top of page
Featured Posts
އައްރަޤާއިޤް

ތިބާގެ ހިތަކީ އަޅުކަމުގެ ތަނބެވެ.

رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...

އެންމެހާ އަޅުކަންތަކެއް ކުރުމުގެ މައިގަނޑު މެޝިނަކީ ހިތެވެ. އެއީ މުޅި ހަށިގަނޑު ހިންގާލާ އެއްޗެވެ. ހިތުގައި ދިރުންވާހާ ހިނދަކު، ގުނަވަންތަކުގައި ދިރުންވާނެއެވެ. އަދި ނަފްސު އަޅުކަމަށްޓަކައި ހުޅުވާލާނެއެވެ. އެހެންނަމަވެސް، ހިތައް ބައްޔެއް ޖެހިއްޖެނަމަ، އަޅުކަންކުރުމަކީ ނަފްސުގެ މައްޗަށް ބުރައަކަށް ވެގެންދެއެވެ. އޭގެ ސަބަބުން އެންމެފަހުން އަޅުކަމަށް ހިތްނުއެދުމާއި ރުޅިއައުމަށް މަގުފަހިވެގެން ދެއެވެ. އަދި އަހަރެމެން ﷲގެ ޙަޟްރަތުން މިކަމުން ރައްކައުތެރިކަމަށް އެދެމެވެ. މިހެންކަމުން، ނަމާދާއިމެދު ﷲ ވަޙީކުރެއްވެވިއެވެ.


وَاسْتَعِينُوا بِالصَّبْرِ وَالصَّلاةِ وَإِنَّهَا لَكَبِيرَةٌ إِلا عَلَى الْخَاشِعِينَ


[އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! އަދި ޚުޝޫޢަތްތެރިންނަށް (ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް) މެނުވީ، އެއީ ވަރަށް (ބުރަ) ބޮޑުކަމެއްކަން ކަށަވަރެވެ.] (ސޫރަތުލް ބަޤަރާ:45)


ނަމާދު ބުރައަކަށް ވެގެންދެއެވެ. އެހެނީ ނަމާދުކުރުމަށްޓަކައި ތެދުކުރުވަނީ މީހެއްގެ ފަޔާއި އަތެއް ނޫނެވެ. ނަމާދުކުރުމަށްޓަކައި ތެދުވަނީ މީހެއްގެ ހިތާއި އަދި ނަފްސެވެ.


إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلاةِ قَامُوا كُسَالَى يُرَاءُونَ النَّاسَ وَلا يَذْكُرُونَ اللَّهَ إِلا قَلِيلا


[ހަމަކަށަވަރުން، މުނާފިޤުން ﷲ އަށް އޮޅުވާލަން އުޅެއެވެ. އެކަމަކު، އެއިހާލު އެމީހުންނަށް އޮޅުވާލައްވައެވެ. އަދި އެމީހުން ނަމާދަށް ތެދުވާއިރު، ތެދުވަނީ ކަންނެއްކަމާއި އަދި މީސްތަކުންނަށް ކަންދެއްކުމަށްޓަކައެވެ. އަދި ވަރަށް މަދުން މަނުވީ، އެމީހުން ﷲ ގެ މަތިން ހަނދުމައެއް ނުކުރެއެވެ.] (ސޫރަތުއް ނިސާ:142)


މިހެންކަމުން، އަޅުކަން ކުރުމަށްޓަކައި ތެދުވަނީ ހިތެވެ. އަދި ގުނަވަންތަކަކީ ހަމައެކަނި މިހިތުގެ އަޅުންތަކެކެވެ. އެ ހިތުން އެއަށް އަމުރުވެވިގެންވާ ކަންތައްތައް ކުރަނީއެވެ. ހިތުގައި ދިރުމެއްވާނަމަ، ނަފްސުގައި ދިރުމެއްވާނެއެވެ. އަދި ހިތްތަކާއި ނަފްސުތަކަށް އަޅުކަންކުރުމަކީ ލޮބުވެތި އަދި އެހާމެ މީރު ކަމެއްކަމުގައި ވެގެންދާނެއެވެ. އަދި އެކަމަށްޓަކައި އެ ހުޅުވިގެންދާނެއެވެ.


