އިސްލާމްދީނާއި މުޖާހިދުންގެ ބާރު ދުނިޔޭގައި ފެތުރިދާނެތީ ހުޅަނގާއި އެމެރިކާ ބިރުގަންނަނީ ކީއްވެ؟
މި ތުއްތު ކުއްޖާއަކީ ޣައްޒާގެ އަލްޤައްސާމް ބްރިގޭޑްއިން އަސީރުން ބަދަލުކުރުމުގައި މިނިވަންކޮށް ދޫކޮށްލި ޔަހޫދީ ޢާއިލާއެެއްގެ ކުއްޖެކެވެ. ނަމަވެސް އެކުއްޖާގެ ޢާއިލާއަށް އެކުއްޖާގެ ފަރާތުން ފާހަގަވެގެންދިޔަ ތަފާތުކަންތައް އިންޓަވިއުއެއްގައި ކިޔައިދެމުން ބުނެފައިވެއެވެ.:
އޭނަ މިހާރު ހަދާގޮތަކީ އޭނަ ކެއުމުގެ ކުރިން ފުރަތަމަވެސް ކާއެއްޗެހި ދިއްކޮށްލަނީ އަހަރެންނަށެވެ. ނުވަތަ އެހެންވެސް ކޮންމެސް މީހަކަށެވެ.
އިންޓަވިއު ކުރާމީހާ: އެކުއްޖާ ކުރިން (އަސީރުކުރުމުގެކުރިން) އެހެން އުޅޭހެއްޔެވެ؟
ކުއްޖާގެ މަންމަ: ނޫން، (ކުރީގައި އެހެނެއް ނޫޅެއެވެ.) އަހަރެން ކާންބޭނުންނުވާ ކަމުގައި ބުނިނަމަވެސް ބުނެއެވެ.: ((ކުޑަކުޑަކޮން ކައިލާށެވެ. އަހަންނަށްޓަކައި ނަމަވެސް ކައިލާށެވެ.)) ކުރީގައި އެއްގޮތަކަށްވެސް އެހެނެއް ނޫޅެ.
އަހަރެން ސުވާލު ކުރީމެވެ.: އެހެންވިއްޔާ ކެއުމުގައި ބައިވެރިވަނީ އެމީހުން (އަލްޤައްސާމް ގެ މުޖާހިދުން) އެންމެން އެކީގައިތާއެވެ؟ އަދި އިސްކަންދެނީ އެންމެ ބަނޑުހައި މީހާއަށެވެ. ބަނޑުހައިވެފައިވާ މީހާ އެމީހުނާއެކު ކެއުމުގައި ބައިވެރިކުރަނީތާއެވެ.؟
އޭނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ.
ނޯޓް: ލަފާކުރެވޭ ގޮތުގައި މިކުއްޖާގެ ޢާއިލާއިން އިންޓަވިއުދީފައިވަނީ ކުއްޖާގެ މަންމައެވެ. ކުއްޖާގެ މަންމަގެ ގޮތުގައި ގެނެސްދީފައިއެވަނީ އެހެންވެއެވެ.
⛔ ނަމަވެސް ހުޅަނގުން ފަތުރާ ޙައްޤުގެ ގޮތުގައި ފެންނަނީ :
ހަށިވިއްކުމާއި ، ޖިންސީގުޅުމަށް އަހުލުވެރިކުރުވުން އަދި ކަސްބީ ޚާނާތަކުގެ ޕްރޮޑަކްޓުގެ ގޮތުގައި ކުޑަކުދިން ޅައިރުއްސުރެ ރެކްރޫޓް ކުރުން
މައިންބަފައިންނަށް ނުކިޔަމަންތެރިވުން
ބޮޑެތިމީހުނަށް އިޙްތިރާމް ނުކުރުން އަދި މުދައްރިސުންނަށް ނުކިޔަމަންތެރިވުން.
އިލްޙާދުވުމާއި، ފްރީޑަމް އޮފް ސްޕީޗްގެ ގޮތުގައި އިސްލާމްދިނަށް ފުރައްސާރަކުރުން.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ގޮތުގައި ވެރިންނާ ފޮށުން.
އިންސާނީ ޙައްޤުގެ ގޮތުގައި، ބޮޑެތި މުޖުރިމުންނަށް، ރައްޔިތުންގެ ބަޖެޓުން ޙިމާޔަތްކޮށް ކާންދީ ފަލަކުރުން.
އެއްޖިންސާއި ދެޖިންސާއި ގްރޫޕްކޮށްވެސް ފާޙިޝްކަންކަން ފަތުރައި ކުރުމުގެ ޙައްޤު
ދަންނާށެވެ.ބުއްދިވެރިއަކީ ހަވާނަފްސު އެއްކިބާކޮށް އެއިން ހެވާއި ނުބައި ދެނެގަންނަ މީހާއެވެ. ހުޅަނގުގެ މީޑިޔާތަކުގެ ހަންފެތުރުން ތިބާ ޤަބޫލުނުކުރާށެވެ.