ދިހަވަރަކަށް މިނެޓް ފަހުން އެމްބިއުލަންސް ޑޮކްޓަރު ރުއިން ހުއްޓާލާ ހަމަޖެހުމުން އަހަރެން އޭނާ ގާތަށް ގޮސް އޭނާ ރުއީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު ކުރީމެވެ. އޭނާ އަހަރެން ގާތުގައި ބުންޏެވެ.” ދެންމެ މިދުނިޔެއާޢި އަލްވަދާއުކީ އެފިރިހެން ކުއްޖާ މަރުވުމުގެ ކުރިން އަހަރެންގެ އަތުގައި ހިފަހައްޓައިގެން އޮވެ ބުނީ ކީކޭކަން ކަލޭމެންނަށް އިނގޭ ހެއްޔެވެ؟“ އަހަރުމެން ބުނީމެވެ. ”އޭނާ ބުނީ ކީކޭ ހެއްޔެވެ؟“ އޭނާ ބުންޏެވެ. ”އެ ފިރިހެން ކުއްޖާއަށް އެތަނުގެ ތެރޭގައި ޑޮކްޓަރުންތައް އޭނާއަށް ފަރުވާ ކުރުމަށް ކޮޅުކޮޅަށް ދުވެ ޙަރަކާތްތެރި ވަމުންދާ މަންޒަރު ފެނުނެވެ. އަދި އާނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާތީ ފެނުނެވެ. އެކަމަށްޓަކައި ގަދައަޅާ މަސަތްކަތް ކުރާތީ އެވެ. އަދި ތިބާ، އެއާލާތްތައް ހިފައިގެން އަންނަތަން ފެނުމުން، ތިބާއަކީ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރު (ކާޑިއޮލޮޖިސްޓް) ކަން އިނގުނެވެ. އަދި އެފިރިހެން ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ތިބާ އަވަސް ހަރަކާތުގައި ކޮޅުކޮޅަށް ދުވާތަން ފެނުމުން އޭނާ އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބުނަނީ ކީކޭކަން ނޭނގޭތީ، އޭނާ ބުނާ އެއްޗެއް އަޑު އެހުމަށްޓަކައި އޭނާއަށް ގާތްވެލީމެވެ. ދެން އޭނާ އަހަރެންނަށް ބުންޏެވެ.“ ”އޭ ޑޮކްޓަރެވެ! ތިބާގެ އެކުވެރިޔާ، ތިބާގެ އިސް ޑޮކްޓަރު (ކާޑިއޮލޮޖިސްޓް) ގާތު ބުނާށެވެ. ތިބާގެ ނަފްސު ވަރުބަލި ނުކުރުވާށެވެ. އަހަރެން މަރުން ސަލާމަތް ކުރުމަށް ތިހާ ބުރަކޮށް މަސައްކަތް ނުކުރާށެވެ. ހަމަކަށަވަރުން އަހަރެންނަކީ މިހާރުވެސް މަރުވެފައިވާ މައްޔިތެއް ފަދަ މީހަކީމެވެ.“ އެހެނީ އޭނާ ގާތަށް މަރު އައިއްސި ކަން ކަށަވަރުކޮށް ޔަޤީން ކޮށްފިއެވެ. އޭނާ ބުންޏެވެ. ”ﷲ ގަންދީ ބުނަމެވެ. އަހަރެންނަށް، ޖަންނަތުންވާ އަހަރެންގެ މަންޒިލް މިހާރު އެބަފެނެއެވެ.“ އެމަންޒިލް އަހަންނާ ނުހަނު ކައިރި ވެއްޖެ އެވެ.

”إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلائِكَةُ أَلا تَخَافُوا وَلا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ“ ”ހަމަކަށަވަރުން، ތިމަންމެންގެ ވެރި ރައްބަކީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބާވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރު ނުގަންނާށެވެ! އަދި ހިތާމަ ނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާކަމުގައިވާ ޖަންނަތުގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!“ މިބަސްތައް ހަނދުމަވެ ޑޮކްޓަރުގެ ރުއިން ފަޅައިގެން ދިޔައެވެ.‘



www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page