އެހެންނަމަވެސް، ހިތައް ބަލި ޖެހިއްޖެނަމަ، އަޅުކަންކުރުން އޭގެ މައްޗަށް މާ ބުރަ ކަމަކަށް ވެގެންދާނެއެވެ. ހިތަކީ ހަޖަމުގެ ނިޒާމު ފަދައިންވާ އެއްޗެކެވެ. މިވަގުތު ތިބާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އެއްޗަކީ (މިސާލަކަށް) ގެރިމަހެވެ. އެހެންނަމަވެސް، ތިބާގެ ބަނޑުގެ ކޮންމެވެސް ތަނެއްގައި ފާރެއް ހެދިއްޖެނަމަ، މި ގެރިމަހަކީ – އޭގެ ފަލަމަޑިއާއި ތެލާއިއެކު – އެއަށް އެންމެ ނުރުހުންވެގެންވާ އެތި ކަމުގައި ވެގެންދެއެވެ. އެހެނީ އެއަށް ވަނީ ބައްޔެއް (ނުވަތަ ގެއްލުމެއް) ވެފައެވެ.


ފޮނި ތަކެއްޗަކީވެސް ނަފްސަށް ވަރަށް ލޮބުވެތިކަން ބޮޑުވެގެންވާ އެއްޗެކެވެ. މިސާލަކަށް، މިހާރު ތިބާ ރޯދަ ހިފައިގެން ހުރެ، ފޮނި ކާތަކެތިން ރޯދަ ވީއްލަން ޖެހިއްޖެނަމަ، އެކަމާއިމެދު ތިބާގެ ނަފްސު ރުހޭނެއެއްނުން ހެއްޔެވެ؟ ތެދެއް ދެއްތޯއެވެ؟ އެހެންނަމަވެސް، މީހަކަށް ޑަޔަބެޓިކްސް ޖެހިފައިވާނަމަ، މިފަދަ ހަކުރުގެ ކާނާތައް ކެއުމަކަށް އޭނާއަށް ކުޅަދާނައެއް ނުވާނެއެވެ. އެއީ އެތަކެތި އޭނާއަށް ކިތަންމެ ލޮބުވެތި ވިއެއްކަމަކުއެވެ.


ހިތްވެސް ވަނީ މިފަދައިންނެވެ. ވަރުގަދަ އަޅުކަންތައް އަދާކުރުމަށްޓަކައި އެއަކީވެސް ވަރުގަދަ އެއްޗެއް ކަމުގައިވާން ޖެހޭނެއެވެ. ތިބާގެ ހިތް ވަރުގަދަ ވާވަރަކަށް، ތިބާ އެދޭ ވަރަކަށް އޭގެ މައްޗަށް އަޅުކަންތައް އުކާށެވެ. ތިބާ ރޭގަނޑުގެ ނަމާދުތައް ކުރުމަށްޓަކައި ހޭލާނެއެވެ. އަދި ތިބާ މި ނަމާދު ދެކެ ލޯބިވާނެއެވެ. އަދި ނިންޖަކީ ދުޝްމަނެއްކަމުގައި ދެކޭނެއެވެ.


تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ

[އެމީހުންގެ ވެރި ރައްބުގެ ޙަޟްރަތައް ބިރުވެތިކަމާއި އުންމީދާއިއެކު ދުޢާކޮށް ދެންނެވުމަށްޓަކައި، އެމީހުންގެ އަރިކަށިތައް (ރޭއަޅުކަން ކުރުމަށްޓަކައި) ތަންމަތިތަކާއި ދުރުކޮށްލައެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތިން އެމީހުން ހޭދަކުރެއެވެ.] (ސޫރަތުއް ސަޖްދަ:16)

އޭނާ އޭގެން ދުރުހެލިވާން ފަށައެވެ. އެއީ އޭނާއާއި އޭނާގެ އެނދާއި ދެމެދު ޢަދާވާތްތެރިކަމެއް އުފެދޭތީއެވެ. އޭނާ އިމާމުގެ ފަހަތުގައި ނަމާދުކުރެއެވެ. އަދި އަމިއްލަ ނަފްސަށް ބުނެއެވެ. [އޭނާ ނަމާދު އިތުރަށް ދިގުކޮށްލާނެ ނަމައޭ!] އެއީ އޭގެ ސަބަބުން މި އަޅުކަން ފަށައިގަތުމުގައި އިތުރުކުރުމަށްޓަކައެވެ. އަދި އޭގެ ފޮނިކަމުގެ ރަހަ ލިބިގަތުމަށްޓަކައެވެ.


