އަދި إيمان ވި މީހުން اللَّه ދެކެވާލޯބި މާބޮޑެވެ.
((قُلۡ إِنَّ صَلَاتِی وَنُسُكِی وَمَحۡیَایَ وَمَمَاتِی لِلَّهِ رَبِّ ٱلۡعَـٰلَمِینَ))
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.
(ސޫރަތުލް އަންޢާމް 162)
އޭ ލޮބުވެތި މުސްލިމެވެ. ތިބާއަށް މިފަދައިން ތިޔަ ފުރާނަ ﷲ އަަށްޓަކައި ޤުރުބާންކޮށްލަން ކެރޭނެ ހެއްޔެވެ؟ ތިބާގެ މަރަކީ ﷲ އަށްޓަކައި ވެވޭ މަރެއްކަމުގައި ވުމަށް އެދެންހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެއިލާހީ ތިބާގެ ގާތުގައި އެންމެ ލޯބިވާ ފަރާތްކަމުގައި ހަދާށެވެ. އެހިނދުން ތިބާގެ މުޅިޙަޔާތްވެސް އެއިލާހަށްޓަކައި ޤުރުބާންކޮށްލުމަކީ ދާދި ފަސޭހަކަމެކެވެ.
(وَٱلَّذِینَ ءَامَنُوۤا۟ أَشَدُّ حُبࣰّا لِّلَّهِۗ)
އަދި إيمان ވި މީހުން اللَّه ދެކެވާލޯބި މާބޮޑެވެ.
(ސޫރަތުލްބަޤަރާ 165)