ޔޫސުފުގެފާނުގެ ދިގު ގެއްލުމަށްފަހު، އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނާ ބައްދަލުވެ ވަޑައިގަތުމު
ޔޫސުފުގެފާނުގެ ދިގު ގެއްލުމަށްފަހު، އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނާ ބައްދަލުވެ ވަޑައިގަތުމުން ދެބަފައިކަލުން ކޮނޑާކޮނޑު ޖައްސަވާ ސަލާމް ކުރައްވާ ކީރިތި ކުރެއްވިއެވެ.
އަދި ޔޫސުފުގެފާނުގެ ވިދާޅުވިއެވެ:
"އޭ ބައްޕާއެވެ! ބައްޕަގެ ލޮލުގެ ފެނުން ގެއްލިއްޖައުމަށް ދާންދެން އަހަރެންގެ މައްޗަށް ކީރިތި ކުރެއްވީމުއެވެ!
ފަހެ ޤިޔާމަތްދުވަހު އަހަރުމެން އެންމެން އެއްތަންކުރެވި ބައްދަލުވާނޭކަން ބައްޕައަށް އެނގިވަޑައިގަންނަވާ ނޫންތޯއެވެ؟"
ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ:
"އާނއެކެވެ. އޭ ދަރިފުޅާއެވެ! އެކަމަކު ދަރިފުޅު ބައްޕައާއި ވަކިވީ ދަރިފުޅު ކުޑައިރުއެވެ. ދެންފަހެ ދަރިފުޅުގެ ދީން ނިގުޅައިގަނެވިދާނޭކަމަށް ބައްޕަ ބިރުގަތީއެވެ.
އެހެންވެއްޖެނަމަ ދަރިފުޅާއި ބައްޕައާއި ދެމެދު (ދާއިމަށް) ހުރަސްއެޅި ގެއްލުނީހެވެ!"
📖 ތަފްސީރު އަލްބަޣަވީ 📖
✍🏽 އެކަމަކު މިހާރުގެ މައިންބަފައިން، އެމީހުންގެ ދަރިންނަށް ދުނިޔެ ހޯދާދިނުމަށްޓަކައި، ސީދާ އެކުދިންގެ ދީން ނިގުޅައިގަނެވި ނުރައްކަލަށް ވައްޓާލުމަށް ބޭރު ކާފަރު ޤައުމުތަކަށް ފޮނުވަނީ ހެވި ދިއްލިފަ ތިބެއެވެ. ދެން އެކުދިންގެ ސިކުނޑިތައް ދޮވެލެވިގެން ދުނިޔެ ހިފައިގެން އައުމުން އެމީހުން އެކަމާ ފަޚުރުވެރިވެފައި ތިބެއެވެ. އެމީހުންގެ އަމިއްލަ އަތުން އެމީހުންގެ ނަފްސުތަކާއި ދަރިންވެސް ވަަޤުތީ އަރާމާއި އުފަލަކަށްޓަކައި ހަލާކުގެ ތެރެއަށް އެއްލާލަނީ އެއްވެސް ފިކުރެއް ޚިޔާލެއް ނެތިއެވެ.