ބައެއް ފަހަރު، އަހަރެންގެ ފަހަތުގައިވާ މީހުންނާއި އެކު އާދައިގެ ނަމާދެއް ކޮށްލަމެވެ. އެއީ އަހަރެން ނަމާދު ދިގުކޮށްލައިފިނަމަ، ޒުވާނުން އަހަރެންގެ ގާތަށް އައިސް ބުނެއެވެ. (ޙަދީޘް) [އިމާމުވެ ނަމާދު ކުރާމިހާ، އެމީހުންނަށް ފަސޭހަކޮށްދޭށެވެ.] - ޒުވާނުން! އަދި އަހަރެންގެ ފަހަތުގައި 90 އާއި 100 އަހަރާއި ދެމެދުގެ މުސްކުޅި މީހެއް ހުއްޓެވެ. - އޭނާގެ މޫނު އަލިވެގެންވެއެވެ. – އޭނާ އަހަރެންނަށް ބުނެއެވެ. [ނަމާދު ދިގު ކުރާށެވެ! އަދި އެމީހުންނަށް ޖަވާބު ނުދޭށެވެ.] 90 އަހަރުގެ މީހަކަށް، ދިގު ނަމާދެއްގެ ހިތްހަމަޖެހުން ލިބެނީއެވެ. އަދި ފަހަރެއްގައި ކަރާޓީއާއި ޖޫޑޯއަށް ތަމްރީނު ވަމުންދާ 20 އަހަރުގެ ޒުވާނެއް، ހަމަ އެ ނަމާދަށް ކުޅަދާނައެއް ނުވެވެއެވެ.

ކީއްވެހެއްޔެވެ؟

އޭނާ ފުޓުބޯޅަ ދަނޑަކަށް ގޮސް، 2 ގަޑިއިރުވަންދެން ފޫހިކަމެއް ނެތި ފުޓުބޯޅަ ކުޅެފިނަމަ، ޤުރުއާން ކިޔަވާ އަޑުއެހުމަށް 5 މިނެޓުވެސް އަޑުއަހާލަން އޭނާ ފޫހިވަނީ ކީއްވެ ހެއްޔެވެ؟ ދިގު ނަމާދަކާއި ކުރު ނަމާދެއްގެ ތަފާތަކީ ހަމައެކަނި އެންމެ 5 މިނެޓުގެ ތަފާތެވެ. ދެން މި 5 މިނެޓުގެ ޤުރުއާން އަޑު އެހުމަށް އޭނާ ފޫހިވެ، 2 ގަޑިއިރުގެ ފުޓުބޯޅައަށް އޭނާ ފޫހި ނުވަނީ ކީއްވެ ހެއްޔެވެ؟ ފުއްޕިފައިވާ ލެދަރުކޮޅަކަށް، އޭނާގެ ހިތް ދީގެން، އެއަށް ބަލަހަށްޓައިގެން 2 ގަޑި އިރު ހުންނަން އޭނާ ފޫހި ނުވަނީ ކީއްވެ ހެއްޔެވެ؟


އެހެނީ، ނަމާދު ކުރަން މީހާ ތެދުކޮށްދޭ އެއްޗަކީ ހިތެވެ. އަދި ކުޅިވަރުކުރުމަށްޓަކައި ތެދުކޮށްދެނީ ހަމައެކަނި، ހަށިގަނޑާއި މަސްތަކެވެ.


[އައް ތަރްބިއްޔަލް ޖިހާދިއްޔަ ވަލް ބިނާ]ގެ މަޖުމޫޢުއިން، 1988 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، [ޙަޤީޤީ ތައްޔާރީ] ގެނަމުގައި ޝައިޚް ޢަބްދުﷲ ޢައްޒާމް ދެއްވެވި ދަރުހަކުން، އާޔަތްތައް ފުރިހަމަކުރުމަށްފަހު ތަރުޖަމާ ކުރެވި ހަދިޔާކުރެ ވަފައި. جزاهم الله خيرا

ކުލިކްފޯއިސްލާމްގެ ކުރީގެ ވެބްސައިޓުންނެގިފައި

click4islam


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page