top of page
Featured Posts

އަބޫ ނޫޙް \ ބައޮގްރަފީ



ހަމަކަށަވަރުން ރަސޫލުންނާއި، ތެދުވެރިންނާއި، ޝަހީދުންނާއި، ޞާލިހުންގެ ޙަޔާތް ހަނދުމަކުރުމުން ހިތުގައިވާ ޢީމާންކަން ވަރުގަދަވެ އިތުރަށް ޘާބިތުވެގެންދެއެވެ. މަދާރިޖް އަލް ސާލިކީން ގައި ޖުނައިދު ރަޙިމަހުﷲ ވިދާޅުވިކަމަށް އިބްން އަލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ވާހަކަ ތަކަކީ އެ މެދުވެރިކޮށް ﷲ އަށް އެދި އެދި ތިބޭ ހިތްތައް ވަރުގަދަ ކުރުވަނިވި އެކަލާނގެ ލަޝްކަރުތަކުގެ ތެރެއިން ލަޝްކަރެކެވެ." އަދި ދެން ކިޔަވާ ވިދާޅުވިއެވެ.

މާނައަކީ: "އަދި رسول ންގެ خبر ތަކުގެ ތެރެއިން މިއެންމެހާ خبر ތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبر ތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ." (އެބޭފުޅާގެ ބަސް މިހާހިސާބުން ނިމުނީ - މަދާރިޖް އަލް ސާލިކީން)


އެހެންކަމުން އަހަރުމެންނަށް ވިސްނޭގޮތުގައި ދުނިޔެދޫކޮށް ގޮސްފައިވާ ޞާލިހު އަޅުންގެ ދިރިއުޅުން ހަނދުމަކުރުމަކީ އަހަރެމެންނަށްވާ ﷲގެ ރަޙުމަތެކެވެ. އަދި އަހަރުމެންގެ އަމިއްލަ އީމާންތެރިކަން ވަރުގަދަކޮށް

ހަރުދަނާކޮށްދޭ ބާރެކެވެ. އެހެންނަމަވެސް މިފަދަ ވާހަކަތަކަކީ ހަމައެކަނި ދުލުން ކިޔާލަދެވޭ އަދި ކަންފަތްތަކުން ފާއިތުވެގެންދާ ދުވަސްތައް ފަދައިން އެވާހަކަތަކަށް އޭގެ ޙައްޤުނުދެވި ،އަޑުއަހާލެވޭ ވާހަކަތަކަކަށް ވެއްޖެނަމަ ވަގުތުތައް ދައުރުވަމުން ގޮސް އަހަރުމެންގެ ޙިޔާލު ތަކުން އެ ވާހަކަތައް ފޮހެވި އޭގެމަތިން އަހަރުމެން ހަނދާން ނެތޭނެއެވެ. އެހެންކަމުން އަހަރުމެންނަކީ އެ އަޑުއަހާ އޭގެން ފައިދާ ލިބިގަންނަ ބަޔަކުކަމުގައި މާތް ﷲ ލައްވަވާފާނދޭވެ. އާމީން!



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page